ކުއްލި ޚަބަރު

ނަފުސާނީ ބަލިތަކުގެ ހުރިހާ ހަރަދެއް އާސަންދައިން ހަމަޖައްސަން ރައީސް ނިންމަވައިފި

ރާއްޖޭގައި މިހާރު ގޭންގެއް ނެތް: ރައީސް

އިނާޒު ދެއްވި ޔަގީންކަން: ގަވާއިދާ ޚިލާފު އެއްވެސް ކަމެއް ޕެންޝަން އޮފީހުން ނުކުރޭ

އޭދަފުށީގެ ކައުންސިލާއި ރައީސް ބައްދަލު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށު ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުންގެ ފަރާތުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް އަވަސްކޮށްދެއްވުމަށާއި އަލަށް އާބާދުވާ ސަރަހައްދަށް ފެނާއި ނަރުދަމާ ވީހާވެސް އަވަހަށް ގުޅައިދިނުމާއި އަދި ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުން ލިބުމުގެ ދަތިކަން ހިމެނެއެވެ.

އަދި ރަށުގައި އަލަށް މީހުން އާބާދުވާ ސަރަހައްދުގައި މީހުން ދިރިއުޅެން ފެށުމާއެކު ކަރަންޓު ނެޓްވޯކަށް އިތުރަށް ބާރުބޮޑުވެގެންދާނެކަން އެ ބޭފުޅުންގެ ވާޙަކަފުޅުގައި ފާހަގަކުރައްވާފައިވެއެވެ.

މީގެއިތުރުން ކުނި މެނޭޖްކުރުމުގައި އޭދަފުއްޓަށް ދިމާވެފައިވާ އެކިއެކި ގޮންޖެހުންތަކާއި ރަށުގެ ސްކޫލަށް އައު އިމާރާތެއް ގާއިމުކުރުމުގެ މުހިންމުކަމާމެދު ކައުންސިލުން މަޝްވަރާކުރައްވާފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި “މަގޭ ސޯލާ” މަޝްރޫޢުގެ ދަށުން ރަށު ރައްޔިތުންގެ ގޭގޭގައި ސޯލާ ހަކަތަ ބޭނުންކުރުމަށް އޮތް ޝައުގުވެރިކަމާއި އެމިހުންގެ ތަރުހީބު ހިއްސާކުރައްވައި، އެ ޕްރޮގްރާމްގެ ދަށުން އިތުރު ފުރުސަތެއް ހުޅުވާލުމަށް ރައްޔިތުން އެދޭކަން އެ ބޭފުޅުން ހިއްސާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އޭދަފުށި ކަޕް ނިންމުމުގެ ރަސްމިއްޔާތު ނައިބު ރައީސް ޝަރަފުވެރިކޮށްދެއްވައިފި

އެއްފަހަރާ އެންމެ ގިނަ މީހުން ފީނައިގެން ރެކޯޑެއް ހަދަން “ބާނި” ހަރަކާތް ތައްޔާރުވަނީ

ބ.އަތޮޅު ހޮސްޕިޓަލުގައި މެމޮގްރަފީގެ ޚިދުމަތް ފަށައިފި

އާރްޓީއެލްގެ ޚިދުމަތް ބ. އަތޮޅުގައި ރަސްމީކޮށް ފަށައިފި

TTH_advertisement