ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި މީޑިއާ ވިލެޖާއެކު އާ ފަސް ތަރީގެ ހޮޓަލެއް ތަރައްޤީކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބަޔަކާ ހަވާލުކޮށްފިއެވެ.
“މަންހަޓަން ގްރޭންޑް ހޮޓެލް”ގެ ނަމުގައި ތަރައްޤީކުރާ މި ހޮޓަލުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ދުބާއީގެ ޑީޕްސީފުޑް ކޮމްޕެނީން ހަދާފައިވާ ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑްއާއެވެ.
މީޑިއާތައް އަމިއްލަ ފައިމައްޗަށް ތެދުވުމަށް އެހީތެރިވުމުގެ ގޮތުން، މީޑިއާ ވިލެޖެއް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅެކެވެ. މީގެ އިތުރުން، ސަރުކާރުގެ މުހިންމު ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ތަރިކަ ކޮލެޖާއި، އެމްއެންޔޫ މެޑިކަލް ސްކޫލާއި، ޔޫތު ސެންޓަރަށް ޚާއްޞަ ޖާގައެއް މި ތަނުން ކަނޑައަޅާނެއެވެ.
ކިޔުންތެރިންގެ ހިޔާލު