ކުއްލި ޚަބަރު

މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑް 2025 އަށް ކުރިމަތިލުމަށް ހުޅުވާލައިފި

ޗައިނާގެ އެހީގައި އައްޑޫ ސިޓީގައި ލޮޖިސްޓިކް ހަބެއް ގާއިމުކުރަނީ

ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

ވިހިއަހަރުފަހުން ފުރަތަމަފަހަރަށް ކަބް ސްކައުޓް ސިކްސަރސް ކޭމްޕް ބާއްވަނީ

ދިވެހިރާއްޖޭގެ ސްކައުޓް އެސޯސިއޭޝަނުން ނޭޝަނަލް ކަބް ސްކައުޓް ސިކްސަރސް ކޭމްޕްގެ ނަމުގައި ކަބް ސްކައުޓުގައި ހަރަކާތްތެރިވާ ކުދިންނަށް ކޭމްޕްއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ކޭމްޕް ބޭއްވުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 4 އިން 6 އަށް ކުޑަގިރީގައެވެ. ކަބް ސްކައުޓުންނަކީ 8 އަހަރާއި 11 އަހަރާ ދެމެދުގެ އުމުރުފުރައިގެ ކުދިންނަށް އަމާޒުކޮށްގެން ހިންގާ ސެކްޝަނެވެ. މި ކޭމްޕަކީ އެ ސެކްޝަނުގައި އިސްމަގާމުތަކުގައި ހަރަކާތްތެރިވާ ކުދިންނަށް ބޭއްވިގެންދާ ކޭމްޕެކެވެ.

އެސޯސިއޭޝަނުން މައުލޫމާތު ދެއްވާގޮތުގައި މިއަހަރުގެ ކޭމްޕުގައި މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުން 33 ސްކައުޓް ގްރޫޕަކުން 226 ކަބް ސްކައުޓުންނާއި ލީޑަރުން ބައިވެރިވާނެއެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދެވޭ މި ކޭމްޕުގައި ބައިވެރިވާ ކުދިންނަށް އެކި ހުނަރު ދަސްކޮށްދިނުމާއި ލީޑަރޝިޕް ތަރައްޤީކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

މިއީ 20 އަހަރަށްވުރެ ގިނަ ދުވަހުގެ ފަހުން ބާއްވާ ފުރަތަމަ ނޭޝަނަލް ކަބް ސްކައުޓް ސިކްސަރސް ކޭމްޕެވެ. މީގެ ކުރިން މިފަދަ ކޭމްޕެއް ބޭއްވިފައިވަނީ 2000 ގެ އަހަރުތަކުގެ ކުރީކޮޅުގައެވެ. މި ކޭމްޕް އަލުން ބޭއްވުމަކީ ޅަ އުމުރުގައި ލީޑަރޝިޕް ހަރުދަނާކޮށް، އިސްނެގުމަށާއި އެކި ކުދިންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ފުރުޞަތު ހޯދައިދިނުމަށް އެސޯސިއޭޝަނުން ދޭ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަމެކެވެ.

މި ކޭމްޕުގެ ތީމަކީ “ދަ ފިޝާސް ޖަރނީ – ވިސްޑަމް ފްރޮމް ދަ ސީ” އެވެ. މި ތީމް ބިނާވެފައިވަނީ ދިވެހި މަސްވެރިޔާގެ ދިރިއުޅުމުގެ މައްޗަށެވެ. މިއީ ހިތްވަރާއި، ކެތްތެރިކަމާއި، އިސްނެގުމާއި އަދި ޚިދުމަތްކުރުމުގެ ރަމްޒެކެވެ. މަސްވެރިޔާ ދޯނި ތައްޔާރުކޮށް، ކަނޑުގެ ގޮންޖެހުންތަކާ ކުރިމަތިލާ ފަދައިން، މި ކޭމްޕުގެ ބައިވެރިންނަށް، މި ކޭމްޕެގެ ތެރެއިން ގޮންޖެހުންތަކާ ކުރިމަތިލުމަށާއި އިސްނެގުމަށާއި އަދި އެހެން މީހުންނަށް ޚިދުމަތްކުރުމުގެ މުހިންމުކަން ދަސްވެގެން ދާނެއެވެ. މި ކޭމްޕުގެ ހުރިހާ ޙަރަކާތްތަކެއް ފަރުމާކުރެވިފައިވަނީ މި ތީމާ އެއްގޮތަށެވެ. މިގޮތުން ސިކްސަރުންނަށް އިސްނުގުމާއި ގުޅުންހުރި ހުނަރުތައް ދަސްކޮށްދިނުމުގެ އިތުރުން، އެކަކު އަނެކަކަށް އެހީވުމާއި އަޅާލުމާއި އަދި ގުޅިގެން މަސައްކަތްކުރުމުގެ ތެރެއިން މިކަންކަން މި ކޭމްޕުގެ ތެރެއިން އެކުދިން ދަސްކުރާނެއެވެ.

މި ކޭމްޕުގެ މަޤްޞަދަކީ ސިކްސަރުންނަށް ދިރިއުޅުމުގެ ހުނަރުތަކާއި، ޓީމް ވޯކާއި އަދި ލީޑަރޝިޕްގެ ސިފަތައް ދަސްކޮށްދީ، އެމީހުންގެ ޕެކްތަކަށާއި ސްކައުޓް ގްރޫޕްތަކަށް މާނަހުރި ގޮތެއްގައި ޙިއްޞާވުމަށް ތައްޔާރުކުރުވުމެވެ. އަދި މީގެ އިތުރުން، ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް ސަމާލުކަންދީ ތިމާވެއްޓަށް އަޅާލާ، ޒިންމާދާރު ރައްޔިތުންގެ ގޮތުގައި އެކުދިންނަށް އަދާކުރެވޭނެ ދައުރުު ފާހަގަކޮށްދިނުމެވެ.

އިވެންޓުގެ ތަފްޞީލުތައް
•ތާރީޚު: 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 4 އިން 6 އަށް
ތަން: ކުޑަގިރި
ބައިވެރިން: 27 ސްކައުޓް ގްރޫޕަކުން 200 ކަބް ސްކައުޓުންނާއި ލީޑަރުން
ޕްރޮގްރާމްގެ މުހިންމު ބައިތައް
ހުޅުވުމުގެ ރަސްމިއްޔާތު – މި ރަސްމިއްޔާތުގެ ތެރެެއިން ކޭމްޕުގެ ތީމް ރަސްމީކޮށް ލޯންޗު ކުރެވިގެންދާނެއެވެ.
މޫދުގައި ކުރިއަށްގެންދާ ހަރަކާތްތައް – މީގެތެރެއިން ގޮނޑުދޮށާއި އަދި މޫދުގައި ހިންގޭ އެކި ހަރަކާތްތައް ކުރިއަށްދާނެއެވެ.
ސްކައުޓް ކްރާފްޓް އަދި އުފެއްދުންތެރި ހަރަކާތްތައް – މީގެތެރޭގައި އާރޓް އެންޑް ކްރާފްޓް އާއި ގުޅުންހުރި ޓީޝާޓް ޕްރިންޓިންގް ފަދަ ހަރަކާތްތަކާއި އަދި މޯލްޑިވްސް ސްޕޭސް ރިސަރޗް އޯގަނައިޒޭޝަން (އެމްއެސްއާރްއޯ) އިން ކުރިއަށްގެންދާ ތަރިތަށް ބެލުމުގެ ހާއްސަ ހަރަކާތެއް ކުރިއަށްދާނެއެވެ.

ލީޑަރޝިޕް އަދި ޓީމް-ބިލްޑިންގ ޙަރަކާތްތައް – މި ހަރަކާތްތަކުގެ ތެރެއިން މަޖާ މާހައުލެއްގައި ލީީީީީޑަރޝިޕާއި އަދި ޓީމް ބިލްޑިންގް ހަރަކާތްތަކެއްް ސިކްސަރުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށްޓަކައި ކުރިއަށް ގެންދެވިގެންދާނެއެވެ.
“ދަ ރެޑް ފްލަވަރ ކޭމްޕްފަޔަރ” – މި ކޭމްޕް ފަޔަރގެ ތެރެއިން ކަން ސްކައުޓު ކުދިންގެ ލަވަޔާއި މަޖަލުގެ ތެރެއިން އެކުދިންގެ އެކި ހުނަރުތައް ދައްކާލުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
ގަސްއިންދުމުގެ ރަސްމިއްޔާތު – މި ކޭންޕް ނިންމާލާނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅިގެން ކުޑަގިރީގައި ކުރިއަށްގެންދެވޭ ގަސް އިންދުމުގެ ހަރަކާތްތަކާއިއެކުއެވެ. މި ހަރަކާތަކީ ސަރުކާރުގެ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ތެރެއިން ކުރިއަސް ގެންދެވިގެންދާ ހަރަކާތެކެވެ.

މި ހަރަކާތް ކުރިއަށްދާނީ ހައުސިންގް ޑިވެލޮޕްމަންތް ކޯޕަރޭޝަން، ކުޑަގިރި، އަލް އަސްރު، ދިިވެހި ފުލުހުން، ރޯޔަލް އިވެންޓްސް، އޫރިދޫ، މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިންގް ކޮމްެޕެނީ ގެ އެހިތެރިކަމާއިއެކު އެވެ. އަދި، މި ހަރަކާތް ކުރިއަށް ގެންދިޔުމުގައި އެތައް ލީޑަރުންނާއި ރޯވަރުން އެ ބޭފުޅުންގެ އަގުހުރި ވަގުތު ދެއްވަމުންދާކަން އެފަރާތުން ފާހަގަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މ މޫނިސާ
20 އަހަރޭ، ތިކަން ގަބުލުކުރަނީ ކާކު؟
އ އަލީ އިބުރާހިމް
ރައްކާތެރިކަން ކަށަވަރުކުރާތި، މަބުނާނެވާހަކައެއްނެއް، ތިޔައީ ކުޑަކުދިންތަކެއް
އ އިބުރޭ
20 އަހަރުފަހުންނޭ، އަދިކިރިއާތާ ކަމެއް ކުރާބަޔަކު ތިފެނުނީ

ގުޅުންހުރި

66

ޗައިނާގެ އެހީގައި އައްޑޫ ސިޓީގައި ލޮޖިސްޓިކް ހަބެއް ގާއިމުކުރަނީ

418828 2aa23227 1

ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

112

ހުޅުމާލެ އެސްޓީއޯ ހޮޓެލް އެޗްޑީސީއާ ހަވާލުކޮށްފި

Main 20250904 122843

މަސްތުވާތަކެތީގެ މައްސަލައެއްގައި މާލެއިން ދެމީހަކު ހައްޔަރުކޮށްފި

ELL Mobile Advertisement TTH_advertisement