ކުއްލި ޚަބަރު

ޓައިމް މެގަޒިންގެ ސިއްހީ ދާއިރާގެ އެންމެ ނުފޫޒު ގަދަ 100 މީހުންގެ ލިސްޓަށް ރައީސް މުއިއްޒު

ޑްރަގް އެތެރެ ކުރި މައްސަލައެއްގައި ޕާކިސްތާން މީހަކު އުމުރަށް ޖަލަށް

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

ޒުވާނުން މީޑިއާ ދާއިރާއިން ތަމްރީނުކުރަން ޕީއެސްއެމްއިން “ބީމް ޓްރެއިނިންގ އިނިޝިއޭޓިވް” އިފްތިތާހުކޮށްފި

ޒުވާނުން މީޑިއާގެ ދާއިރާއިން ތަމްރީންކުރުމަށް ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމުން ބީމް ޓްރެއިނިންގ އިނިޝިއޭޓިވް އިފުތިތާހުކޮށްފިއެވެ. މި ޓްރެއިނިންގ ލޯންޗްކޮށްދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދުއެވެ.

ބީމް ޓްރެއިނިން އިނިޝިއޭޓިވްގެ ދަށުން ޕީއެސްއެމްގައި މަސައްކަތްކުރާ މުވައްޒަފުންނާއި އަދި މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށްވެސް ފުރުޞަތުތައް ފަހިވެގެންދާނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވީ، އެވުޒާރާއިން ޕީޢެސްއެމްއާއެކު ތަފާތު މަޝްވަރާތައް ކުރިއަށްގެންދެވުނުކަމަށެވެ. އެމަޝްވަރާތަކުންވެސް ޒުވާނުންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުން މިފަދަ ފުރުޞަތުތަކަށް ބޭނުންވެފައި ތިބިކަން ހާމަވެފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

“މި އެއްބަސްވުމަކީ ރާއްޖޭގައި މީޑިއާގެ ފަރާތްތައް ތަމްރީންކުރުމަށް ވަރަށް މުހިންމު އެއްބަސްވުމެއް. މިއަދާއި ހަމައަށް އަޅުގަނޑުމެންނަށް ފާހަގަކުރެވިގެން ދިޔަ ޕަބްލިކް ސަރވިސް މީޑިއާގެ ފަރާތުން މި މަސައްކަތް ކުރިއަށްގެންދިޔަ ބޮޑަށް އިންޓާނަލް ކަމެއްގެ ގޮތުގައި އަޅުގަނޑުމެންނަށް މިކަން ފާހަގަވެގެން މިދިޔައީ. އެހެންނަމަވެސް ރައީސްގެ އިސްނެންގެވުމާއި އެމަނިކުފާނުގެ ދުރުވިސްނުމާއިއެކު މިހާރު ކުރިއަށްމިގެންދަނީ މުޅި ރާއްޖޭގައި ކުރިއަށްގެންދިއުމުގެ ވިސްނުމެއް” ވަޒީރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަސްރީން ވިދާޅުވީ، ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރގެ ބެލުމުގެ ދަށުން މީޑިއާގެ ދާއިރާގައި މީހުން ތަމްރީންކުރާނެ އިންސްޓިޓިއުޓު ހުންނަކަމަށެވެ. ޒުވާނުން ބާރުވެރިކުރުވުމާއި ބެހޭ ވުޒާރާއާއެކު ވެވުނު އެއްބަސްވުމާއިއެކު މި ދާއިރާއިން މީހުން ބިނާކުރުމަށް ޕީއެސްއެމްއިން ޓްރެއިނިންގތައް ކުރިއަށްގެންދާނެކަމަށް މެނޭޖިންގ ޑިރެކްޓަރ ނަސްރީން ވިދާޅުވިއެވެ.

“މިއަދު ސޮއިކުރެވުނު އެއްބަސްވުންތަކުގެ ބޭސްއެއްގެ ގޮތުގައި އަޅުގަނޑުމެން ބަލާނީ ޔޫތު މިނިސްޓްރީއާއިއެކު އަޅުގަނޑުމެން ވެވިގެންދިޔަ އެއްބަސްވުމާއި ޕަބްލިކް ސަރވިސް މީޑިއާގެ ތެރެގައި ހުރި ބައެއް ކަންތައްތަކާއި އެއާއި ލާމެހިގެން ގޮސް މުޅި އިންޑަސްޓްރީއަށް ބޭނުންވާ މީހުން ކްރިއޭޓް ކުރުމަށްޓަކައި ޔޫތު މިނިސްޓްރީން ކަނޑައަޅާފައި ހުރި ދާއިރާތަކާއި ޔޫތު މިނިސްޓްރީން ބޭނުންވާ އޭރިއާސްތަކަށް ޚާއްސަކޮށްގެން މުޅި ބްރޯޑްކާސްޓިންއަށް ހުޅުވާލެވިގެން ކުރިއަށްގެންދެވޭ ޓްރެއިނިންތަކާއި ވަކިން ހާއްސަކޮށް ޕީއެސްއެމްގައި ތިބި ޓެކްނިކަލް މުވައްޒަފުން އިތުރަށް ބިނާކުރުމަށްޓަކައި ތައްޔާރުކުރެވިގެން ކެރީކުރެވިގެންދާ ޓްރެއިނިންތައް” ޕީއެސްއެމްގެ އެމްޑީ ވިދާޅުވިއެވެ.

ޕީއެސްއެމުން ބީމް ޓްރެއިނިން އިނިޝިއޭޓިވް ރަސްމީކޮށް ލޯންޗްކުރިނަމަވެސް މިއަހަރުގެ އޭޕްރީލު މަހުން ފެށިގެން ތަމްރީންތައް ކުރިއަށްގެންދެއެވެ. މި އިނިޝިއޭޓިވްގެ ދަށުން ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދޭނެއެވެ. މިއީ ރާއްޖޭގެ މީޑިއާގެ ދާއިރާ ކުރިއެރުވުމަށް ޕީއެސްއެމްއިން ފެށި މަސައްކަތެކެވެ.

މި ރަސްމިއްޔާތުގައި ޕީއެސްއެމުން ވަނީ ޔޫތު މިނިސްޓްރީއާއި، އިސްލާމީ ޔުނިވަރސިޓީއާއި، އެވިޑް ކޮލެޖް އަދި އެމްއައި ކޮލެޖާއިއެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Maldivian

މާދަމާ ތޮއްޑޫއަށް ސީޕްލޭންގެ ޚިދުމަތް ފެށުމަށް މޯލްޑިވިއަނުން ތައްޔާރުވެއްޖެ

ނިމުނު 52 ހަފުތާ 2025 ފޮތް ނެރެފި

ޕީއެސްއެމްގެ ޗެނަލްތައް އެންޑްރޮއިޑް ޓީވީތަކުން ބަލާލެވޭ އެޕެއް ތަޢާރަފްކޮށްފި

411714 60953d44 6

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ކަމަށް ޝަކީބު އައްޔަންކޮށްފި

TTH_advertisement