ކުއްލި ޚަބަރު

މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑް 2025 އަށް ކުރިމަތިލުމަށް ހުޅުވާލައިފި

ޗައިނާގެ އެހީގައި އައްޑޫ ސިޓީގައި ލޮޖިސްޓިކް ހަބެއް ގާއިމުކުރަނީ

ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

އިސްރާއީލުގެ ބިރުދެއްކުންތަކާ އެކުވެސް، “ސުމުދް ގްލޯބަލް ފްރީޑަމް ފްލޮޓިލާ” ގާފިލާގެ ދަތުރު ކުރިއަށް

އިސްރާއީލުގެ ބިރުދެއްކުންތަކާއި، މޫސުމުގެ ގަދަ ވިއްސާރައާ އެކުވެސް، ޣައްޒާގެ ހިސާރު ފޫއަޅުވާލަން އަންނަ “ސުމުދް ގްލޯބަލް ފްރީޑަމް ފްލޮޓިލާ” ގާފިލާގެ ދަތުރު ކުރިއަށް އެބަ ދެއެވެ.

50 ބޯޓެއްގައި 44 ގައުމަށް ނިސްބަތްވާ މީހުން އެބަ ދަތުރު ކުރެއެވެ. ބޯޓުތަކުގައި ތިރީސް ހާހަށްވުރެ ގިނަ މީހުން ހިމެނެއެވެ. އެމީހުން ދުނިޔޭގެ ހަ ބައްރަށް ނިސްބަތްވެއެވެ.

“ސުމުދް ގްލޯބަލް ފްރީޑަމް ފްލޮޓިލާ” ގާފިލާގެ ދަތުރާ މީހުންގެ ތެރޭގައި، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެކްޓިވިސްޓުންނާއި، ޑޮކްޓަރުންނާއި، އާޓިސްޓުންނާއި، ގާނޫނީ އެތައް ވަކީލުންވެސް ހިމެނެއެވެ.

އޭގެ ތެރޭގައި ކުރީގެ ބޮޑުވަޒީރުންނާއި، ޕާލަމެންޓް މެމްބަރުންނާއި، މޭޔަރުންނާއި، އަދި މިހާރުވެސް އިންތިޚާބީ މަގާމުތަކުގައި ތިއްބެވި އެތައް ބޭފުޅުން ހިމެނެއެވެ.

އެމީހުން ދަތުރުކުރަމުން ގެންދަނީ، ކާބޯތަކެއްޗާއި، ބޭހާއި، އިންސާނީ އެހީގެ އެނޫންވެސް ސާމާނާ އެކުގައެވެ.

“ސުމުދް ގްލޯބަލް ފްރީޑަމް ފްލޮޓިލާ” ގާފިލާގައި ހިމެނޭ ބޯޓުތައް ޣައްޒާއަށް ދިއުމަށް އެންމެ ފުރަތަމަ ފުރާފައިވަނީ ސްޕެއިންގެ ބާސެލޯނާގެ ބަނދަރަކުން މިދިޔަ މަހުގެ 31 ވަނަ ދުވަހުއެވެ.

ނަމަވެސް، މޫސުން ގޯސްވެގެން ގާފިލާ އެނބުރި ބާސެލޯނާއަށް އައުމަށްފަހު އަލުން ފުރާފައިވަނީ މިދިޔަ ހޯމަދުވަހުއެވެ.

މިއީ، ޣައްޒާގެ ޣައިރުގާނޫނީ ހިސާރު ފޫއަޅުވާލަން މިހާތަނަށް ހިންގާ ކަނޑުމަތީގެ އެންމެ ބޮޑު މިޝަންއެވެ.

މި މަސައްކަތަށް ދުނިޔޭގެ އެތައް ލީޑަރުންނާއި، ސިޔާސީ މީހުންނާއި، މަޝްހޫރު މީހުންނާއި، ބައިނަލްއަގްވާމީ އެތައް ޖަމިއްޔާ ޖަމާއަތްތަކުން ތާއީދުކޮށް ޝުއޫރު ފާޅުކޮށްފައި ވެއެވެ.

