ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރުޑީސީ) ގެޗެއާމަންގެ މަޤާމަށް ބޭފުޅަކު އައްޔަނުކުރައްވައިފި އެވެ.
ސަރުކާރުގެ ކުންފުނިތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ ޕްރައިވަޓައިޒޭޝަން އެންޑު ކޯޕަރަޓައިޒޭޝަން (ޕީސީބީ) އިން ބުނީ އާރުޑީސީގެ ބޯޑު މެމްބަރު ކަމަށާއި އަދި ޗެއާމަންގެ މަޤާމަށް މިއަދު ބޭފުޅަކު ހަމަޖައްސަވާފައިވާ ކަމަށެވެ.
އެ މަޤާމަށް ހަމަޖައްސަވާފައި ވަނީ މ. އެމޭޒަން، މުޙައްމަދު ޝާމީ އާދަމް އެވެ. މީގެ ކުރިން ވެސް ޝާމީ ވަނީ އާރުޑީސީގެ ޗެއަރމަންގެ މަޤާމު އަދާ ކުރައްވާފަ އެވެ.
ދާދި ފަހުން އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަޤާމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގައި ހުންނެވި އިބްރާހީމް ނަޒީމު ވަނީ އައްޔަނުކުރައްވާފަ އެވެ.
ކިޔުންތެރިންގެ ހިޔާލު