ކުއްލި ޚަބަރު

ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކުމުގެ މަސައްކަތް އަލުން ފަށައިފި

އެސްޑީއެފްސީ ރީބްރޭންޑްކޮށް އެސްއެމްއީ ޑިޖިޓަލް އަށް ބަދަލުކޮށްފި

ޓްރީ ޓޮޕް ހޮސްޕިޓަލުން އެމްއާރުއައި ހިދުމަތް ދިނުމުގެ ކެމްޕޭނެއް ފަށައިފި

ސިފައިންގެ ޝަރަފުގެ ހިނގާލުން މާދަމާ ހަވީރު މާލޭގައި އޮންނާނެ

މިއަހަރުގެ ޤައުމީ ދުވަހާ ގުޅިގެން ޤައުމީ ދިފާޢީ ބާރުން ބާއްވާ ޝަރަފުގެ ހިނގާލުން މާދަމާ ހަވީރު މާލޭގައި އޮންނާނެއެވެ. ޤައުމީ ދިފާޢީ ބާރުން ވިދާޅުވީ މި ހިނގާލުން ފަށާނީ މާދަމާ ހަވީރު 4:30 ގައި ބަންޑާރަކޮށިން ކަމަށެވެ.

ހިނގާލުމުގައި ޖުމްލަ 4 ތަނެއްގައި ލަޝްކަރު ހުއްޓުމަށް ވަނީ ހަމަޖެހިފައެވެ. މިއިން ކޮންމެ ތަނެއްގައި މިލިޓަރީ ބޭންޑުގައި ރާގު ކުޅޭނެކަމަށް ޤައުމީ ދިފާޢީ ބާރުން ވިދާޅުވެއެވެ. އަދި ހިނގާލުން ނިންމާލުމަށް ހަމަޖެހިފައިވަނީ ކަޅުތުއްކަލާކޮށްޓަށްކަމަށްވެސް ޤައުމީ ދިފާޢީ ބާރުން ވިދާޅުވެއެވެ.

ޤައުމީ ދުވަހުގެ މަގުމަތީ ހިނގާލުން ހުއްޓާ ސަރަޙައްދުތައް:
ސޯސަންމަގު ދިވެހިބަހުގެ އެކެޑަމީ ކުރިމަތި
• މަޖީދީމަގު / ޗާންދަނީމަގު ހަތަރު އަނގޮޅި
• މަޖީދީމަގު / މިލިޔަން ބުކްޝޮޕް ކުރިމަތި
• ބޮޑުތަކުރުފާނުމަގު ކަޅުތުއްކަލާ ކޮށި ހުޅަނގު އުތުރު ކަންމަތި
ކޮންމެ އަހަރެއްގެވެސް ރަބީޢުލްޢައްވަލްމަހުގެ 1 ވަނަ ދުވަސް ފާހަގަކުރަނީ ދިވެހިރާއްޖޭގެ ފަޙުރުވެެރި “ޤައުމީ ދުވަސް”ގެ ގޮތުގައެވެ. މި ދުވަސް ފާހަގަކުރަނީ 15 އަހަރާއި 6 މަސް ދުވަހަށްފަހު، ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ހޯދި ނަޞްރާ، އައްސުލްޠާނުލް ޣާޒީ މުޙަންމަދު ތަކުރުފާނުލް އަޢުޒަމް ސިރީސަވާދީއްތަ މަހާރަދުން ނުވަތަ އުތީމު ބަންޑާރައިންނާއި އެ ޖިހާދުގައި ބައިވެރިވެވަޑައިގެންނެވި ދިވެހި ބަޠަލުންގެ ހަނދާނާ ޒިކުރާ އާކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމްއެންޑީއެފް ބޭންޑުގެ ޚާއްސަ ހަރަކާތްތަކެއް މިރޭ ހުޅުމާލެ ސެންޓްރަލް ޕާކްގައި

ޤައުމީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވާން ހުޅުވާލަނީ

އާދީއްތަ ދުވަހުން ފެށިގެން މާލެ ސަރަޙައްދުގައި ސިފައިންގެ ތަމްރީނުތަކެއް ކުރިއަށްދާނެ

ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ސިފައިން ތިބީ ތައްޔާރީ ހާލަތުގައި: ޗީފް އޮފް ޑިފެންސް ފޯސް

TTH_advertisement