ކުއްލި ޚަބަރު

ރާއްޖެއަށް މެޑިކަލް ސާމާނު އެތެރެކުރަން ސަރުކާރު ކުންފުންޏެއް އުފައްދައިފި

މަޑިފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަން އާރްޑީސީއާ ހަވާލުކޮށްފި

މާލޭގެ މަގުތަކަށް ކުނިއަޅާ ބިދޭސީންނާ މެދު ފިޔަވަޅު އެޅުމާ ގުޅޭގޮތުން މޭޔަރު އާޒިމް އިމިގްރޭޝަން ކޮންޓްރޯލާއާ މަޝްވަރާކުރައްވައިފި

ޓްރަމްޕް ދިން ފަހުގެ އިންޒާރަށް ހަމާސްގެ ޖަވާބު: ވާހަކައިގެ މޭޒުދޮށަށް ވަގުތުން އަންނަންވެސް ތައްޔާރު

އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ހާލަތު:

ހަމަލާތައް ހުއްޓާލުމުގެ ވާހަކައިގެ މޭޒުދޮށަށް، ހަމަ ވަގުތުންވެސް އަންނަން ތައްޔާރަށް ތިބި ކަމަށް، ޣައްޒާގައި ވެރިކަންކުރާ ހަމާސްއިން ބުނެފިއެވެ.

ހަމާސްއިން ނެރުނު ބަޔާނެއްގައި މިކަން ހާމަކުރީ، ހަމާސްއަށް “ފަހުގެ އިންޒާރު” ދީފިކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހާމަކުރިތާ މާ ގިނައިރެއް ނުވަނީހެވެ.

ޓްރަމްޕް ބުނެފައިވަނީ، ޣައްޒާގައި ހައްޔަރު ކޮށްފައިވާ އިސްރާއީލުގެ ގައިދީން މިނިވަން ކުރުމަށް، އެމެރިކާއިން ހުށަހަޅާފައިވާ އެއްބަސްވުން ގަބޫލުކުރަން ހަމާސްއަށް ފަހުގެ އިންޒާރު މިހާރު ދީފައިވާ ކަމަށެވެ.

އޭނާގެ ހުށަހެޅުން އިސްރާއީލުން ގަބޫލުކޮށްފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

މިކަމާ ގުޅޭގޮތުން ނެރުނު ބަޔާނުގައި ހަމާސްއިން ބުނެފައިވަނީ، އެމެރިކާ ފަރާތުން ލިބިފައިވާ ބައެއް ޚިޔާލުތަކަކީ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމަށް އަމާޒުކޮށް ލިބިފައިވާ ޚިޔާލުތަކަށް ވާތީ، ވާހަކަ ދައްކަން ހަމާސްއިން ނިންމީ ކަމަށެވެ.

ގައިދީން މިނިވަން ކުރުމާ ގުޅޭގޮތުން ވަގުތުން ވާހަކަތައް ފަށަން ހަމާސް ތައްޔާރު ކަމަށްވެސް ބުނެފައި ވެއެވެ.

ހަމާސްއިން ބުނެފައިވަނީ، ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިސްތިއުމާރީ އިސްރާއީލުން ހިންގާ އުދުވާނުތައް ހުއްޓުމަކަށް ގެނައުމަށް ތާއީދުކޮށް ކުރެވޭ ކޮންމެ މަސައްކަތަކަށް ހަމާސްއިން މަރްހަބާ ކިޔާ ކަމަށެވެ.

އެއްބަސްވުމެއް ހެދި، ގައިދީން މިނިވަން ކުރުމުގެ ބަދަލަށް ހަމާސްއިން ބޭނުންވާ ކަންކަންވެސް ހާމަކޮށްފައި ވެއެވެ.

އެގޮތުން ބުނެފައިވަނީ، ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ކުރާ ހަނގުރާމަ ވަގުތުން ހުއްޓާލަންޖެހޭނޭ ކަމަށާއި، އިސްރާއީލުގެ ހުރިހާ ސިފައިން ޣައްޒާއިން ފައިބަންޖެހޭނޭ ކަމަށާއި، ޣައްޒާގެ ވެރިކަން ހިންގުމަށްޓަކައި މިނިވަން މުސްތަގިއްލު ކޮމިޓީއެއް އެކުލަވާލެވި، އެ ކޮމިޓީގެ މަސައްކަތް ވަގުތުން ފަށަން ޖެހޭނޭ ކަމަށްވެސް ހަމާސްއިން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މުޒާހަރާތައް ހޫނުވެ، ނޭޕާލްގެ ބޮޑުވަޒީރާއި، އޭނާގެ ސަރުކާރު އިސްތިއުފާ ދީފި

ގާޒާ ސިޓީގެ ރައްޔިތުން ރަށުން ނުކުތުމަށް އިންޒާރުގެ ލިއުން އަޅައިފި، ނުދާ އެންމެންނަށް “މަރު”

ޣައްޒާގެ ހިސާރު ފޫއަޅުވާލަން އަންނަ ކަނޑުމަތީގެ ގާފިލާގައި ހިމެނޭ އެންމެ ބޮޑު ބޯޓަށް އިސްރާއީލުން ޑްރޯން ހަމަލާއެއް ދީފި

ޔަމަނުން އިސްރާއީލުގެ އަސްކަރީ ބޭސްތަކާއި އެއަރޕޯޓްތަކަށް ޑްރޯން ހަމަލާތަކެއް ދީފި

ELL Mobile Advertisement TTH_advertisement