ކުއްލި ޚަބަރު

އައްޑޫ ސިޓީގައި ވަޤުފް އިމާރާތެއް ބިނާކުރަން އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފި

ފޭދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ހުޅުމީދޫ އާއި ހިތަދުއާ ގުޅުވާލާ ބްރިޖްގެ އަމަލީ މަސައްކަތް އަންނަ އަހަރު ފެށޭނެ: ރައީސް

ބެންކޮކް މާރުކޭޓެއްގައި ފިސްތޯލައެއް ހިފައިގެން ހުރި މީހަކު ބަޑިޖަހައި 5 މީހުން މަރާލައިފި

ބަޑިޖަހައި މީހުންތައް މެރުމަށްފަހު، ބަޑިޖެހި މީހާ ހިނގާފައިދަނީ:

ތައިލެންޑްގެ ވެރިރަށް ބެންކޮކްގެ މާރުކޭޓެއް ސަރަހައްދުގައި ފިސްތޯލައެއް ހިފައިގެން ހުރި މީހަކު ބަޑިޖަހައި 5 މީހުން މަރާލައިފިއެވެ.

ބަޑިޖަހައި މީހުން މެރުމަށްފަހު، ބަޑިޖެހި މީހާވަނީ އަމިއްލަ ބޮލަށް ބަޑިޖަހައި މަރުވެފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެމީހާ ބަޑިޖަހައި މަރާލި 5 މީހުންނަކީވެސް މާރުކޭޓުގެ ސެކިއުރިޓީ ގާޑުންނެވެ.

ބެންކޮކްގެ މާރުކޭޓުތަކަށް ވަރަށް ގިނައިން ޓޫރިސްޓުން ގޮސްއުޅޭ ނަމަވެސް، މި ހާދިސާގައި ޓޫރިސްޓަކަށް އެއްވެސް ކަމެއް ނުވާ ކަމަށް ފުލުހުން ބުނެއެވެ.

ބަޑިޖެހުމުގެ ހާދިސާ ހިނގި އޯރ ތޯރ ކޯރ މާރުކޭޓަކީ ދަނޑުވެރިކަމުގެ ސާމާނު ވިއްކާ މާރުކޭޓެއް ކަމަށާއި، އެއީ ޓޫރިސްޓުން ވަރަށް ގިނައިން ގޮސްއުޅޭ މާރުކޭޓެއް ކަމަށް ވެއެވެ.

ތައިލެންޑް ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މާރުކޭޓު ސަރަހައްދުގައި ބަޑިޖެހި މީހާއަކީ އެކަންކުރި މަގްސަދު ދެނެގަތުމުގެ ތަހްގީގު މިހާރު ފަށާފައިވާ ކަމަށެވެ.

ފިރިހެނަކު ފިސްތޯލައެއް ހިފައިގެން މާރުކޭޓު ސަރަހައްދުގެ މަގަކުން ހިނގާފައިވާތަން ފެންނަ ވީޑިއޯއެއް ފުލުހުން ވަނީ އާންމުކޮށްފައެވެ. ވީޑިއޯއިން ފެންނައިރު އޭނާ ހުންނަނީ ކަޅު ޓީޝާތަކާއި، ކެމަފުލެޖް ސޯޓެއް ލައި، ހުދުކުލައިގެ ތޮތްޕެއްވެސް އަޅައިގެންނެވެ. އަދި މޭމައްޗަށް ވާގޮތަށް ހުރީ ދަބަހެއްވެސް އަޅައިގެންނެވެ.

ފުލުހުން މިހާރުވަނީ ބަޑިޖެހި މީހާގެ އައިޑީ ކާޑާއި، ލައިސަންސް ވެސް އޭނާ ގެންގުޅުނު ދަބަސްތެރެއިން ހޯދާފައެވެ. އައިޑީ ކާޑުން އެނގުނު ގޮތުގައި ބަޑިޖަހާފައިވަނީ އުމުރުން 61 އަހަރުގެ މީހެކެވެ. އޭނާގެ ނަމެއް ކަމަށް ބުނެފައިވަނީ ނޮއި ޕްރައިދައެން އެވެ. އޭނާއަކީ ތައިލެންޑްގެ ކޮންގް ޑިސްޓްރިކްޓަށް ނިސްބަތްވާ މީހެއް ކަމަށްވެސް ބުނެފައި ވެއެވެ.

ތައިލެންޑްގެ އިގްތިސާދުގައި ޓުއަރިޒަމަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ ސެކްޓަރއެކެވެ.

ތައިލެންޑަކީ ދެކުނުއިރުމަތީ އެޝިޔާގެ ދެވަނައަށް އެންމެބޮޑު އިގްތިސާދު ކަމަށްވާއިރު، އަދި އިގްތިސާދަށް މިދުވަސްވަރު ހީނަރުކަމެއް އަންނަމުންދާއިރު، ބަޑިޖެހުމުގެ ހާދިސާތަކުގެ ސަބަބުން ފަތުރުވެރިކަމުން ގެއްލުންވެ، އިގްތިސާދަށް އިތުރު ލޮޅުންތަކެއް އަރާނެ ކަމަށް، މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މަމްދާނީގެ ސަޕޯޓަރުން މަގުތަކަށް ނުކުމެ އުފާފާޅުކުރަން ފަށައިފި

ނިއުޔޯކް ސިޓީގެ މޭޔަރުކަމުގެ އިންތިޚާބު ޒޮހްރާން މަމްދާނީ ކާމިޔާބު ކުރައްވައިފި

ނިއުޔޯކް ސިޓީ މޭޔަރުކަމަށް ބޭފުޅަކު އިންތިޚާބުކުރަން ވޯޓުލާން ފަށައިފި، މަމްދާނީވެސް ވޯޓުލައްވައިފި

ޣައްޒާއަށް ފޮނުވަން އުޅެނީ ސުލްހަ ބަލަހައްޓާ ފައުޖެއްނޫން! ހަމާސްއާ ދެކޮޅަށް ހަނގުރާމަކުރާ ފައުޖެއް!

TTH_advertisement