ކުއްލި ޚަބަރު

ފެނަކަ އާއި ބްލަޑް ސާވިސް ގުޅިގެން އައްޑޫގައި ލޭ ހަދިޔާކުރުމުގެ ހަރަކާތެއް ފަށަނީ

ޕާކިސްތާނުގައި ދިން ޓެރަރިސްޓް ހަމަލާ ދިވެހި ސަރުކާރުން އެންމެ ހަށުކަށި އިބާރާތުން ކުށްވެރިކޮށްފި

ނިއުމޯނިއާ ޖެހިގެން ގައިދީއަކު މަރުވެއްޖެ

އެމްޔޫ މަނިކުގެ މައްޗަށް ޣައިބަށް ކުރާ ކަށުނަމާދު އަސްރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި

Original 1756517688252

ރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ، ޔުނިވާސަލް އެންޓަޕްރައިސެސްގެ އެއް ހިއްސާދާރު ކޮލިގޭ، މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު)ގެ މައްޗަށް ޣައިބަށް ކުރާ ކަށުނަމާދު، މިއަދުގެ އަސްރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ކުރުމަށް ހަމަޖައްސައިފިއެވެ.

އެމްޔޫ މަނިކުގެ ހާލުކޮޅު ދެރަވެ، ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު 6:30ގައި، ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލުގައި ވަނީ އަވަހާރަވެފައެވެ.
އަސްރު ނަމާފަށްފަހު އިސްލާމީ މަރުކަޒުގައި ޣައިބަށް ކަށުނަމާދުކުރުމަށް ހަމަޖެހިފައިވާ އިރު، އެމްޔޫ މަނިކުގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަސްރު ނަމާދަށްފަހު ސިންގަޕޫރުގެ ޕްސާރާ އަމަން މިސްކިތުގައެވެ.

އެމްޔޫ މަނިކު ވަނީ ވިއްސަކަށް އަހަރު ދިވެހި ދައުލަތަށް ހިދުމަތް ކުރައްވައިފައެވެ.

އެމްޔޫ މަނިކަކީ، ރާއްޖޭގެ ޓޫރިޒަމްގެ އެންމެ މައި އެއް ތަނބެވެ. ފަން ގެއެއްގައި ޓޫރިޒަމް ފައްޓަވައި، ރާއްޖެ މިހާރު މި ދެކޭ ދުނިޔޭގެ އެއް ނަންބަރު މާކެޓުގެ ގޮތުގައި ޓޫރިޒަމް ތަރައްގީ ކުރެއްވުމުގައި އެމްޔޫ މަނިކު ވަނީ ވަރަށް އިސް ދައުރެއް އަދާކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MU Manik

ރާއްޖެ ދުނިޔޭގެ ފެންވަރުގައި ޚާއްޞަ މަންޒިލަކަށް ހެއްދެވުމުގައި އެމްޔޫ މަނިކުގެ ދައުރު ބޮޑު: ރައީސް

Original 1756517688252

އެމްޔޫ މަނިކް އަވަހާރަވެއްޖެ

TTH_advertisement