ކުއްލި ޚަބަރު

އަންހެން ކުދިންނަށް ހަމަހަމަ ފުރުސަތުތައް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ގޮވާލައްވައިފި

ސޯޝަލް ހައުސިންގެ ހުރިހާ ފްލެޓްތައް ބަލައި ފާސްކުރަން ވަރަށް އަވަހަށް ފަށާނަން: މުއްތަލިބު

ވީއައިއޭގެ އާ ޓާމިނަލުން މެލޭޝިއާ އެއަރލައިންސަށް ހިދުމަތް ދޭން ފަށައިފި

އެންސްޕާއިން އޮގަސްޓު މަހު ބޭސްފަރުވާއަށް 16.8 މިލިއަން ރުފިޔާ ޚަރަދުކޮށްފި

nspa

ބޭސްފަރުވާ ކުރުމަށް ދަތިވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން މިދިޔަ އޮގަސްޓު މަހު 16.8 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އެ އިދާރާއިން ހާމަކޮށްފި އެވެ.

އެންސްޕާއިން މިއަދު ހާމަކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމުގެ ދަށުން މިދިޔަ މަހު ޚަރަދުކޮށްފައިވާ 16.8 މިލިއަން ރުފިޔާގެ ތެރެއިން 8.5 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވަނީ ރާއްޖެއިން ބޭރުގައި ފަރުވާ ހޯދާ ފަރާތްތަކަށެވެ. އަދި ރާއްޖޭގެ ހޮސްޕިޓަލްތަކުގައި ފަރުވާ ހޯދާ ފަރާތްތަކަށް 8.3 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް އެ އިދާރާއިން ބުނެ އެވެ.

މިދިޔަ ޖޫން މަހުގެ ތެރޭގައި 22 ބާވަތެއްގެ ބަލިތަކަށް ފަރުވާ ހޯދުމަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ވެސް އެންސްޕާއިން ފާހަގަކުރެ އެވެ. މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރަޕީ ޚަރަދުތަކާއި ޕްރައިވެޓް ހޮސްޕިޓަލްތަކުގައި އެނދުމަތިކޮށްގެން ފަރުވާ ހޯދާ ބަލިމީހުންގެ ޚަރަދުތައް ވެސް އެންސްޕާއިން ކަވަރުކޮށްދޭ ކަމަށް އެ އިދާރާއިން ބުނެ އެވެ.

މިދިޔަ އޮގަސްޓު މަހު ތެރަޕީ ނެގުމަށް ބޭނުންވާ ފަރާތްތަކަށް އެހީގެ ގޮތުގައި 7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އެންސްޕާގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މީގެ އިތުރުން، ފަގީރު ހާލަތުގައި ދިރިއުޅޭ 700 މީހަކަށް ކާބޯތަކެތި ގަތުމަށް 25,720 ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ވެސް އެ އިދާރާއިން މައުލޫމާތު ދެއެވެ.

އިޖްތިމާޢީ ރައްކާތެރިކަމުގެ ޚިދުމަތްތައް ފޯރުކޮށްދޭ ސަރުކާރުގެ މައިގަނޑު އިދާރާގެ ގޮތުގައި އެންސްޕާ އަންނަނީ، ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބޭސްފަރުވާ ކުރުމަށް މާލީ ގޮތުން ދަތި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

112

އަންހެން ކުދިންނަށް ހަމަހަމަ ފުރުސަތުތައް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ގޮވާލައްވައިފި

112

ސޯޝަލް ހައުސިންގެ ހުރިހާ ފްލެޓްތައް ބަލައި ފާސްކުރަން ވަރަށް އަވަހަށް ފަށާނަން: މުއްތަލިބު

Mal

ޝިމަންގެ ވާހަކަތައް ފުލުހުން ދޮގުކޮށްފި

Mal

ފްލެޓްތައް ކުއްޔަށް ދޭނަމަ އަތުލާނަން: ހަމްދާން

TTH_advertisement