ކުއްލި ޚަބަރު

އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ ކަންކަން ކަނޑައެޅުމުގައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވޯޓެއް ނަގަނީ

މޯލްޑިވްސް ނޭޝަނަލް ސާރވިސްގެ ފުރަތަމަ ބުރަށް ހޮވުނު 340 ބައިވެރީން ފުރައިފި

ގާޒާ ސިޓީގައި ތިބި މިލިއަނަކަށްވުރެ ގިނަ މީހުން ރަށުން ފޭބުމަށް 48 ގަޑިއިރުގެ މުހުލަތު ދީފި

ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީން “ޕީ ސީ އޯ އެސް ސެމިނާ 2025” ބާއްވަނި

ދަރިމައިވުމުގެ ސިއްޙަތާ ގުޅޭގޮތުން މުޖްތަމައު ހޭލުންތެރިކުރުވާ ސިއްހީގޮތުން ސައްހަ މަޢުލޫމާތު އާންމުންނަށް ފޯރުކޮށްދީ، އަދި ދަރިމައިވުމުގެ އުނދަގޫ ތަޙައްމަލުކުރައްވާ ފަރާތްތަކަށް އެކި ގޮތްގޮތުން އެހީތެރިވެ ހިތްވަރުދިނުމަށްޓަކައ މަސައްކަތް ކުރަމުން ދިޔަ ޖަމްޢިއްޔާ “ފާރޓިލިޓީ ސަޕޯރޓް ކޮމިއުނިޓީން “ޕީސީއޯއެސް އެވެއާރނަސް ސެމިނާ 2025” ބޭއްވުމަށް ވަނީ ހަމަޖެއްސާފައެވެ.

ސެޕްޓެމްބަރަކީ ދުނިޔޭގެ ފެންވަރުގައި، “ޕޮލިސިސިޓިކް އޯވަރީ ސިންޑްރޯމް” ޕީސީއޯއެސް އާ ބެހޭ މައުލޫމާތު ފޯރުކޮށްދޭ މަހެވެ.
ޕޮލިސިސްޓިކް އޯވަރީ ސިންޑްރޯމް (ޕީސީއޯއެސް) އަކީ ދަރިމައިވުމުގެ އުމުރުފުރައިގެ އަންހެނުންގެ ހަށިގަނޑުގައި ހުންނަ ހޯމޯން ޑިސްއޯޑާއެކެވެ. ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީން މިހާތަނަށް އެއްކުރެވިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ރާއްޖޭގައި ދަރިމައިވުމުގެ މައްސަލަތައް ތަހައްމަލުކުރާ ފަރާތްތަކުގެ ބޮޑު އިންސައްތައެއް ޕީސީއޯއެސް ތަޖުރިބާ ކުރާކަން ފާހަގަވެފައިވެއެވެ.

“އަޅުގަނޑުމެން އަބަދުވެސް ހަނދާން ބަހައްޓަންވާނީ ޕީސީއޯއެސް އަކީ އުމުރަށް ދިގު ދެމިގެންދާ ބައްޔެއްކަން،ފުރާވަރު އުމުރުން ފަށައިގެން މިކަމާ ބެހޭ މައުލޫމާތު ހޯދާ، އާއިލާ ބިނާކުރަން ރޭވުން އަދި ބަލީގެ އަލާމާތްތައް ދެނެގަތުމަށްޓަކައި މެޑިކަލް ޕޮރޮފެޝަނަލްސް އާ ބައްދަލުކުރުން އެއީ ވަރަށް މުހިއްމު ކަމެކެވެ.” – އާޝާ ހުސައިން, އެފް.އެސް.ސީ ފައުންޑަރ

މިއަހަރުގެ ޕީސީއޯއެސް ސެމިނާ ބާއްވަން ހަމަޖެހިފައިވަނީ ސިއްހީ ދާއިރާގެ ތަޖުރިބާކާރުންނާ އެކީގައި ޕެނެލް ޑިސްކަޝަންއެއް ހިމެނޭ ގޮތަށެވެ. މި ޕެނެލް ޑިސްކަޝަންގައި އަލިއަޅުވާލާނީ “އަންޑަސްޓޭންޑިންގ އެންޑް މެނޭޖިން ޕީސީއޯއެސް” މި މައުޟޫއަށެވެ.

