ކުއްލި ޚަބަރު

ޕާކިސްތާނުގައި ދިން ޓެރަރިސްޓް ހަމަލާ ދިވެހި ސަރުކާރުން އެންމެ ހަށުކަށި އިބާރާތުން ކުށްވެރިކޮށްފި

ނިއުމޯނިއާ ޖެހިގެން ގައިދީއަކު މަރުވެއްޖެ

ސަރުކާރަށް ބޭނުންވާ ފަންނީ ލަފަޔާއި މަޝްވަރާ ދިނުމަށް އެކުލަވާލާ 3 ކޮމިޓީއެއްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު

މޫނުބުރުގާއާ މެދު އޮތް ތަފާތުކުރުން ނައްތާލުމުން ޝަހީމްގެ ޝުކުރު ރައީސްއަށް

dr.shaheem

މޫނުބުރުގާއާ މެދު އޮތް ތަފާތުކުރުން ނައްތާލުމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ޝުކުރު ދަންނަވައިފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވަނީ، މޫނުބުރުގާ އަޅައިގެން ސިވިލް ސަރވިސްގައި މަސައްކަތް ކުރެވޭގޮތަށް ޤަވާއިދު އިޞްލާޙު ކުރުމާއި ގުޅިގެން “އެކްސް” ގައި ޕޯސްޓެއް ހިއްސާކުރައްވާފައެވެ.

މި ޕޯސްޓުގައި ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، އަޅާފައި ހުންނަ ހެދުމުގެ ސަބަބުން ވަޒީފާއިން މަހްރޫމްކުރި ޒަމާން މިހާރު ފާއިތުވެ ގޮސްފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން އިޖްތިމާޢީ ޢަދާލަތު ޤާއިމުވެ، މޫނު ބުރުގާއާމެދު އޮތް ތަފާތު ކުރުން ނެތިވެގެން ގޮސްފައިވާކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. ހަމަ އެހެންމެ، މި ތަފާތުކުރުން ނެތިގެން ދިއުމަކީ، އަންހެނުންގެ ވަޒީފާގެ ޙައްޤުތައް ޙިމާޔަތްކުރުމުގައި ފަހިވި ފުރުޞަތެއް ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

މޫނު ބުރުގާ އެޅުމަކީ ވަޒީފާއިން މަޙްރޫމް ވާންޖެހޭ ކަމެއްނޫން ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މީގެ ކުރިން ވެސް ތަކުރާރުކޮށް ވަނީ ވިދާޅުވެފައެވެ. އަދި ތަހުޒީބު މުޖްތަމަޢެއް ބިނާކުރެވޭނީ އެންމެންނަށް ހައްޤުތައް ދީގެން ކަމަށާއި، ތަޢުލީމީ ގިނަ އަންހެން ބޭފުޅުންތަކެއް މޫނު ބުރުގާ އަޅާފައި ތިބޭކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން، އެފަރާތްތަކުގެ ވަޒީފާގެ ހައްޤު ސިވިލް ސާވިސް ކޮމިޝަނުން ކަށަވަރު ކުރަންޖެހޭކަމަށް ވަޒީރު ވަނީ ކުރިން ވެސް ވިދާޅުވެފައެވެ.

ވަޒީރު ޑރ. ޝަހީމް ވަނީ، މޫނުބުރުގާ އަޅައިގެން ސިވިލް ސަރވިސްގައި މަސައްކަތް ކުރެވޭގޮތަށް މި ޤަވާއިދު އިޞްލާޙުކޮށް، ގެޒެޓްކުރުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު ދަންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

hafizun

ދިވެހި37 ހާފިޒުން މި ރޯދަމަހު މާލެ ސަރަހައްދުގައި އިމާމުވެ ހިފްޒުކޮށް ތަރާވީސް ކުރާނެ: ޑރ. ޝަހީމް

“ނޫރުލް އަޒާން” މުބާރާތަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ރާއްޖޭގައި ތިބި ޙާފިޒުންގެ ޢަދަދު 291އަށް

ބަންގި މުބާރާތް މި ފަހަރު މުޅި ރާއްޖެއަށް

TTH_advertisement