ކުއްލި ޚަބަރު

50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފި

މާލެއާއި ވިލިމާލޭގެ މަގުތަކުގެ ޑިޒައިން މަރުހަލާ ފެށުމަށް ޗައިނާއާއެކު އެލްއޯއީގައި ސޮއިކޮށްފި

މީޑިއާ ކޮމިޝަނުގެ ރައީސް ކަމަށް ފަރުޝަތު އައްޔަންކުރަނީ

އުއްތަމަފަނޑިޔާރުކަމަށް ޣަނީ އައްޔަންކުރަން ކޮމިޓީން ފާސްކޮށްފި

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަދި ޓެކްސް އެޕީލް ޓްރިބިއުނަލްގެ ރައީސްގެ މަގާމުގައި ހުންނެވި އަބްދުލްޣަނީ މުޙައްމަދު ދިވެހިރާއްޖޭގެ އުއްތަމަަފަނޑިޔާރުގެ މަގާމަށް އައްޔަަންކުރުމަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

އުއްތަމަފަަނޑިޔާރުގެ މަގާމުގައި ހުންނެވި މުއުތަސިމް އަދުނާން މަގާމުން ރިޓަޔާކުރެއްވުމާ ގުޅިގެން އެ މަގާމު ހުސްވުމާއެކު، އެ މަގާމަށް ކުރިމަތިލާން ހުޅުވައިލުމުން ކުރިމަތިލެއްވީ ޣަނީއާއި ކުރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަދި ފެމިލީ ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދާއި، ހައިކޯޓުގެ ކުރީގެ އިސްފަނޑިޔާރު ޝުޖާއު އުސްމާނެވެ.

އެ ތިން ބޭފުޅުންގެ ތެރެއިން އުއްތަމަފަނޑިޔާރުގެ މަގާމަށް ޣަނީ ހަމަޖެއްސުމަށް ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)އިން ލަފާ ދިނުމާ ގުޅިގެން ރައީސް އޭނާގެ ނަންފުޅު މިއަދު މަޖިލީހަށް ފޮނުއްވުމުން، ނަންފުޅު ދިރާސާކުރަން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް މިއަދު ފޮނުވިއެވެ.

ޣަނީގެ ނަން ދިރާސާކުރުމަށް ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން ނިންމާފައިވަނީ ޣަނީ ސުޕްރީމް ކޯޓުގެ އުއްތަމަފަނޑިޔާރުގެ މަގާމަށް އައްޔަންކުރުމަށް ރުހުން ދިނުމަށެވެ.

ޣަނީއަކީ 2000 ވަނަ އަހަރުން ފެށިގެން 2004 ވަނަ އަހަރުގެ ނިޔަލަަށް ސިވިލް ކޯޓުގެ ގާޒީކަން ކުރެއްވުމަށްފަހު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަން ދިގު މުއްދަތަކަށް ކުރެއްވި ބޭފުޅެކެވެ. އަދި އޭގެ ފަހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް 2018 ވަނަ އަހަރު ޣަނީ އައްޔަންކުރެވުނެވެ.

ނަމަވެސް 2018 ވަނަ އަހަރު ވެރިކަން ބަދަލުވެ، އެމްޑީޕީއަށް މަޖިލީހުގެ އަޣުލަބިއްޔަތު ލިބުމުން ޣަނީ ސުޕްރީމް ކޯޓުން ވަކިކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

uthama fadiyaaru

ކާމިޔާބަށް ވާސިލުވުމަށް އެމީހެއްގެ އަގީދާ އާއި އީމާންތެރިކަންވެސް ވަރުގަދަކުރަންޖެހޭ: އުއްތަމަ ފަނޑިޔާރު

66

ބަންޑާރަ ނައިބު އުޝާމް އުއްތަމަ ފަނޑިޔާރާ ބައްދަލުކުރައްވައިފި

އުއްތަމަފަނޑިޔާރުކަމަށް ޣަނީ އައްޔަންކުރަން މަޖިލީހުން ރުހުން ދީފި

112

އުއްތަމަ ފަނޑިޔާރުގެ މަޤާމަށް ޢަބްދުލްޣަނީ އައްޔަންކުރުން ދިރާސާކުރުމަށް ކޮމިޓީއަށް

TTH_advertisement