ކުއްލި ޚަބަރު

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ފ. ނިލަންދޫއިން ބަޔަކު ހައްޔަރުކޮށްފި

ފުވައްމުލަކު ސިޓީ ކައުންސިލަށް ގަސްތަކެއް ހަދިޔާކޮށްފި

މަސްވެރިކަމުގެ ދާއިރާއިން ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލްކުރުމަށް ފުރުސަތުތަކެއް

މަސްވެރިކަމުގެ ދާއިރާއިން ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލްކުރުމަށް ފުރުސަތުތަކެއް

112

ޓްރާންސްފޯރމިންގ ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓްގެ ދަށުން މަސްވެރިކަމުގެ ދާއިރާއިން ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މިއީ، ޓްރާންސްފޯމް ޕްރޮޖެކްޓްގެ އެހީތެރިކަމާއެކު، ދިވެހި ސަރުކާރާއި ވާރލްޑް ބޭންކާއި ގުޅިގެން ހިންގާ ކޯސްތަކެކެވެ.

މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މާސްޓާސް ޑިގްރީ 4 ކޯހަކާއި ބެޗްލާރސް ޑިގްރީ 3 ކޯހަކަށެވެ. މީގެތެރެއިން ބެޗްލަރސް ޑިގްރީ އިން ފިޝަރީޒް ސައިންސް، ކޯހުގެ ދެ ފުރުޞަތު ވަނީ ހުޅުވާލައިފައެވެ.

މި ސްކޮލާޝިޕްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައިވާއިރު، މި ސްކޮލަރޝިޕްތައް ކުރިއަށްދާނީ އޭޝިއާ، އެސް.ޑަބްލިއު.އައި.އޯ.އެފް.ސީ މެންބަރު ޤައުމުތަކާއި، އޯ.އީ.ސީ.ޑީ ޤައުމުތަކުގައެވެ.

މި ސްކޮލަރޝިޕްތަކުގައި ކޯސް ފީގެ އިތުރުން އެހެނިހެން އެލަވަންސްތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Big g2llpzjm4vizaz349qt5ykqn5

މީޑިއާ ކޮމިޝަންގެ ބިލު ހުށަހެޅުމަށް އަލުން މަޖިލީހަށް ފޮނުވައިފި

432

ގެދޮރުވެރިޔާ ސްކީމުގެ ލިސްޓުން ނަން އުނިކުރުމުގެ މައްސަލަ ކޯޓަށް

Guejgtcwiaacfss

އޭ ލެވެލްއަށް ވަދެވޭ ކްރައިޓީރިއާ ދަށްކޮށް، އުސޫލު އާންމުކޮށްފި 

112

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ފ. ނިލަންދޫއިން ބަޔަކު ހައްޔަރުކޮށްފި

ELL Mobile Advertisement TTH_advertisement