ކުއްލި ޚަބަރު

ކައްދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެ

ދަރިކަލުންނާ ގުޅޭގޮތުން ފެތުރި ވާހަކަތައް ޝަހީމް ދޮގުކުރައްވައިފި

ބޭސްފަރުވާގެ އެހީގެ ގޮތުގައި އެންސްޕާއިން މިދިޔަ މަހު 32 މިލިޔަނަށްވުރެ ގިނަ ރުފިޔާ

ދަރަވަންދޫގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފަށައިފި

ބ. ދަރަވަންދޫގައި އިމާރާތްކުރާ ފުލުހުންގެ އާ މަރުކަޒުގެ ބިންގާ މިއަދު އަޅައިފިއެވެ.

ބިންގާ އަޅައި ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

ދަރަވަންދޫގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ. އަރިހުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން އާއި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މޭޖާ (ރިޓަޔާޑް) މުހައްމަދު ނަޖާހްގެ އިތުރުން ދަރަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ސަމީހު ބައިވެރިވެވަޑައިގަތެވެ.

މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ދިނުމަކީ ސަރުކާރުގެ ވައުދެކެވެ. އެގޮތުން ފުލުހުންގެ މަރުކަޒުތައް ނެތް ރަށްރަށުގައި ފުލުހުންގެ އިމާރާތްތައް ޤާއިމުކުރުމާއި، ފުލުހުންގެ މަރުކަޒުތައް މަރާމާތުކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު އަންނަނީ ކުރަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގައި ދަރަވަންދޫގެ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވިއެވެ. ދަރަވަންދޫގައި ނަރުދަމާގެ ނިޒާމް ޚިދުމަތް ރަސްމީކޮށް ފެށުމުގެ އިތުރުން، ސަރުކާރުން ބ. އަތޮޅު މަދަރުސާގެ މަލްޓިޕަރޕަސް ހޯލާއި އުމްރާނީ ވަޞީލަތް ތަރައްޤީކުރުމުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަނާ ވަނީ ޙަވާލުކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބ. އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މިއަދު ފަހު މަންޒިލަކަށް ވަޑައިގެންނެވީ ބ. މާޅޮހަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ބ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށަށް ވަޑައިގެން ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ފައްޓަވައިދެއްވައި، ބައެއް މަޝްރޫޢުތަކުގެ ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި، ކޮންމެ ރަށެއްގެވެސް އިސްވެރީންނާއި ބައްދަލުކުރައްވައި ރަށްރަށުގެ ޙާލަތު އަޑުއައްސަވައި، ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޣައްޒާގެ ޙިސާރުތައް އަވަސް ނިމުމަކަށް ގެންނަންޖެހޭ: ޑރ. ޝަހީމް

މަނަވަރާއެކު އަސްކަރިއްޔާގެ ކަނޑުމަތީގެ ލަޝްކަރުގެ ބާރު އެތައްގުނައެއް އިތުރުވާނެ: މޭޖަރ ޖެނެރަލް

ނަފްސަށްވުރެ ދިވެހިޤައުމު އިސްކުރުމަށް ދިފާޢީ ވަޒީރު ސިފައިންނަށް އިލްތިމާސްކުރައްވައިފި

413974 c366e514 8

ތުރުކީން ހަދިޔާކުރާ މަނަވަރު، “ދަރުމަވަންތަ” އެމްއެންޑީއެފްއާ ހަވާލުކޮށްފި

TTH_advertisement ELL Mobile Advertisement