ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގައި ހުންނެވި އިބްރާހީމް ނަޒީމް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ކަމަށް ހަމަޖައްސައިފިއެވެ.
އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުންނެވި އަލީ ޒުހަރު ވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމަށް ހަމަޖައްސާފައެވެ.
ނަޒީމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އޭރުގެ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.
އާރްޑީސީ އުފެއްދި ފަހުން ނަޒީމަކީ އެ ކުންފުނީގެ ތިން ވަނަ އެމްޑީއެވެ. އެ ކުންފުނީގެ އެންމެ ފުރަތަމަ އެމްޑީއަކީ މޫސާ އަލީ މަނިކު (މޫކޭ) އެވެ.
ކިޔުންތެރިންގެ ހިޔާލު