ކުއްލި ޚަބަރު

މާލޭ ސަރަހައްދުގައި ވައި ނުސާފުވެއްޖެ

ބީއެމްއެލް އިން ވިސާ އިންފިނިޓް ކްރެޑިޓް ކާޑު ރާއްޖެއަށް ތައާރަފްކޮށްފި

ޖުވާ ޖިނާއީ ކުށަކަށް ހަދަން ބިލެއް މަޖިލީހަށް ހުށަހަޅައިފި

މަތީ ތައުލީމަށް ޒަކާތު ފަންޑުން އިތުރަށް ދެވުނު ފައިސާ ދައްކަން ހުކުމްކޮށްފި

112

މަތީ ތައުލީމު ފުރިހަމަކުރުމަށް ޒަކާތު ފަންޑުން އިތުރަށް މީހަކަށް ޖަމާކޮށްދިން 33،694 ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.

ގއ. ވިލިނގިލި، ޝާދީވިލާ، ފާތިމަތު މައީޝަތު މުހައްމަދު އެ ފައިސާ ނުދައްކައިގެން ނުވަ ސިޓީ އިސްލާމިކް މިނިސްޓްރީން ފޮނުވުމުން ވެސް އެ ފައިސާ ދައްކާފައިނުވާ ކަމަށް ހުކުމްގައިވެއެވެ.

ޒަކާތު ފަންޑުން މައީޝަތުއަށް ފައިސާ ދިނީ އިސްލާމިކް މިނިސްޓްރީން 2020 އޮކްޓޫބަރު 14 ގައި އިއުލާންކޮށްފައިވާ  ފުރުސަތެއްގެ ދަށުންނެވެ. އެއީ “މަތީ ތައުލީމު ފުރިހަމަކުރުމަށް ޒަކާތު ފަންޑުން ހާއްސަ އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު” ގެ ދަށުން ކޮވިޑް -19 އާ ގުޅިގެން ކިޔެވުން މެދު ކެނޑިފައިވާ ކުދިންނަށް މާލީ އެހީ ފޯރުކޮށްދިނުމަށް ހުޅުވާލި ފުރުސަތެކެވެ.

އެ މައްސަލައާ ގުޅިގެން ޝަރީއަތަށް ހާޒިރުވާން އެންގުމުން މައީޝަތު ކޯޓަށް ވެސް ހާޒިރުވެފައެއްނުވެއެވެ. އެހެންވެ، އެ މައްސަލައިގެ ހުކުމް އިއްވާފައި ވަނީ އޭނާގެ ޣައިރު ހާޒިރުގައެވެ.

ގާޒީ ރިޒްމީނާ އިދުރީސް އިއްވި ހުކުމުގައި، ޒަކާތު ފަންޑުން މައީޝަތުއަށް އިތުރަށް ޖަމާވި 33،694 ރުފިޔާއަކީ އިސްލާމިކް މިނިސްޓްރީއަށް ދައްކަން ޖެހޭ ފައިސާއެއްކަމަށް ކަނޑައަޅައި، އެ ފައިސާ އިއްޔެއިން ފަށައިގެން ހަތް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް މައީޝަތުއަށް އަންގާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

112

ވިލިމާލޭ މާރުކޭޓް ހެދި ކުންފުންޏަށް ނުދައްކާހުރި ފައިސާ ދައްކަން ހުކުމްކޮށްފި

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

TTH_advertisement