ކުއްލި ޚަބަރު

ލާމަރުކަޒީ ނިޒާމަކީ މި ސަރުކާރުގެ ފަލްސަފާ: ރައީސް

ފުލުހުންގެ ސައިބާ ސެކިޔުރިޓީ އޮޕަރޭޝަން ސެންޓަރު ހުޅުވައިފި

ތުޅާދޫގައި އެއާޕޯޓް އެޅުމަށް ބޭނުންވާ ބިންހިއްކަން އެމްޓީސީސީއާ ހަވާލުކޮށްފި

ސިންގަޕޫރާ އޮންނަ ގުޅުން އިތުރަށް ބަދަހިވެއްޖެ: ރައީސް

Cn9juo5iapzxa92eqi7zjz8xvncp7kmvhaymjjxw

ރާއްޖެއާއި ސިންގަޕޫރާ ދެމެދު އޮންނަ ގުޅުން މިވެރިކަމުގައި އިތުރަށް ބަދަހިވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ސިންގަޕޫރުގެ ގައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވައި މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައެވެ. އެގޮތުން ރައީސް ވަނީ، ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް އަދި ބޮޑުވަޒީރު ލޯރެންސް ވޮންގްއާއި އެގައުމުގެ ރައްޔިތުންނަށް ގައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ.

ހަމައެއާއެކު ރައީސްގެ މެސެޖުގައިވަނީ، ސުލްހަމަސަލަސްކަމާއި ފާގަތިކަމަކީ ސިންގަޕޫރުގެ ކުރިއެރުމުގެ މުހިންމު ސިފައެއްކަން ފާހަގަ ކުރަށްވައި، އެގޮތުގައި އެޤައުމު އަބަދުވެސް ދެމިއޮތުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖެއާއި ސިންގަޕޫރާ ދެމެދު އޮންނަ ގުޅުން މިހާރު އިތުރަށް ބަދަހިވެފައިވާކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް މިހެން ވިދާޅުވެފައިވާއިރު މިދިޔަ ޖުލައި މަހު، ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދައުވަތަކަށް ރައީސް ވަނީ އެގައުމަށް ރަސްމީ ދަތުރުފުޅެއް ކުރަށްވާފައެވެ. އެ ދަތުރުފުޅަށްފަހު ރައީސް ވިދާޅުވެފައިވަނީ، ސިންގަޕޫރާއި ރާއްޖޭގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދެވިފައިވާ ކަމަށެވެ.

މިއަހަރަކީ ދިވެހިރާއްޖެ އާއި ސިންގަޕޫރާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 50 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރާ އަހަރުކަމަށް ވާތީ، ދެ ޤައުމުގެ 50 އަހަރުވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި އެކުލަވާލައްވާފައިވާ ޚާއްޞަ ފޮތެއް، އެދަތުރުފުޅުގައި ރައީސް ވަނީ، ސިންގަޕޫރުގެ ރައީސަށް ހަދިޔާކުރަށްވާފައެވެ. އަދި ރައީސް މުޢިއްޒު އާއި ރައީސް ތަރްމަން ޝަންމުގަރަނަމް ވަނީ، މި މުނާސަބަތާ ގުޅޭ ހަނދާނީ ސްޓޭމްޕް އިފްތިތާޙުކޮށްދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

411832 6a3b4c7a e

ލާމަރުކަޒީ ނިޒާމަކީ މި ސަރުކާރުގެ ފަލްސަފާ: ރައީސް

112

ފުލުހުންގެ ސައިބާ ސެކިޔުރިޓީ އޮޕަރޭޝަން ސެންޓަރު ހުޅުވައިފި

112

ތުޅާދޫގައި އެއާޕޯޓް އެޅުމަށް ބޭނުންވާ ބިންހިއްކަން އެމްޓީސީސީއާ ހަވާލުކޮށްފި

Kudarikilu (1)

ބީއެމްއެލް އިން ބ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މި ހަފުތާގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކުރަނީ

ELL Mobile Advertisement TTH_advertisement