ކުއްލި ޚަބަރު

ބަނގުރަލާއި ޑްރަގާއެކު މާލެއިން މީހަކު ހައްޔަރުކޮށްފި

ޑިމޮކްރެސީއަކީ ހިތަށް އެރިހާ ވާހަކައެއް ދެއްކުމެއް ނޫން: މަޖިލީހުގެ ރައީސް

އިސްރާއީލުން ދިން ހަމަލާއަކީ ގަތަރުގެ މިނިވަންކަމަށް އަރައިގަތުން: ރައީސް މުއިއްޒު

ބަނގުރަލާއި ޑްރަގާއެކު މާލެއިން މީހަކު ހައްޔަރުކޮށްފި

112

މަސްތުވާތަކެތީގެ މައްސަލައެއްގައި މާލެއިން ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މިމަހުގެ 14 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ގެންގުޅެ ބޭނުންކޮށް އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން މ. ހެޕީބީޗް، އަޙްމަދު އަބޫބަކުރު (35އ) ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެގޮތުން، މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި އަޙްމަދު އަބޫބަކުރު ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ބަލައިފާސްކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.

އަދި ބަލައިފާސްކުރުމުގެ ތެރެއިން، ބަނގުރާ ފުޅިއަކާއި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

މި ތަކެތީގެ ވަގުތީ ބަރުދަނަކީ 395.4 އެވެ.

ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުޤީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީން “ޕީ ސީ އޯ އެސް ސެމިނާ 2025” ބާއްވަނި

އެފްއޭއެމްގެ ބްރޯޑްކާސްޓިން ޕާޓްނަރަކަށް ޕީއެސްއެމް ހަމަޖައްސައިފި

އައިއޭއީއޭގެ މެންބަރަކަށްވުމަށް ރާއްޖެއިން ހުށައެޅި ހުށައެޅުން ބަލައިގެންފި

އޭދަފުށި ކަޕް ނިންމުމުގެ ރަސްމިއްޔާތު ނައިބު ރައީސް ޝަރަފުވެރިކޮށްދެއްވައިފި

TTH_advertisement