ކުއްލި ޚަބަރު

ފައިސާއަށް ހަށިވިއްކި ދެ މީހަކު ތިނަދޫން ހައްޔަރުކޮށްފި

ލަންކާއަށް އެހީވުމަށް ޕީއެސްއެމް އިން އިސްނަގައިގެން ޓެލަތޯނެއް ބާއްވަނީ

އަތޮޅު ކައުންސިލް އުވާލިޔަސް އެއްވެސް މުވައްޒަފެއްގެ ވަޒީފާ ނުގެއްލޭނެ: އާދަމް ޝަރީފް

ތައިލޭންޑްގެ އައު ބޮޑުވަޒިރަށް ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ވިދާޅުވެއްޖެ

ތައިލޭންޑްގެ އައު ބޮޑުވަޒީރުކަމުގެ މަޤާމަށް އަނުތިން ޗާންވިރަކުލް، ހޮވިވަޑައިގަތުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ތައިލޭންޑުގެ އައު ބޮޑުވަޒީރުގެ ލީޑަރޝިޕްގެ ދަށުން، ޤައުމަށް ތަރައްޤީއާއި އާމާންކަމާއި އުފާ ފަގަތިކަން ލިބިވަޑައިގަންނަވާނެކަން ޔަގީންކުރައްވާކަމަށް ވިދާޅުވެފައެވެ.

އަދި ކުރިމަގުގައި ރާއްޖެއާއި ތައިލޭންޑާ ދެމެދު އެކި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިވެ، އެކުގައި މަސައްކަތްކުރުމުގެ ފުރުޞަތު ލިބޭނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދެ ޤައުމާ، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުންތައްވެސް އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލެއްވީ، ބޮޑުވަރު ޗާންވިރަކުލްއަށް ދުޅަހެޔޮ ސިއްޙަތަކާއި އަދި ތައިލެންޑްގެ ރައްޔިތުންނަށް ސުލްޙަޔާ އުފާ ފާގަތިކަމަށް އެދިވަޑައިގެންނަންވަމުނެވެ.

ތައިލޭންޑުގެ ބޮޑުވަޒީރުގެ މަޤާމަށް ޗާންވިރަކުލް ހޮވިވަޑައިގެންފައި ވަނީ އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުން މިމަހުގެ 5ވަނަ ދުވަހު ނެގި ވޯޓުގައި، ބޮޑު އަޣުލަބިއްޔަތަކުންނެވެ. ބޮޑުވަޒީރުގެ މަޤާމު ކަށަވަރު ކުރުމަށް 492 މެންބަރުންގެ މައްޗަށް އެކުލެވިފައިވާ ޤާނޫނުހަދާ މަޖިލީހުގެ އަޣުަލަބިއްޔަތު ހޯދުމަށް ބޭނުން ވަނީ 247 ވޯޓެވެ. ފަސޭހަކަމާއެކު އެ ޢަދަދު ހަމަ ކުރައްވައި ޗާންވިރަކުލް ވަނީ 311 ވޯޓު ހޯއްދަވައިފައެވެ.

ޗާންވިރަކުލްއަކީ ތައިލެންޑުގެ ބޫމްޖައިތައި ޕާޓީގެ ލީޑަރެވެ. މީގެ ކުރިން އޭނާ ވަނީ އެ ޤައުމުގެ ބޮޑުވަޒީރުގެ ނައިބުގެ މަޤާމާއި ދާޚިލީ ވަޒީރުގެ މަޤާމާއި ޞިއްޙަތާބެހޭ ވަޒީރުގެ މަޤާމު ފުރުއްވައިފައެވެ. ކޯވިޑް-19ގެ ދުވަސްވަރު ޞިއްޙަތާބެހޭ ވަޒީރުގެ ގޮތުގައި ހުންނެވީ އޭނާއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ތައިލެންޑުގެ އައު ބޮޑުވަޒީރުގެ މަޤާމަށް އަނުތިން ޗާންވިރަކުލް

TTH_advertisement