ކުއްލި ޚަބަރު

މިނިސްޓްރީތަކުގައި ރޯވެ ލިބުނު ގެއްލުމަށް ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ

ޖަލުތަކުން ކުރާ ކޯލްތައް ރިޕޯޓްކުރާ ޕޯޓަލެއް ތައާރަފްކޮށްފި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ފަހިވުމަކީ އެތައް ގޮތަކުން ފައިދާހުރި ކަމެއް: މެޑަމް ސާޖިދާ

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަން ތަޖުރިބާކާރު ކޯޗު މުހައްމަދު ޝިޔާޒް އަށް

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަން ތަޖުރިބާކާރު ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) އަށް ދީފި އެވެ.

އޭނާ އަކީ ރާއްޖެ އެންމެ ފުރަތަމަ ފުޓްބޯޅައިން ތައްޓެއް ހޯދިއިރު ޓީމުގެ އެސިސްޓެންޓް ކޯޗެވެ. އެއީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގަ އެވެ.

އޭގެ ފަހުން މޯހަން ވަނީ އެފްއޭއެމުގައި ތަފާތު މަގާމުތައް ވެސް އަދާކޮށްފަ އެވެ. އަދި އޭނާގެ އާއިލީ ކުލަބު ނިއުރޭޑިއަންޓަށް ކޯޗުކޮށްދީ އެ ކުލަބަށް ދިވެހި ޕްރެމިއާ ލީގާއި ގައުމީ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކޮށްދިނެވެ.

އަދި ކުލަބު އީގަލްސް އަށް ކޯޗުކޮށްދީ އެ ކުލަބަށް ޗެރިޓީ ޝީލްޑެއް ވެސް ހޯދައިދީފައިވެ އެވެ.
މޯހަން ގައުމީ ކޯޗުކަމަށް ހަމަޖެއްސިއިރު އޭނާ ހުރީ އީގަލްސްގެ ކޯޗުކަމުގަ އެވެ. އެ މަގާމާ ދެ ވަނަ ފަހަރަށް އޭނާ ހަވާލުވީ ގާތް ރަހުމަތްތެރިޔާ އަދި ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ އެސިސްޓެންޓް ކޯޗު އިހުސާން އަބްދުލްގަނީ (ސާންތީ) ބަލިހާލަތު ގޯސްވުމުން އޭނާގެ އެދިވަޑައިގަތުމަށެވެ.

އެފްއޭއެމުން މިއަދު ބުނީ މޯހަން އަށް ގައުމީ ކޯޗުކަންދިނީ އަންނަ މަހު ސްރީލަންކާއާ ދެކޮޅަށް ކުޅޭ މެޗުތަކަށާއި ކުރިއަށް އޭޝިއަން ކަޕް ކޮލިފައިންގެ މެޗުތަކާއެކު އަންނަ ނޮވެމްބަރު މަހާ ހަމައަށް ކަމަށެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުގައި އެންމެ ފަހުން ހުރީ ވިކްޓަރީގެ ކުރީގެ ކޯޗު އަލީ ސުޒޭން އެވެ. އޭނާގެ ކޮންޓްރެކްޓް އާ ނުކުރަން އެފްއޭއެމުން ވަނީ ނިންމާފަ އެވެ. އަދި މިހާރު އޭނާ ވަނީ ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރޭ ޑައިމަންޑް ޖުބިލީ ކޮމިޓީގެ ޗެއާމަންގެ މަގާމަށް ހަމަޖައްސައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ރައީސްގެ އަމާޒަކީ ހިންގުން ހަރުދަނާކޮށް، މުޅި ރާއްޖެއަށް ކުޅިވަރު ފަތުރާލުން: ޠަލާލް

ހޮޅުހިޔަލަ ހޭންޑްބޯލް ޗެލެންޖުގެ ޗެމްޕިއަންކަން އަރާކުރި ހޯދައިފި

ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ޤައުމީ ފުޓުބޯޅަ ޓީމާ ރައީސް ބައްދަލުކުރައްވައިފި

ނަބާ އަދި ޒަޔާނަށް ރައީސްގެ ތަހުނިޔާ

TTH_advertisement