ކުއްލި ޚަބަރު

ޕާކިސްތާނުގައި ދިން ޓެރަރިސްޓް ހަމަލާ ދިވެހި ސަރުކާރުން އެންމެ ހަށުކަށި އިބާރާތުން ކުށްވެރިކޮށްފި

ނިއުމޯނިއާ ޖެހިގެން ގައިދީއަކު މަރުވެއްޖެ

ސަރުކާރަށް ބޭނުންވާ ފަންނީ ލަފަޔާއި މަޝްވަރާ ދިނުމަށް އެކުލަވާލާ 3 ކޮމިޓީއެއްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު

ގުރައިދޫގެ މަގުތައް ތަރައްގީކުރުމުހެ 74 މިލިއަން ރުފިޔާގެ މަޝްރޫއު ފަށައިފި

ތ. ގުރައިދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް އިއްޔެ ރަސްމީކޮށް ފަށައިފިއެވެ. 74 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރާ މި މަޝްރޫއުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބޭއްވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ ހަވީރު ގުރައިދޫއަށް ވަޑައިގަތުމާ ގުޅިގެންނެވެ.

މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ފިނޭންސް މޫސާ ޒަމީރުއެވެ. މި ރަސްމިއްޔާތުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމްވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ގުރައިދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވީ މަގުތައް އާކުރުމަކީ އެރަށަށް ނުހަނު މުހިންމު ކަމެއްކަމަށާއި، މިއީ ސަރުކާރުން ދީފައިވާ ވައުދެއް ފުއްދުން ކަމުގައެވެ. ރައީސް ވިދާޅުވި ގޮތުގައި ފެންވަރު ރަނގަޅު މަގުތައް ލިބުމުން ރައްޔިތުންނަށް ދިރިއުޅުން ފަސޭހަވުމާއެކު، ރަށުގެ އިޤްތިޞާދީ ހަރަކާތްތަކަށްވެސް ކުރިއެރުން ލިބޭނެއެވެ.

“މަގުހެދުމަކީ މިހާރު މިރަށުގައި ކޮންމެހެން ކުރަން ޖެހިފައި އޮތް ވަރަށް މުހިންމު މަސައްކަތެއް. ހަމަ ޔަގީނުންވެސް އެ މަގުތައް ހެދިގެން ދިއުމުން، ތިބޭފުޅުންނަށް ވަރަށް ފަސޭހަވެގެންދާނެ. އިޤްތިޞާދީ މަސައްކަތަށް މިރަށުގައި ކަންކަން ކުރުމަށްވެސް ރަނގަޅު ފެންވަރުގެ މަގުތަކެއް ލިބުނީމަ ކުރިއެރުން ލިބޭނެ،” ރައީސް

އެމްޓީސީސީއާ ހަވާލުކޮށްފައިވާ މި މަޝްރޫއުގެ މަސައްކަތް 730 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ. ގުރައިދޫގެ މަގުތައް ތަރައްޤީކުރުމުގެ މި މަޝްރޫއަކީ ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދާ އިންފްރާސްޓްރަކްޗަރ ތަރައްޤީގެ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްދާ މުހިންމު މަޝްރޫއެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސަލްޓަން ޕާކާއި ޖުމްހޫރީ މައިދާން ރޯދައިގެ ކުރިން ހުޅުވަނީ

ވެލިދޫ ބިން ހިއްކުމުގެ މަސައްކަތުގެ %90 މަސައްކަތް ނިމިއްޖެ

ބާޒާރުމަތީ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށްދާނެ: އެމްޓީސީސީ

RTL

އިތުރު އަތޮޅަކަށް އާރްޓީއެލްގެ ޚިދުމަތް ފެށުމަށް ތައްޔާރު، މިހާތަނަށް 12 އަތޮޅަށް ވަނީ ފަށާފައި

TTH_advertisement