ކުއްލި ޚަބަރު

ގަމުގައި މާރާމާރި ހިންގި 5 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ފުލުހުންނަށް އިންޒާރުދިން މައްސަލައަކާ ގުޅިގެން ޒާޔާގެ ފޯނު ހިފަހައްޓައިފި

މީޑިއާ ކޮމިޝަނަށް މެންބަރުން އިންތިހާބުވެއްޖެ

މިއަދު އެކަނިވެސް 80 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

112

މިއަދު އެކަނިވެސް 80 އަށްވުރެ ގިނަ ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ އިދާރާއިން ބުނެފިއެވެ.

އިމިގްރޭޝަނުން މިއަދު ބުނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރިކޮށް، ސައްހަ ވިސާއެއް ނެތި އުޅެމުންދާ ބިދޭސީން އަނބުރާ އެމީހުންގެ ގައުމުތަކަށް ފޮނުވާލުމަށް ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަންގައި މިއަދު ވެސް ޓާސްކުފޯސް އިން ވަނީ ބޮޑު ރެއިޑެއް ކުރިއަށް ގެންގޮސްފައި ކަމަށެވެ.

”މި ރެއިޑުގައި މާލޭގެ 25 ސަރަހައްދެއް ވަނީ ބަލައި ފާސްކޮށްފައި. މި ރެއިޑުގައި 160 އިމިގްރޭޝަން އޮފިސަރުންނާއި 66 ފުލުހުން އަދި އެހެނިހެން ކަމާގުޅުންހުރި އިދާރާތަކުން ވަނީ ބައިވެރިވެފައި“ އިމިގްރޭޝަނުން ބުނެފައި ވެއެވެ.

އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާއެއް ނެތި އުޅެމުން އަންނަ ބިދޭސީންނަށް އަމާޒުކޮށް މިއަދު ހަވީރު 4:00 އިން 6:00 އަށް ކުރިއަށް ގެންދެވުނު ބޮޑު ރެއިޑުގައި 463 ތަނެއް ބަލައި ފާސްކޮށް، ޖުމްލަ 932 ބިދޭސީން ޗެކްކޮށްފައިވާ ކަމަށެވެ.

”މީގެތެރެއިން، ގަވާއިދާ ހިލާފަށް އުޅެމުންދިއަ 81 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައި“ އިމިގްރޭޝަނުން ބުންޏެވެ.

މީގެ އިތުރުން އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް ބިދޭސީން ވިޔަފާރީގައި ހަރަކާތްތެރިވަމުން ދިއަކަމަށް ފާހަގަކުރެވުނު 10 ތަނެއްގެ މައުލޫމާތު ވަނީ ކަމާގުޅުންހުރި އިދާރާތަކާއި ހިއްސާކޮށްފައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކުނބުރުދޫގައި ތަރައްގީކުރި ފުޓްބޯޅަ ދަނޑާއި މަލްޓި ސްޕޯޓްސް ކޯޓު ހުޅުވައިފި

“ވިލުންތެރި ރާއްޖެ 2045″ އަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ ބައްދަލުވުންތަކުެ %50 ނިންމާލައިފި

ހުރިހާ ވިސާއަކުން އަންނަ މުސްލިމުންނަށް އުމްރާވަން ސައޫދީން ފުރުސަތު ހުޅުވާލައިފި

sdfc

އެސްޑީއެފްސީގެ ލޯނު ޕޯޓްފޯލިއޯ އިސްލާމީ ބޭންކިން އުސޫލުތަކަށް ބަދަލުކުރަނީ

TTH_advertisement