ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަންނަ މަހު ހުޅުމާލޭ ހޮސްޕިޓަލުގެ އައިނު ފިހާރަ ހުޅުވަނީ 

Gw3bhcbbeaaulla

ހުޅުމާލެ ހޮސްޕިޓަލުގައި ވެސް އަންނަ މަހު އައިނު ފިހާރަ ހުޅުވާނެ ކަމަށް މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އަބްދުއްރައްޒާގު ހަލީމް ވިދާޅުވެއްޖެއެވެ.

އައިޖީއެމްއެޗްގައި މިއަދު ވަނީ އައިނު ފިހާރަ، “އެމްސީޖީއެޗް އޮޕްޓިކަލްސް” ހުޅުވައިފައެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ފިހާރަ ހުޅުއްވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

އައިނު ފިހާރަ ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހަލީމް ވިދާޅުވީ އައިނު ފިހާތަކުން އާސަންދައިގައި ހިމެނޭ 2،000 ރުފިޔާގެ ތެރެއިން ކޮންމެ ރައްޔިތަކަށް ވެސް ހިލޭ އައިނު ހެއްދޭނެ ކަމަށާއި ކުރިއަށްއޮތްތަނުގައި އެމްސީޖީއެޗް އޮޕްޓިކަލްސްގެ އިތުރު ފިހާރަތައް ވެސް ހުޅުވިގެންދާނެ ކަމަށެވެ.

އަންނަ މަހުގެ ތެރޭގައި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ވެސް އެ ފަސޭހަ ފޯރުކޮށްދިނުމަށްޓަކައި ހުޅުމާލޭ ހޮސްޕިޓަލުގައި ވެސް އައިނު ފިހާރަ ގާއިމުކޮށް، ހިދުމަތްދޭން ފަށާނެ ކަމަށާއި ކުރިއަށްއޮތް ދުވަސްތަކުގައި މާލޭގެ އިތުރުން އަތޮޅުތަކުގެ ހުރިހާ ރީޖަނަލް ހޮސްޕިޓަލުތަކެއްގައި ވެސް އެމްސީޖީއެޗްގެ ފަރާތުން އައިނުގެ ހިދުމަތް ފޯރުކޮށްދޭނެ ކަމަށް ހަލީމް ވިދާޅުވިއެވެ.

އައިޖީއެމްއެޗްގައި ހުޅުވި އައިނު ފިހާރައިން ހިދުމަތް ފޯރުކޮށްދިން ފުރަތަމަ ތިން މީހުންނަށް މިއަދު ރައީސް ވަނީ އައިނު ހަވާލުކޮށްދެއްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mussss

އިންޑިއާ އާއި ރާއްޖެއާ ދެމެދު ހަދާ އެފްޓީއޭއާ ގުޅޭ މަޝްވަރާތައް ކުރިއަށްގެންދާނެ ގޮތުގެ ފްރޭމްވޯކެއް ކަނޑައަޅައިފި

Oo

ނައީމާ މަރާލި މައްސަލާގައި ތުހުމަތު ކުރެވޭ ފަވާޒު ޝަރުތުތަކާއެކު ދޫކޮށްލައިފި

Iu

ބައްސާމް އަނެއްކާވެސް ޖަލަށް ބަދަލުކޮށްފި

ދޮރުން ދޮރަށް ހަރަކާތުގެ ދެވަނަ ބުރުގައި މިއަދު މާފަންނު ހުޅަނގަށް ރައީސް ވަޑައިގެންފި