ކުއްލި ޚަބަރު

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

އެކި ފިހާރަތަކަށް ސައްހަނޫން ސުލިޕް ފޮނުވައިގެން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި

ފުޖިއާން ޕްރޮވިންސުން ރާއްޖެއަށް ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު ހަދިޔާކޮށްފި

ޗައިނާގެ ފުޖިއާން ޕްރޮވިންސުން ރާއްޖެއަށް ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު ހަދިޔާކޮށްފިއެވެ.

މި ސާމާނު ރާއްޖެއާ ހަވާލުކުރީ، ހެންވޭރު ބޯޅަ ގޭގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

ފުޖިއާން ޕްރޮވިންސުން ރާއްޖެއަށް ހަދިޔާކުރި ތަކެތި ހަވާލުކުރެއްވީ ޗައިނާގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގ ޝިންވާއެވެ. އަދި ރާއްޖޭގެ ފަރާތުން މިތަކެއްޗާ ހަވާލުވެވަޑައިގަތީ ކުޅިވަރާ ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުالله ރާފިޢުއެވެ.

ފުޖިއާން ޕްރޮވިންސުން ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ ފުޓުބޯޅައާއި، ދަބަހާއި، ތޮފި، ޓްރެކްސޫޓް، އިސްޓާކީނު އަދި ފިރިހެނުންގެ ސޯޓާއި ޓީޝާޓެވެ.

މިއީ އެ ޕްރޮވިންސުން މި އަހަރު ރާއްޖެއަށް ތަކެތި ހަދިޔާކުރި ދެވަނަ ފަހަރެވެ. މީގެ ކުރިން އެތުލެޓިކްސް އާއި ޓޭބަލް ޓެނިސް އަދި ފުޓްބޯޅަ އާއި ގުޅުންހުރި ސާމާނު ވެސް ހަދިޔާކޮށްފައިވެއެވެ.

މީގެ އިތުރުން އެ ޤައުމުން ވަނީ ރާއްޖޭގެ ވޮލީ ބޯޅަ ކޯޗުން ތަމްރީނުކުރުމަށްވެސް އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި ހަމަ އެހެންމެ ބާސްކެޓް ކޯޗުންނާއި ކުޅުންތެރިން ތަމްރީނުކުރުމާއި، ސްޕޯޓްސް މެޑިސިންގެ ދާއިރާއިން ދިވެހިން ބިނާކުރުމަށް އެހީތެރިވެދީފައެވެ.

އަދި ފެބުރުއަރީ މަހު ފުޖިއާން ޕްރޮވިންސާއި ކުޅިވަރާ ހަށިހެޔޮކަމާއި ބެހޭ ވުޒާރާއާ ދެމެދު ވެފައިވާ ފަހުމުނާމާގައި ދެ ޤައުމު ގުޅިގެން ކުޅިވަރުގެ ދާއިރާއިން ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި، ކުޅުންތެރިންނާއި ޓީމުތައް އަދި ކުލަބުތަކަށް ކުރިއެރުވުމަށް އެހީވުމަށް ހިމަނާފައިވެއެވެ.

އަދި ކުޅިވަރާ ގުޅުންހުރި ދާއިރާތަކުން މީހުން ބިނާކުރުން ހިމެނެއެވެ. އޭގެ ތެރޭގައި ސިއްހީ އޮފިޝަލުންނާއި، ކޯޗުންނާއި، ރެފްރީން، އަމްޕަޔަރުން އަދި ކުޅިވަރުގައި ބޭނުންކުރާ މަނާބޭހަށް އަހުލުވެރިކުރުވުމަށްޓަކައި މިކަމަށް ޚާއްސަ އޮފިޝަލުން ތަމްރީނުކުރުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Image 20

ޗައިނާ އިން ރާއްޖެއަށް 85 މިލިއަން ޑޮލަރުގެ އެހީއެއް ދީފި

990

މިނިސްޓްރީތަކުގައި ރޯވެ ލިބުނު ގެއްލުމަށް ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ

Maldivian tourist arrival

ޗައިނާ ޓޫރިސްޓުންގެ އަދަދު 300،000 އަށް އަރައިފި

ޗައިނާއިން ރާއްޖެއަށް ފެންހިންދާ ޕަމްޕްތަކެއް ހަދިޔާކޮށްފި

TTH_advertisement