ކުއްލި ޚަބަރު

ނަފުސާނީ ބަލިތަކުގެ ހުރިހާ ހަރަދެއް އާސަންދައިން ހަމަޖައްސަން ރައީސް ނިންމަވައިފި

ރާއްޖޭގައި މިހާރު ގޭންގެއް ނެތް: ރައީސް

އިނާޒު ދެއްވި ޔަގީންކަން: ގަވާއިދާ ޚިލާފު އެއްވެސް ކަމެއް ޕެންޝަން އޮފީހުން ނުކުރޭ

ގާޒާ ސިޓީގައި ތިބި މިލިއަނަކަށްވުރެ ގިނަ މީހުން ރަށުން ފޭބުމަށް 48 ގަޑިއިރުގެ މުހުލަތު ދީފި

އިސްތިއުމާރީ ސިފައިންގެ އިންޒާރުތަކާއެކު ގާޒާ ސިޓީގެ އާންމުން ރަށުން ފައިބައިގެންދިއުމަށް މަސައްކަތް ކުރަނީ:

ގާޒާ ސިޓީގައި ތިބި މިލިއަނަކަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ރަށުން ފައިބައިގެން ދިއުމަށް 48 ގަޑިއިރުގެ މުހުލަތު ދީފިއެވެ.

އިސްތިއުމާރީ އަސްކަރިއްޔާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ގާޒާ ސިޓީގެ އާންމުން ފައިގެން ދިއުމަށް މިހާރު މަގެއް ހުޅުވާލާފައިވާ ކަމަށާއި، އެ މަގު ހުޅުވާލާފައިވަނީ 48 ގަޑިއިރަށް ކަމަށެވެ.

އެއީ، ސަލާހުއްދީން މަގެވެ. އެ މަގު ހުޅުވާލާފައިވަނީ ހުކުރު ދުވަހާ ހަމައަށެވެ.

އަދި އާންމުން ރަށުން ފައިބައިގެން ޣައްޒާގެ ދެކުނަށް ދިއުމަށްވެސް އަންގާފައި ވެއެވެ.

އިސްތިއުމާރީ ސިފައިން ގާޒާ ސިޓީގެ އާންމުން ޖަމާކުރަމުން ގެންދަނީ ޣައްޒާގެ ދެކުނުން އަލް މަވާސީ ސަރަހައްދަށެވެ. އެއީ، މިހާރުވެސް މީހުންނާއިގެން ތޮއްޖެހިފައިވާ ސަރަހައްދެކެވެ.

އިސްތިއުމާރީ ޓެރަރިސްޓުން މިހާރުވަނީ އެއްގަމުމަގުންވެސް ގާޒާ ސިޓީއަށް ވަދެގެންފައެވެ.

އެއްގަމުމަގުން އަރައިގަތް ޓެރަރިސްޓުން ބޮޑުބަޑީގެ ހަމަލާތައް ދެމުންގެންދާއިރު، ޓެރަރިސްޓު ސިފައިން ގެންދަނީ އާންމުންގެ ގެތައްވެސް ރެއިޑްކުރަމުންނެވެ.

އަދި އާންމުން ގިނައިން ދިރިއުޅޭ ސަރަހައްދުތަކަށް ވަދެގަނެ ބޮޑެތި ޖަރީމާތައްވެސް ހިންގަމުން ގެންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ނުވިތާކަށް، ޖެޓުތަކާއި، ޑްރޯންތަކުން ގާޒާ ސިޓީގެ އެކި އަވަށްތަކަށް ވަރުގަދައަށް ބޮންއަޅަމުން ގެންދާއިރު، އުސް އެތައް އިމާރާތެއްވެސް ގެންދަނީ ގޮއްވަމުންނެވެ.

އާންމުންގެ އަވަށްތަކާއި، ސްކޫލް އިމާރާތްތަކާއި، ހޮސްޕިޓަލްތަކަށްވެސް ހަމަލާދީ ސުންނާފަތި ކުރަމުން ގެންދެއެވެ.

މިއަދުވެސް ގާޒާ ސިޓީގައި ހުންނަ އަލް ރަންތީސީ ޗިލްޑްރަންސް ހޮސްޕިޓަލަށް ތިން ފަހަރަށް ބޮންއަޅާފައި ވާކަމަށް، ޣައްޒާ ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.

އިސްތިއުމާރީ އަސްކަރިއްޔާއިން ބުނެފައިވަނީ، އެއްގަމުމަގުން ސިފައިން ވަދެގަތީ ގާޒާ ސިޓީ ހިފުމަށް ފަށާފައިވާ “އޮޕަރޭޝަންގެ” ދެވަނަ ފިޔަވަހީގެ ދަށުން ކަމަށެވެ.

އިސްތިއުމާރީ ބާރުން މަސައްކަތް ކުރަމުން ގެންދަނީ ގާޒާ ސިޓީ ހިފައި، އެ ސިޓީ އިސްރާއީލުގެ ތަނަކަށް ހެދުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޣައްޒާގެ ވެރިކަން ބޭރު ބައެއްގެ އަތްމައްޗަށް ދޫކޮށްލުމާ ދެކޮޅު: ޣައްޒާގެ ޖަމާއަތްތައް

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ހައްޔަރުކޮށްދިނުމަށް ބެން-ގްވީރް، ނަތަންޔާހޫގެ ކިބައިން އެދިއްޖެ

ނިއުޔޯކް ސިޓީގެ މިހާރުގެ މޭޔަރު ގޮވާލަނީ މަމްދާނީ ހުވާކުރައްވާ ރަސްމިއްޔާތުގައި ނަތަންޔާހޫ ބައިވެރިވުމަށް

ސެމްސަންއާ ގުޅިގެން އިސްރާއީލުން ދުނިޔޭގައި ޖާސޫސްކުރާ ކަމަށް ދެކެވޭ ވާހަކަތައް

TTH_advertisement