މުލަކައަތޮޅު މުލީގައި ޕާސްޕޯޓް ޚިދުމަތް ފަށައި އިތުރު ދެ މަޝްރޫޢުއެއްގައި ސޮއިކޮށްފި އެވެ.
މުލީގައި ޕާސްޕޯޓް ޚިދުމަތް ފަށައި އިތުރު ދެ މަޝްރޫޢުއެއްގައި ސޮއިކުރުން އޮތީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މުލީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގަ އެވެ.
މި ޖަލްސާގައި ވަނީ މުލީގައި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ފައްޓަވައިދެއްވާފައެވެ. އެ ޚިދުމަތް ފައްޓަވައިދެއްވީ ހޯމް ލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިޙްސާން އެވެ. އެ ޚިދުމަތް ފެށުމުގެ ގޮތުން މިނިސްޓަރު ވަނީ މުލީގެ ރައްޔިތަކަށް ޕާސްޕޯޓް ހަވާލުކޮށްފަ އެވެ.
މީގެ އިތުރުން މުލީގައި ކުނި މެނޭޖުކުރުމުގެ މަސައްކަތް ވެމްކޯއާ ހަވާލުކުރުމުގެ އެއްބަސްވުމާއި، މުލީ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ.
މުލީ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫޢު ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ.
ކިޔުންތެރިންގެ ހިޔާލު