ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް 1.38 ބިލިއަން ރުފިޔާ ޖަމާކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުން، މި މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް 1.38 ބިލިއަން ރުފިޔާ ޖަމާކޮށްފައި ވެއެވެ. ނަމަވެސް މިދިޔަ އަހަރުގެ އެ މުއްދަތުގައި އެ ފަންޑަށް ޖަމާކޮށްފައިވަނީ، 937.7 މިލިއަން ރުފިޔާއެވެ.
ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ފައިސާ ޖަމާކުރަނީ އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ދޭ ހިދުމަތްތަކުގެ އަގަށް ބަދަލު ގެނެސްގެން އިތުރުވާ ފައިސާއިންނެވެ.
ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް)އަށް 121 މިލިއަން ޑޮލަރު ޖަމާކުރެވިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ މޭ މަހު ވިދާޅުވެފައެވެ.
ސޮވެރިން ފަންޑަކީ ދައުލަތުގެ ދަރަނި އަދާކުރަން ދުރާލައި ތައްޔާރުވާން 2017 ގައި އުފައްދާފައިވާ ފަންޑެކެވެ. މި އަހަރު ވެސް ދަރަނި އަދާކުރުމަށް ދިހަ ބިލިއަން ރުފިޔާ ހޭދަކުރާނެ ކަމަށް ބުނެފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު