ކުއްލި ޚަބަރު

މާދަމާރޭ ހިފާ ހަނދުކޭތައާއި ގުޅިގެން ހުރިހާ ރަށެއްގައި ކޭތަ ނަމާދުކުރާނެ

ފުވައްމުލަކު އެއާޕޯޓް ތަރައްގީކުރަން މަޝްވަރާކޮށްފި

ކައުންސިލްތަކަށް ބްލޮކް ގްރާންޓު ދިނުމުގައި ރަށުގެ ބޮޑުމިނަށް ބަލަން ނިންމައިފި

ކެރަމް ވޯލްޑް ކަޕް މިއަހަރުވެސް އޮންނާނީ ރާއްޖޭގައި

މިއަހަރުގެ ޑިސެމްބަރުގަައި ބާއްވަން ހަމަޖެހިފައިވާ 7 ވަނަ ކެރަމް ވޯލްޑް ކަޕް މިއަހަރު ކުރިއަށްދާނީ ރާއްޖޭގައިކަމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅިގެން ހެންވޭރު ބޯޅަގޭގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ރާފިއު ވިދާޅުވީ އިންޓަނޭޝަނަލް ކެރަމް ފެޑެރޭޝަން (އައިސީއެފް)އިން އިންތިޒާމުކުރާ މިމުބާރާތް ކުރިއަށްގެންދާނީ ކުޅިވަރު ވުޒާރާއާއި ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެންކަމަށެވެ.

ވިހި ގައުމަކުން ދުއިސައްތައަށްވުރެ ގިނަ އެތުލީޓުންނާއި އެކު މިއަހަރުގެ ޑިސެމްބަރުމަހު މިމުބާރާތް ފަށަންތައްޔާރުވަމުން އަންނައިރު، މި މުބާރާތުގެ ކުޅުންކުރިއަށްދާނީ ބާރސެލޯ ނަސަންދުރައިގައެވެ.

“އަޅުގަނޑުމެން މި ޕްރެސް މިބާއްވާލީ ދިވެހިރާއްޖޭގައި ކެރަމް ވޯލްޑް ކަޕް 2014ގެ ފަހުން ރާއްޖޭގައި ވަރަށް ފުޅާކޮށް އަދި މިހާތަނަށް ކެރަމް ވޯލްޑް ކަޕް އެއްވެސް ތަނެއްގައި ނުބާއްވާ ވަރަށް، އެވަރަށް އެތުލީޓުން ގިނަ މުބާރާތަކަށް ވެގެން މިދިޔައީ. 200އަށްވުރެ ގިން އެތުލީޓުން މިމުބާރާތުގައި ބައިވެރިވޭ. އެހެންވީމަ މިމުބާރާތް އަޅުގަނޑުމެން ޑިސެމްބަރުގައި ރާއްޖޭގައި ހޯސްޓުކުރަން ކެރަމް އެސޯސިއޭޝަނާއި އަދި މިނިސްޓްރީއާއި ގުޅިގެން އަޅުގަނޑުމެން ބާއްވަން ހަމަޖެއްސި ވާހަކަ ތިބޭފުޅުންނަށް ދަންނަވާލަން” ރާފިޢު

ވަޒީރު ވިދާޅުވީ މިފަދަ މުބާރާތްތައް ބޭއްވުމުގެ މަގްސަދަކީ ރާއްޖޭގެ ކުޅިވަރު އެންމެ އުސް ހަރުފަތަށް އެރުވުމާއި ރާއްޖެއަކީ މިފަދަ ކުޅިވަރު މުބާރާތްތައްތައް ބޭއްވޭނެ މަންޒިލެއްކަން ދުނިޔެއަށް އަންގައިދިނުންކަމަށެވެ. މިމުބާރާތުގެ ސަބަބުން ރާއްޖެއަށް އަލަށް ތަޢާރަފުވަމުން އަންނަ ސްޕޯޓްސް ޓޫރިޒަމް އެއްދުވަހުން އަނެއްދުވަހަށް ފުޅާވެގެން ދިއުމަށް ބާރަކަށްވާނެކަމަށް ވަޒީރު ހާމަކުރެއްވިއެވެ.

ރާއްޖެއަކީ މިގެ ކުރިންވެސް ކެރަމް މުބާރާތްތަކުން ރަންވަނަތަކެއް ހޯދި ގައުމެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން މިއަހަރު މިމުބާރާތް ރާއްޖޭގައި ބޭއްވިގެންދާއިރު އުންމީދަކީ ދިވެހި އެތުލީޓުން މިމުބާރާތުގައި ވިދާލުންކަމަށް ވަޒީރު ވިދާޅުވިއެވެ.

“ރާއްޖެއަކީ މީގެ ކުރިންވެސް ވަރަށް ގިނަ ވަނަތަކެއް މިފަދަ މުބާރާތްތަކުގައި ހާސިލްކޮށްފަ އޮތް ގައުމަކަށްވާތީވެ އަޅުގަނޑުމެން ބޭނުންވަނީ މިމުބާރާތަކީވެސް ހަމަ ދިވެހިރާއްޖެ އެންމެ އުސްމިނަށް މިކުޅިވަރުން ކެރަމުން ގެނެވޭނެ ގޮތަކަށް އަޅުގަނޑުމެން މަގުފަހިކުރުން. އަދި މިއީ އެހެން ކުޅިވަރުތަކަށްވެސް ވަރަށް ބޮޑު ބޫސްޓެއް އަންނާނެކަމެއް. މިފަދަ މުބާރާތްތައް ރާއްޖޭގައި ހޯސްޓު ކުރުން. އެހެންވީމަ 20 ގައުމަށްވުރެ ގިނަ ގައުމުތަކުން ބައިވެރިވެގެން 200 އަށްވުރެ ގިނަ އެތުލީޓުން މިމުބާރާތުގައި ބައިވެރިވާކަމަކީ އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުމެން ފަޚުރުވެރިވާންޖެހޭކަމެއް” ވަޒީރު ވިދާޅުވިއެވެ.

2014 ވަނަ އަހަރު ކުރިއަށްދިޔަ ކެރަމް ވޯލްޑް ކަޕް ބާއްވާފައިވަނީވެސް ރާއްޖޭގައެވެ. އެމުބާރާތުގެ ގިނަ ވަނަތަކެއް ހޯދާފައިވަނީ އިންޑިއާގެ އެތުލީޓުންނެވެ. އެމުބާރާތުގައި ވާދަކުރި ގައުމުތަކަކީ ރާއްޖޭގެ އިތުރުން އަވަށްޓެރި އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝް، ސައުތު ކޮރެއާ އަދި އެމެރިކާއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީން ތަޢުޒިޔާގެ ދަފްތަރެއް

ސިއްޙީ ދާއިރާގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި މުޅި މުޖުތަމަޢުގެ ބައިވެރިވުން މުހިންމު: ނާޡިމް

މޯލްޑިވްސް ޖޫނިއަރ އޯޕަން 2025 ނިންމުމުގެ ރަސްމިއްޔާތު ރައީސް ޝަރަފުވެރިކޮށްދެއްވައިފި

shiyaza

މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ފުލުސް އޮފިސަރު ވަޒީފާއިން ވަކިކުރަން ނިންމައިފި

ELL Mobile Advertisement TTH_advertisement