ކުއްލި ޚަބަރު

ބައިކިލޯއަށްވުރެ ގިނަ ޑްރަގާއެކު މީހަކު ހައްޔަރުކޮށްފި

ބާރަށު ކައުންސިލްގެ ރައީސްކަން ޕީއެންސީގެ ކެންޑިޑޭޓް އަލީ ޝަމީމް ހޮވިއްޖެ

ކައުންސިލް އިންތިޚާބު: ސުންގަޑި ހަމަވިއިރު ޖުމްލަ 3،547 ފޯމު ހުށަހަޅާފައިވޭ

ސްޓައިޕެންޑް ދޭން ހުޅުވާލައިފި

މުދައްރިސުން ތަމްރީނުކުރުމުގެ ޤަައުމީ ޕްރޮގްރާމްގެ ތެރެއިން ޕްރައިމަރީ ދިވެހި އަދި އިސްލާމް މާއްދާއިން ޓީޗިން ހަދާ ފަރާތްތަކަށް ސްޓައިޕެންޑް ދިނުމަށް ހުޅުވާލައިފިއެވެ.

ޓީޗިން ހަދާ ފަރާތްތަކަށް ސްޓައިޕެންޑް ދިނުމަށް ހުޅުވާލާފައިވަނީ އޮކްޓޯބަރުމަހުގެ 2ވަނަ ދުވަހާ ހަމައަށެވެ.

މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމަކީ، ޘާނަވީ މަރުޙަލާ ނިންމާ ދަރިވަރުންނަށް އަމާޒުކޮށްގެން، މުދައްރިސްކަމުގެ ދާއިރާއަށް ވަންނަ ދަރިވަރުންގެ ޢަދަދު އިތުރުކޮށް، ތަމްރީނުވެފައިވާ، ފެންވަރު ރަނގަޅު، ދިވެހި މުދައްރިސުންތަކެއް ބިނާކުރުމުގެ މަޤްސަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ތަޢުލީމީ ވުޒާރާއިން ވިދާޅުވީ، މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމުގެ ތެރެއިން ރާއްޖޭގެ ކޮލެޖް އަދި ޔުނިވާސީޓީތަކުގައި ކަނޑައެޅޭ ދާއިރާތަކުން މުދައްރިސްކަމުގެ ފުރަތަމަ ޑިގްރީއަށް ކިޔަވާ ފަރާތްތަކަށް ސްޓައިޕެންޑްގެ ގޮތުގައި މަހަކު 1500 ރުފިޔާ ދޭން ހަމަޖެހިފައިވާކަމަށެވެ.

ސްޓައިޕެންޑް ދިނުމުގެ ޝަރުތުތައް:
– ދިވެހިރާއްޖޭގެ ޔުނިވާސިޓީ ނުވަތަ ކޮލެޖެއްގައި އެންރޯލްވެ ކިޔަވަމުންދާ ފަރާތެއްކަމުގައިވުން.
– ޕްރައިމަރީ އިސްލާމް ނުވަތަ ދިވެހި މާއްދާ ކިޔަވައިދިނުމަށް ތަމްރީނުވާ ކޯހަކަށްވުން
– ކޯހުގެ ކިޔެވުން ފަށާފައިވަނީ 1 ޖެނުއަރީ 2025ގެ ފަހުން ކަމުގައިވުން
– އުމުރުން 40އަހަރަށް ވުރެ ދޮށީ މީހަކަށް ނުވުން

ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދޭ މުދައްރިސުންނަކީ ދިވެހި މުދައްރިސުންނަށް ހެދުމަށްޓަކައި ގައުމީ ފެންވަރުގެ މުދައްރިސުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް އިފުތިތާހުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މިގޮތުން ދިވެހި މުދައްރިސުން ތަމްރީނުކުރުމުގެ ޚާއްސަ ޕްރޮގްރާމު އަންނަ މަހު އިފްތިތާހު ކުރައްވާނެކަމަށް ތަޢުލީމީ ވަޒީރު ޑރ.އިސްމާޢީލް ޝަފީޢު ވަނީ ވިދާޅުވެފައެވެ.

ތަޢުލީމީ ނިޒާމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ފެންވަރު ރަނގަޅު މުދައްރިސުން ދާއިރާގައި މަދުވުމެވެ. އެގޮތުން ޖުމްލަ 2400 އަށްވުރެ ގިނަ މުދައްރިސުން ދާއިރާއަށް ބޭނުންވާކަމަށާއި ޕްރައިމަރީ ގްރޭޑްތަކަށް ކިޔަވައިދޭން 250 މުދައްރިސުން ބޭނުންވާކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބޮޑު ބަންދަކަށްފަހު ދިރާސީ އާ އަހަރުގެ ކިޔެވުން ފެށެނީ

TTH_advertisement