ޕެނަލިސްޓުންގެ ގޮތުގައި ހިމެނެނީ:
ޑރ. މުހައްމަދު ޝިރުހާން، ކޮންސަލްޓަންޓް ޕިޒިޝަން އަދި އެންޑޯކްރޮނޮލޮޖިސްޓް. – ޓުރީ ޓޮޕް ހޮސްޕިޓަލް
ޑރ. ލީނާ ސަލީމް، ކޮންސަލްޓަންޓް އޮބްސްޓުރޭޓިކްސް އެންޑް ގައިނަކޮލޮޖީ, އޭޑީކޭ ހޮސްޕިޓަލް.
ޑރ. އަނީތާ ގޯރް، ލީޑިންގ އިންފާރޓިލިޓީ ސުޕެޝަލިސްޓް، ޓުރީ ޓޮޕް ހޮސްޕިޓަލް, ފާޓިލިޓީ ސެންޓަރު
އަލްފާޟިލާ އާއިޝަތު ޝިފާނާ ވަޖީހު، އޭސީއީ ސެރޓިފައިޑް ޕާރސަނަލް ޓުރެއިނާރ އަދި ހީޓް ހެލްތް އެންޑް ފިޓްނަސްގެ ސީ އީ އޯ.
އަލްފާޟިލާ މަރްޔަމް ތައިމާ މުޙައްމަދު އުޝާމް، އައި ޖީ އެމް އެޗް އަދި ސެނަހިޔާގެ ޑައިޓިޝަން

ސެމިނާގެ ބައިވެރިންނަށް ޕީސީއޯއެސް އާ ގުޅޭގޮތުން ސުވާލުކޮށް މައުލޫމާތު ސާފުކުރުމަށް ފުރުސަތު ލިބިގެންދާނެއެވެ.

މި ސެމިނާ ބޭއްވުމަ ހަމަޖެހިފައިވަނީ 24 ސެޕްޓެބަރު 2025 ބުދަ ދުވަހު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ ބިޒްނަސް ސްކޫލްގައެވެ

މިއަހަރުގެ ޕީސީއޯއެސް ސެމިނާ ސްޕޮންސަރ ކޮށްފައި ވަނީ ސެލޫން ފެމިނާ، ދަ ވެލްނެސް ކުލަބް، ޝަފީއާ ހެލްތް އިންސްޓިޓިއުޓް އަދި އޭޑީކޭ ހޮސްޕިޓަލެވެ. ސެމިނާގެ 1 ބައިވެރިއަކަށް 3 ލޭޒާރ ހެއާރ ރިމޫވަލް ސެޝަން އަދި ސެލޫން ފެމިނާއިން 3 ބައިވެރިންނަށް ފޭޝިއަލް ޕެކޭޖް ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނާ ގޮތުގައި ދަރިމައިނުވުމުގެ އަސަރު އެތައް މިލިއަން ބަޔަކަށް ކުރާއިރު، އެމީހުންގެ އާއިލާތަކަށާއި މުޖުތަމައުތަކަށް ވެސް އޭގެ އަސަރު ކުރެ އެވެ. ލަފާކުރެވޭ ގޮތުގައި ދުނިޔޭގެ ނިސްބަތުން ނަސްލު އުފެއްދުމުގެ އުމުރުގެ ކޮންމެ ހަ މީހުންގެ ތެރެއިން ގާތްގަނޑަކަށް އެކަކު ދަރިމައިނުވުން ކުރިމަތިވެއެވެ

ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީ އަކީ ދަރިމައިވުމުގެ ސިއްޙަތާ ގުޅޭގޮތުން މުޖްތަމައު ހޭލުންތެރިކުރުވާ ސިއްހީ ސައްހަ މަޢުލޫމާތު އާންމުންނަށް ފޯރުކޮށްދީ، އަދި ދަރިމައިވުމުގެ އުނދަގޫ ތަޙައްމަލުކުރައްވާ ފަރާތްތަކަށް އެކި ގޮތްގޮތުން އެހީތެރިވެ ހިތްވަރުދިނުމަށްޓަކައި 27 ޖަނަވަރީ 2021 ވަނަ ދުވަހު ރަޖިސްޓްރީކުރެވުނު ޖަމްޢިއްޔާއެކެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

finance

އެސްޑީއެފަށް 1.38 ބިލިއަން ރުފިޔާ ޖަމާކޮށްފި

އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ ކަންކަން ކަނޑައެޅުމުގައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވޯޓެއް ނަގަނީ

MPL Rishvan

އެމްޕީއެލްގެ އެޕެރެންޓިޝިޕް ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލައިފި

މޯލްޑިވްސް ނޭޝަނަލް ސާރވިސްގެ ފުރަތަމަ ބުރަށް ހޮވުނު 340 ބައިވެރީން ފުރައިފި

TTH_advertisement