ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނުރައްކާތެރިކޮށް ކާރުު ދުއްވުމުން ހައްޔަރުކުރި މީހާގެ ވަނަވަރު އާންމުކޮށްފި

ނުރައްކާތެރިކޮށް ދުއްވައި، ފުލުހުންގެ ސައިކަލުގައި ޖެއްސި ކާރު ދުއްވަން އިންމީހާގެ ވަނަވަރު އާންމުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ހުޅުމާލޭގައިި ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވަމުންދިޔަ ކާރެއް މަޑުކުރަން ފުލުހުން ބުނުމުން މަޑުނުކޮށް، ހުޅުމާލޭ ފޭސް1އާއި ފޭސް 2ގައި ދުއްވަމުން ދިއުމުން ފުލުހުން އެ ކާރު ފަހަތުން ދިއުމުން ފުލުހުންގެ ސައިކަލުގައި ކާރުން ޖައްސައި ވައްޓާލާފައިވާކަމަށެވެ.

ސައިކަލުގައި ތިބި ދެ ފުލުހުންގެ ތެރެއިން ފުލުހަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާދީފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ އަދި ކާރު ދުއްވި ފިރިހެން މީހާއާއި، އެ ކާރުގައި އިން އަންހެން މީހާ ފުލުހުން ވަނީ ރޭ ހައްޔަރުކޮށްފައެވެ.

ފުލުހުންގެ ވިދާޅުވީ މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ކާރު ދުއްވި ހ. ފިލިމާގެ، އުމުރުން 18 އަހަރުގެ އައިކް ހައިޝަމް ޙަސަން ކަމަށެވެ. ނަމަވެސް ކާރުގައި އިން އަންހެން މީހާ މިހާރު ދޫކޮށްލާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މި އެކްސިޑެންޓްގައި އަނިޔާވި ފުލުސް އޮފިސަރަށް ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. އަދި އިތުރު ފަރުވާ ހޯދުމަށް ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަޙުޤީޤުކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mussss

ދީނަށް ފުރައްސާރަކުރި އާމިރު ހޯދައި ނުފެނުނު!

އޮފީސް ޓޭބްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޕޮލިސް ކުލަބު ހޯދައިފި

767

ފުލުހުންނަށް ބޭނުންވާ ވަސީލަތްތަކާއި އުމުރާނީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ދެ އެއްބަސްވުމެއްގައި ސޮއިކޮށްފި

Oo

އަބްރާރު ގުރޫޕުގެ މައްސަލަ ފުލުހުން ބަލަން ފަށައިފި