ކުއްލި ޚަބަރު

ނަފުސާނީ ބަލިތަކުގެ ހުރިހާ ހަރަދެއް އާސަންދައިން ހަމަޖައްސަން ރައީސް ނިންމަވައިފި

ރާއްޖޭގައި މިހާރު ގޭންގެއް ނެތް: ރައީސް

އިނާޒު ދެއްވި ޔަގީންކަން: ގަވާއިދާ ޚިލާފު އެއްވެސް ކަމެއް ޕެންޝަން އޮފީހުން ނުކުރޭ

ހަ ރަށެއްގެ ސިއްހީ މަރުކަޒުތައް ތަރައްގީކުރަން ހަވާލުކޮށްފި

112

ރާއްޖޭގެ ހަތަރު އަތޮޅެއްގެ ހަ ރަށެއްގެ ސިއްހީ މަރުކަޒުތައް އަޕްގްރޭޑްކުރުމުގެ މަސައްކަތް، އަމިއްލަ ތިން ކުންފުންޏަކާ މިއަދު ހަވާލުކޮށްފިއެވެ.

ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ނައިބު އިސްމާއިލް ޒާހިރެވެ.

ހއ. ވަށަފަރާއި ހއ. ތުރާކުނު ސިއްހީ މަރުކަޒުތައް އަޕްގްރޭޑްކުރުމުގެ މަސައްކަތް ހަވާލުކުރެވުނީ ”ޕާފެކްޓް މަލަފެހި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް“ އާއެވެ. ވަށަފަރު ސިއްހީ މަރުކަޒުގެ މަސައްކަތަށް 4.8 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭއިރު، ތުރާކުނު ސިއްހީ މަރުކަޒުގެ މަސައްކަތަށް 3.4 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ށ. ޅައިމަގު ސިއްހީމަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ”އީކޮން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް“ އާ އެވެ. މި މަސައްކަތަށް 4.8 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވެއެވެ.

ނ. މަގޫދޫ، ފ. ބިލެއްދޫ އަދި ފ. ދަރަނބޫދޫ ސިއްހީ މަރުކަޒުތައް އަޕްގްރޭޑްކުރުމުގެ މަސައްކަތް ހަވާލުކުރެވުނީ ”ސަމާލު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް“ އާ އެވެ. މި ތިން ރަށުގެ މަސައްކަތަށް ޖުމްލަ 13.9 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވެއެވެ.

މި މަޝްރޫއުގެ ދަށުން ހުރިހާ ސިއްހީ މަރުކަޒުތަކެއްގައިވެސް އައު ވޯޑުތަކާއި، ލެބޯޓްރީތަކާއި، ނާސް ސްޓޭޝަންތަކާއި، ޕްރޮސީޖާ ރޫމްތަކާއި، ސްޓޯ ރޫމްތައް ޤާއިމްކުރެވިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސިއްޙީ ދާއިރާއާ ގުޅޭ މަތީ ފަންތީގެ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

990

ގައުމީ ސިއްހީ ލެބް ހަދަން ޖަރުމަންގެ ކުންފުންޏަކާ ހަވާލުކޮށްފި

ގަމު ހޮސްޕިޓަލުގެ އާ އިމާރާތާއި ބަނދަރުގެ މަޝްރޫއު އެމްޓީސީސީއަށް

ށ.ފޭދޫ ޞިއްޙީ މަރުކަޒު 24 ގަޑިއިރު ޚިދުމަތްދޭ މަރުކަޒަކަށް

TTH_advertisement