“ސުމުދް ގްލޯބަލް ފްރީޑަމް ފްލޮޓިލާ” ގާފިލާގެ ދަތުރުގެ ހަރަކާތްތަކާއި، ރޫޓު ވަގުތުން އާންމު ކުރަމުން ގެންދާއިރު، އެ ގާފިލާ މިވަގުތުވެސް ދަތުރު ކުރަމުންދަނީ ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުންނެވެ.

އެކަމަކު، އިސްރާއީލުން ޑްރޯންތައް ފޮނުވައިގެން ބޯޓުތަކަށް ބިރު ދައްކައި ހުރަސްއެޅުމުގެ މަސައްކަތް މިހާރުވެސް ފަށާފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

ޣައްޒާގެ ހިސާރު ފުޅާއަޅުވާލަން މީގެކުރިން ދަތުރުކުރި ހުރިހާ ފްލޮޓިލާއެއް، ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުގައި ވަނިކޮށް އިސްތިއުމާރީ ސިފައިން ބޯޓަށް ހަމަލާދީ އަދި ބޯޓުތަކުގައި ދަތުރުކުރި އެންމެން ހައްޔަރު ކުރިއެވެ.

އެކަމަކު، “ސުމުދް ގްލޯބަލް ފްރީޑަމް ފްލޮޓިލާ” ގާފިލާގައި މިފަހަރު އެތައް ބޯޓެއް ހިމެނޭތީ، އެ ގާފިލާ ހުއްޓުވަން ޚާއްސަ ފިޔަވަޅުތަކެއް އަޅަން މުޖުރިމު ނަތަންޔާހޫވަނީ ތައްޔާރުވެފައެވެ.

ގާފިލާގައި ހިމެނޭ އެއްވެސް ބޯޓެއް ޣައްޒާއާ ހަމައަށް އަޔަނުދިނުމަށާއި، ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުން އެ ގާފިލާއަށް ހުރަސްއަޅައި އެންމެން ހައްޔަރުކުރަންވެސް ވަނީ ނިންމާފައެވެ.

އިސްރާއީލުގެ ހަރުކަށި ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރ ބެން-ގްވީރް ބުނެފައިވަނީ، އޭނާ ބޭނުންވަނީ “ސުމުދް ގްލޯބަލް ފްރީޑަމް ފްލޮޓިލާ” ގާފިލާގައި ހިމެނޭ ހުރިހާ ބޯޓެއްގައި ތިބި އެންމެންނަކީ “ޓެރަރިސްޓުން” ކަމަށް ކަނޑައަޅައި، އެ ހުރިހާ އެންމެން ހައްޔަރުކޮށް ޖަލަށްލުމަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޔަމަނުން މިސައިލެއް އުދުއްސާލުމާއެކު މުޅި އިސްރާއީލުގައި ނުރައްކަލުގެ ޑަނޑޫރާ ޖަހަން ފަށައިފި

ޓްރަމްޕްގެ އިންޒާރު: ޣައްޒާ ހަނގުރާމަ ކާމިޔާބު ކުރެވުނަސް ބައިނަލްއަގްވާމީ ގުޅުންތައް އިސްރާއީލަށް ގެއްލޭނެ

މިމަހު ފަހުކޮޅު ބެލްޖިއަމުން ފަލަސްތީނުގެ މިނިވަން ދައުލަތް ގަބޫލުކުރަން ނިންމައި، އިސްރާއީލުގެ ދެ ވަޒީރަކު ބެލްޖިއަމަށް އެރުން މަނާކޮށްފި

ފަލަސްތީނު އެއްވެސް ރައްޔިތަކަށް ވިސާ ނުދޭން ޓްރަމްޕްގެ ސަރުކާރުން ނިންމައިފި

ELL Mobile Advertisement TTH_advertisement