ކުއްލި ޚަބަރު

އުއްތަމަފަނޑިޔާރު ކަމަށް ޣަނީ އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭން ނިންމައިފި

ޓިކްޓޮކް ސަމާއަށް އަނިޔާކުރުމަށްފަހު އޭނާގެ ފިރިމީހާ ފިލައިފި

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ޝަހީދާއި ޖަމީލް އައްޔަންކުރުގެ ރަސްމިއްޔާތު މާދަމާ ބާއްވަނީ

ފްލެޓް އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އަވަސްކުރުމަށް ދަނީ މަސައްކަތްކުރަމުން: އެފްޑީސީ

FDC

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހައުސިންގ ޔުނިޓު ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އިތުރަށް ހަލުވިކޮށް އަވަސްކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ފަހި ދިރިއުޅުން ކޯޕަޝަންއިން ވިދާޅުވެއްޖެއެވެ.

ގެދޮރުވެރިޔާ ސްކީމްގެ 4000 ހައުސިން ޔުނިޓްގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ފަށާފަވަނީ ޖުލައި މަހުގެ 21ވަނަ ދުވަހުއެވެ.

އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ ފަހި ދިރިއުޅުން ކޯޕަރޭޝަންއިންނެވެ. އެފްޑީސިން ހާމަކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، މިހާތަނަށް 232 މީހުންނާއެކު ފްލެޓް ލިބުނުކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. އެއްބަސްވުމުގައި ސޮއިކުރުމަށް މިހާތަނަށް ތާވަލުކޮށްފަވަނީ 253 މީހުންނާއެކުއެވެ.

ފްލެޓް ލިބޭ މީހުންގެ ލިސްޓް ކަނޑައަޅަނީ ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިންނެވެ. އެފްޑީސީން ވިދާޅުވީ މިހާތަނަށް 2665 މީހުންގެ ލިސްޓް، ސޮއިކުރުމަށް އެ ކޯޕަރޭޝަނަށް، ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ފޮނުވާފަވާކަމަށެވެ.

އެހެންކަމުން ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހައުސިންގ ޔުނިޓު ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އިތުރަށް ހަލުވިކޮށް، ދުވާލެއްގެ މައްޗަށް އެއްބަސްވުންތަކުގައި ސޮއިކުރެވޭ މިންވަރު އިތުރުކުރުމަށް އެ ކޯޕަރޭޝަނުން މަސައްކަތް ކުރަމުންދާކަމަށް އެފްޑީސީން ވަނީ ވިދާޅުވެފައެވެ.

އެގޮތުން ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ފޮނުވާ ލިސްޓްގެ މަޢުލޫމާތުތައް އަވަހަށް ޕްރޮސެސްކޮށް، ސޮއިކުރުމަށް ބޭނުންވާ ލިޔެކިތުންތައް ޕޯޓަލަށް އެޅުމަށް އަންގާ މުއްދަތު އަވަސްކުރުމާއި، އަދި މި މަސައްކަތުގައި ހަރަކާތްތެރިވާ މީހުންގެ އަދަދު އިތުރުކޮށް ބޭނުންވާ ރަމްރީންތައް ދިނުމުގެ މަސައްކަތްތައްވެސް ދަނީ ކުރަމުންނެވެ.

ސަރުކާރުން އަމާޒުކޮށްފަވަނީ ސެޕްޓެމްބަރު މަހުގެ ނިޔަލަށް، މި ސްކީމުން ފްލެޓް ލިބޭ ހުރިހާ މީހުންނާއެކު އެގްރިމަންޓްގެ މަސައްކަތްތައް ނިންމާ ފްލެޓް ހަވާލުކުރުމަށެވެ.

ފްލެޓްގައި ސޮއިކުރުމަށް އައިމުގެ ކުރިން، އެކަމަށް ބޭނުންވާ ލިޔެކިޔުންތައް އެފްޑީސީގެ “ފަހި ޕޯޓަލް”އަށް އަޕްލޯޑްކުރުމަށް އެ ކޯޕަރޭޝަންއިން އަންގާނެއެވެ. އެއަށްފަހު ސޮއިކުރަން ދާންވާ ދުވަހާ ގަޑި އެފްޑީސީން އަންގަމުންދާނެއެވެ.

ސޮއިކުރުމުގެ ކަންކަން ކުރިއަށްދަނީ ހުޅުމާލެ ސިންތެޓިކް ޓްރެކްގައެވެ. އެތަނުގައި ވަނީ ޔުޓިލިޓީ ޚިދުމަތްތަކަށް ފަސޭހައިން ރެޖިސްޓަރވެވޭނެ އިންތިޒާމްތައްވެސް ހަމަޖައްސާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

112

އުއްތަމަފަނޑިޔާރު ކަމަށް ޣަނީ އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭން ނިންމައިފި

North harbour mpl

މާރުކޭޓު ސަރަހައްދަށް ގާތްކުރާ މަސްދޯނިތަކުން ފީއެއް ނުނަގާނެ: އެމްޕީއެލް

ބޭރުގެ ގުޅުންތައް ރަނގަޅުވުމުން ފައިދާ ކުރާނީ ރައްޔިތުންނަށް: މަތީން

Snapedit 1754141248866

ޓިކްޓޮކް ސަމާއަށް އަނިޔާކުރުމަށްފަހު އޭނާގެ ފިރިމީހާ ފިލައިފި

TTH_advertisement ELL Mobile Advertisement