ކުއްލި ޚަބަރު

ތުޅާދުއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި

އެމްޑީޕީ ސަރުކާރުން ވަޒީފާއިން ވަކިކުރި ޖަމްޝީދާއި އަހްމަދު މުހައްމަދަށް ފުލުހުންގެ ވަޒީފާ ދީފި

ދެ ރަށެއްގައި ކުނި މެނޭޖްކުރާ ސެންޓަރުތައް އަޅަން ހަވާލުކޮށްފި

ގާނޫނީ ވަކީލަކަށް ހެދިގެން އުޅުނު މީހެއްގެ މައްސަލަ ފުލުސް އޮފީހަށް ހުށަހަޅައިފި

112
ބާ ކައުންސިލްގެ ހިންގާ ކޮމިޓީ – ފޮޓޯ: ބާ ކައުންސިލް

ސައްޙަ ނޫން ލިޔުމެއް ތައްޔާރުކޮށްގެން ގާނޫނީ ވަކީލެއް ކަމަށް ހެދިގެން އުޅުނު މީހެއްގެ މައްސަލަ ބާ ކައުންސިލުން ފުލުސް އޮފީހަށް ހުށަހަޅައިފިއެވެ.

އެމްޕީއެލްގައި ގާނޫނީ ވަކީލެއް ކަމަށް ހެދިގެން މަސައްކަތް ކުރީ ލ. ފޮނަދޫ، ހަވޭލި، ފާތިމަތު ތޫބާ އަބްދުﷲ އެވެ.

އޭނާގެ ގާނޫނީ ވަކީލުކަމުގެ ހުއްދައަކީ ބާ ކައުންސިލުން ދޫކޮށްފައިވާ ގާނޫނީ ވަކީލުކަމުގެ ހުއްދައެއްތޯ ބެލުމަށް އެމްޕީއެލް އިން ބާ ކައުންސިލަށް ހުށަހެޅިއެވެ.

މިކަމާ ގުޅޭގޮތުން ބާ ކައުންސިލުން ނެރުނު ބަޔާނެއްގައި ވަނީ އެ ކައުންސިލުން ބެލި ބެލުމުން އޭނާ އަކީ އެއްވެސް އިރެއްގައި ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކޮށްފައިވާ ފަރާތެއް ނޫންކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

ބާ ކައުންސިލްގެ ބަޔާނުގައި ބުނެފައި ވަނީ އެ ކައުންސިލުން އިތުރަށް ބެލިބެލުމުން ތޫބާއަށް ދޫކޮށްފައިވާކަމަށް ބުނާ ވަކާލާތުކުރުމުގެ ހުއްދައަކީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ނަމާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަމާއި ލޯގޯ ބޭނުންކޮށް، “ދިވެހިރާއްޖޭގެ ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ”ގެ ގޮތުގައި ތައްޔާރުކޮށްފައިވާ ސައްޙަ ނޫން ލިޔުމެއްކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެ ލިޔުމުގައި ހިމަނާފައިވާ ސޮޔަކީ، އެ ތާރީޚްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި ފަނޑިޔާރެއްގެ ސޮއި ނޫންކަން ވަނީ ފާހަގަކުރެވިފައި ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގައިވާ ގޮތުގެމަތިން، 27 ޖޫން 2019 ގައި ދިވެހިރާއްޖޭގެ ބާ ކައުންސިލް ވުޖޫދުވުމަށްފަހު، އެ ގާނޫނުގައިވާ ގޮތުގެމަތިން ވަކާލާތުކުރުމުގެ ހުއްދަ ދިނުމުގެ ބާރާއި ޒިންމާ މަތިކުރެވިފައިވާ ހަމައެކަނި އިދާރާއަކީ ދިވެހިރާއްޖޭގެ ބާ ކައުންސިލެވެ.

“ބާ ކައުންސިލުގެ ވަކީލުންގެ ދަފުތަރުގައި، ފާޠިމަތު ޠޫބާ ޢަބްދުﷲ ހިމަނާފައިނުވުމުގެ އިތުރުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ރިޓަޔަރކުރައްވާފައިވާ ފަނޑިޔާރެއްގެ ސޮއި ބޭނުންކޮށް، 20 ސެޕްޓެންބަރު 2020ގެ ތާރީޚުގައި ތައްޔާރުކޮށްފައިވާ ދެންނެވުނު ލިޔުމުގެ ޞައްޙަކަން ކަށަވަރުކުރުމަށްޓަކައި މި ކައުންސިލުން އިތުރަށް ބެލިބެލުމުން ފާޠިމަތު ޠޫބާ ޢަބްދުﷲ އަކީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ދިވެހިރާއްޖޭގައި ވަކާލާތުކުރުމުގެ ހުއްދަ ދޫކޮށްފައިވާ ފަރާތެއް ނޫންކަން މި ކައުންސިލަށް ކަށަވަރުކުރެވިފައިވާތީ، މި މައްސަލަ ތަޙުޤީޤުކޮށްދެއްވުން އެދި ދިވެހި ފުލުހުންގެ ޚިދުމަތަށް ބާ ކައުންސިލުން ވަނީ ހުށަހަޅާފައެވެ،” ބާ ކައުންސިލްގެ ބަޔާނުގަައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

112

ތުޅާދުއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި

112

އެމްޑީޕީ ސަރުކާރުން ވަޒީފާއިން ވަކިކުރި ޖަމްޝީދާއި އަހްމަދު މުހައްމަދަށް ފުލުހުންގެ ވަޒީފާ ދީފި

Whatsapp image 2025 09 03 at 20.07.25

ދެ ރަށެއްގައި ކުނި މެނޭޖްކުރާ ސެންޓަރުތައް އަޅަން ހަވާލުކޮށްފި

112

ބިލެތްދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

TTH_advertisement ELL Mobile Advertisement