ކުއްލި ޚަބަރު

ޑޮލަރު ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

“ބޯހިޔާވަހިކަން އެންމެނަށް” ކުރިމަތިލުމުގެ ފުރުޞަތު އަންނަ އާދިއްތަ ދުވަހު ހުޅުވާލަނީ

ކުއްލި: ހުރިހާ މުއާމަލާތެއް މެދުކަނޑާލައިފި، އެމެރިކާއިން އީރާނަށް ހަމަލާދޭން އުޅޭކަމުގެ ރިޕޯޓްތައް ފެތުރެނީ

ނިލަންދޫގައި ޕާސްޕޯޓް ހައްދައިދިނުމުގެ ހިދުމަތް ރަސްމީކޮށް ފަށައިފި

ފ.ނިލަންދޫގައި ޕާސްޕޯޓް ހައްދައިދިނުމުގެ ހިދުމަތް މިރޭ ރަސްމީކޮށް ފަށައިފިއެވެ.

ނިލަންދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިހާރު އެރަށަށް ކުރައވްަމުންގެންދަވާ ޒިޔާރަތުގެ ތެރެއިން މިރޭ ބޭއްވި ރަސްމީ ޖަލްސާގައެވެ. ޕާސްޕޯޓްގެ ހިދުމަތް ފައްޓަވައިދެއްވީ ދާހިލީ ވަޒީރު އަލީ އިހްސާން އެވެ.

ނިލަންދޫގައި ޕާސްޕޯޓްގެ ހިދުމަތް ފެށުމާއެކު މިހާރު 14 އަތޮޅަކުން ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހާރު އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގެ ތެރެއިން އއ.ރަސްދޫއަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގައިވެސް ވަނީ ޕާސްޕޯޓާއި އައިޑީކާޑުގެ ހިދުމަތް ފައްޓަވައިދެއްވާފައެވެ.

ރާއްޖޭގެ މީހުން ދިރިއުޅެމުންދާ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓާއި އައިޑީކާޑުގެ ހިދުމަތް ދިނުމަކީ މި ސަރުކާރުގެ ސިޔާސަތެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ނިލަންދޫ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ %90 މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

ނިލަންދޫ އެއާޕޯޓްގެ ބިން ހިއްކުމުގެ 90 އިންސައްތަ ނިންމާލައިފި

ނިލަންދޫ ކައުންސިލް އިދާރާގެ އައު އިމާރާތުގެ ބިންގާ އަޅައިފި

ނިލަންދޫގައި އައު ނަރުދަމާ ނިޒާމާއި ކުނި މެނޭޖްމެންޓް ސެންޓަރު ހުޅުވައިފި

TTH_advertisement