ކުއްލި ޚަބަރު

ދޮންފަނުގެ ބިން ނުހިއްކަން ރައީސް މުއިއްޒު ނިންމަވައިފި

ރާއްޖޭގެ ކުރިއެރުމާއި އިޤްތިޞާދުގައިވެސް ޒަމާންތަކަށް ދެމިހުންނާނެ ޚިދުމަތްތަކެއް ޕޯސްޓުން ވަނީ ފޯރުކޮށްދީފައި: ރައީސް

ޗައިނާގެ ފެއާއެއްގައި މިފްކޯގެ އުފެއްދުންތައް ޕްރޮމޯޓުކުރަނީ

ސޯޝަލް މީޑިއާއިން ބިރުދައްކައި ފައިސާ ފޭރިގަތް ދެމީހަކު ފުލުހުން ހައްޔަރުކޮށްފި

Big po0hfpy8gevvv588vtyhcx0kw

ފޭސްބުކް މެސެންޖާ މެދުވެރިކޮށް މީހަކާ ވާހަކަދައްކައި، އޮރިޔާން ވީޑިއޯ ހުރިކަމަށް ބުނެ ބިރުދައްކައިގެން ފައިސާ ފޭރިގަތް ދެމީހަކު ފުލުހުން ހައްޔަރުކޮށްފިއެއެވެ.

ފުލުހުން ހައްޔަރުކޮށްފައިވަނީ ހއ. ފިއްލަދޫ، ސީރީންމަންޒިލް، މުހައްމަދު ޟަމީރު (29އ) އާއި ލ. ގަން، ތުނޑި، އަރާއިރު، އަލީ ހައިސަލް (37އ) އެވެ. މި ދެމީހުން ހައްޔަރުކުރީ މިމަހުގެ 4 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހިންގި އޮޕަރޭޝަނެއްގައެވެ.

ފުލުހުންގެ މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މި ދެމީހުން ސޯޝަލް މީޑިއާ މެދުވެރިކޮށް މީހަކާ މުޢާމަލާތްކޮށް، އެމީހާގެ އޮރިޔާން ވީޑިއޯ ހުރިކަމަށް ބުނެ ބިރުދައްކާފައެވެ. އޭގެފަހުން އެމީހާ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ތަނަކަށް ގެންގޮސް ވަޅިން ބިރުދައްކައި، އެމީހާގެ ބޭންކް އެކައުންޓުން ފައިސާ ނަގާފައިވާކަމަށް ތުހުމަތުކުރެވެއެވެ. މީގެ އިތުރުން އެމީހާ އޮރިޔާންކޮށް ވީޑިއޯކޮށްގެން އިތުރު ފައިސާ ހޯދުމަށް ޑިމާންޑުކޮށްފައިވާކަމަށްވެސް ބެލެވެއެވެ.

މި މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ އޮގަސްޓް މަހުގެ 31 ވަނަ ދުވަހުއެވެ. ހައްޔަރުކުރި ދެމީހުން ދިރިއުޅޭ އެޕާޓްމަންޓް ބަލައި ފާސްކުރުމުން، ތިން މޯބައިލް ފޯނާއި، ތިން އަތުކުރީގަޑިއާއި، ޑްރޯންއަކާއި، ދޮށްޓަކާއި، ދެ އަވިއައިނާއި، ރިހި ފަށަކާއި ރިހި އަނގޮޓިއެއް ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ. މިތަކެތި އެކި މީހުންގެ އަތުން ފޭރިގަތް ތަކެތިކަމަށް ބެލެވޭކަމަށާއި، ހަ ވަޅިވެސް ފެނިފައިވާކަމަށް ފުލުހުން މަޢުލޫމާތު ދިނެވެ.

ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އަލީ ހައިސަލް 4 ދުވަހަށާއި މުހައްމަދު ޟަމީރު 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.

ފުލުހުންގެ މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މި ދެމީހުން ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން އެހެން މީހުންނާ މުޢާމަލާތްކޮށް، އޮރިޔާން ވީޑިއޯ ހުރިކަމަށް ބުނެ ބިރުދައްކައި، އެމީހުން ދިރިއުޅޭ އެޕާޓްމަންޓަށް ގެންގޮސް ވަޅިން ބިރުދައްކައި އޮރިޔާންކޮށް، ވީޑިއޯކޮށް ފައިސާ ހޯދާފައިވާ އިތުރު ދެ މައްސަލަވެސް ރިޕޯޓުވެފައިވެއެވެ.

ހައިސަލް އާއި ޟަމީރުގެ ފަރާތުން އިތުރު މީހުންނަށްވެސް މިފަދަ ޢަމަލުތައް ހިންގާފައިވާކަމަށް ބެލެވޭތީ، މިފަދަ ކަމެއް ދިމާވެފައިވާ އެއްވެސް މީހަކު ވާނަމަ ފުލުހުންނަށް ރިޕޯޓުކުރުމަށް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ. މި މައްސަލަތަކުގެ ތަހުގީގު ފުލުހުން ކުރިއަށް ގެންދާކަމަށްވެސް ފުލުހުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

413479 9af1c789 3

ދޮންފަނުގެ ބިން ނުހިއްކަން ރައީސް މުއިއްޒު ނިންމަވައިފި

417829 ba65c4da c

ރާއްޖޭގެ ކުރިއެރުމާއި އިޤްތިޞާދުގައިވެސް ޒަމާންތަކަށް ދެމިހުންނާނެ ޚިދުމަތްތަކެއް ޕޯސްޓުން ވަނީ ފޯރުކޮށްދީފައި: ރައީސް

އަތޮޅު އުވާލަނީކަމަށް ބުނެ ދައްކަނީ ޒިންމާދާރުކަން ކުޑަ ވާހަކަތަކެއް: އާދަމް ޝަރީފް

ހުޅުމާލޭ ރަށު މާރުކޭޓުން ފަސް ގޮޅި ކުއްޔަށް ދޫކުރަން ހުޅުވާލައިފި

TTH_advertisement ELL Mobile Advertisement