ކުއްލި ޚަބަރު

ބައިކިލޯއަށްވުރެ ގިނަ ޑްރަގާއެކު މީހަކު ހައްޔަރުކޮށްފި

ބާރަށު ކައުންސިލްގެ ރައީސްކަން ޕީއެންސީގެ ކެންޑިޑޭޓް އަލީ ޝަމީމް ހޮވިއްޖެ

ކައުންސިލް އިންތިޚާބު: ސުންގަޑި ހަމަވިއިރު ޖުމްލަ 3،547 ފޯމު ހުށަހަޅާފައިވޭ

މީޑިއާ ކޮމިޝަނުގެ އިންތިހާބާ ބެހޭ ގަވާއިދު އީސީ އިން ގެޒެޓުކޮށްފި

މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނުގެ ދަށުން އުފެއްދި މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް މެންބަރުން އިންތިހާބުކުރުމުގެ ގަވާއިދު، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ގެޒެޓްކޮށްފި އެވެ.

ކަނޑައެޅިފައިވާ ގަވައިދުގެ ދަށުން، މީޑިއާ ކޮމިޝަނަށް މީޑިއާތަކުން އައްޔަންކުރާ މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާ ދިހަ ދުވަހުގެ މުއްދަތެއް ލިބިގެންވެއެވެ. އަދި، އެ މުއްދަތުގެ ތެރޭގައި ކުރިމަތިލާ ފަރާތްތަކަށް އިންތިހާބުގައި ވާދަކުރެވޭނެކަން ނުވަތަ ނޫންކަން، އިލެކްޝަންސް ކޮމިޝަނުން 48 ގަޑިއިރުގެ ތެރޭގައި އެންގުން ލާޒިމުވާނެ ކަމަށް ގަވާއިދުގައި ބުނެއެެވެ.

ގަވާއިދުގައި ބުނާގޮތުން މީޑިއާގެ ފަރާތުން ކޮމިޝަނަށް އައްޔަންކުރެވޭ ހަތަރު މެންބަރުންގެ ތެރެއިން ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުން ހޮވުމަށް ވޯޓުލުމުގެ ހައްގު ލިބިގެންވަނީ ހަމައެކަނި ބްރޯޑްކާސްޓަރުންނަށެވެ. މީގެ އިތުރުން، މީޑިއާތަކުން ހޮވާ އެހެނިހެން މެންބަރުން އިންތިހާބުކުރުމުގައި ބްރޯޑްކާސްޓަރުންނަށް ވޯޓުލުމުގެ ހައްގެއް ނޯންނާނެ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.

ގަވާއިދުގައި ބުނެފައިވާގޮތުން އިންތިހާބުގައި ވޯޓުލުމަށް ކޮންމެ މީޑިއާއަކުން ފޮނުވޭނީ ހަމައެކަނި އެއް ފަރާތެވެ.

ގަވައިދަށް ބަލާއިރު، މީޑިއާ ކޮމިޝަނުގެ އިންތިހާބުގައި ވޯޓުލެވޭނެ މީޑިއާތަކުގެ ލިސްޓެއް އީސީން އާއްމުކުރާއިރު މި ލިސްޓާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މީޑިއާތަކަށް ދެވޭނެއެވެ. އަދި ލިސްޓު އެންމެ ފަހުގެ ނަތީޖާއަށް ގެނެވޭނީ ހުށަހަޅާ ޝަކުވާތައް ބެލުމަށް ފަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Amaan

ކައުންސިލް އިންތިޚާބަށް ކުރިމަތިލެވޭ ވަގުތު އިތުރުކޮށްފި

2

މުއްދަތު ހަމަވިއިރު، ވޯޓާސް ލިސްޓަށް 779 ޝަކުވާ ހުށަހެޅުނު

Election

ކައުންސިލް އިންތިޚާބު: ބޭރުގެ އޮބްޒާވަރުންނަށް ހުޅުވާލައިފި

Election commission

ކައުންސިލް އިންތިޚާބު: ޝަކުވާ ހުށަހެޅުން މިއަދު ހަމަވާނެ

TTH_advertisement