ކުއްލި ޚަބަރު

ސާކްގެ ދައުރު އިތުރަށް ފުޅާކުރަން ރައީސް ގޮވާލައްވައިފި

ފުވައްމުލަކާއި އައްޑޫ ފިޔަވައި ހުރިހާ ސަރަޙައްދަކަށް ވައިޓް އެލާޓް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑުކޮށްފި

އަސްކަރިއްޔާގެ ތަރައްގީއަށް ރައީސް ކުރައްވާ މަސައްކަތްޕުޅަށް ޗީފް އޮފް ޑިފެންސްގެ ޝުކުރު

MNDF

ގައުމީ ދިފާއީ ބާރުގެ ގާބިލުކަން އިތުރުކުރެއްވުމަަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކުރައްވަމުންގެންދަވާ މަސައްކަތްޕުޅަަކީ ދިވެހި ހުރިހާ ރައްޔިތުންނަށްޓަކަައި ކުރައްވާ މަސައްކަތްޕުޅެއްކަން ފާހަގަަކުރައްވައި، ޗީފް އޮފް ޑިފެންސް މޭޖާ ޖެނެރަލް އިބްރާހީމް ޙިލްމީ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި ދިވެހި ސިފައިންނާއި ފުލުހުންނާ ރައީސް މިއަދު ބައްދަލުކުރެއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ހިލްމީ ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ދިފާއުކުރުމަށް ދިވެހި ސިފައިން ކުރި ހަނގުރާމަތަކަކީ އިބުރަތުން ފުރިގެންވާ ހަނގުރާމަތަކެއް ކަމަށެވެ. މިސާލުތަކެއްގެ ގޮތުގައި ފުށެތިކާލުންނާ ދެކޮޅަށް ދިވެހި ކަނޑުތަކުގައި ކުރި ހަނގުރާމަތަކާއި ނޮވެންބަރު ތިނެއްގެ ހާދިސާ ހިލްމީ ފާހަގަކުރެއްވިއެވެ.

“ތިނެއް ނޮވެންބަރު 1988 ގައި ދިވެހި އަސްކަރިއްޔާ ސާބިތުކޮށްދިނީ އަޅުގަނޑުމެންނަކީ ދިވެހިރާއްޖޭގެ މިނިވަންކަން ދިފާއުކުރުމުގައި ކުޑަކޮށްވެސް ފަހަތަށް ޖެހޭނެ ބައެއް ނޫންކަން. އެންމެ އިންޗިއެއްވެސް އެންމެ މިލިމީޓަރެއްވެސް ފަހަތަަށްޖެހޭނެ ބައެއް ނޫންކަން. ހަށިގަނޑާއި ފުރާނައިން ގުރުބާންވާނީ ދިވެހިރާއްޖޭގެ މިނިވަންކަމުގެ ދިފާއުގައިކަން، އިސްލާމްދީނުގެ ހިމާޔަތުގައިކަން. މާޒީގެ ކޮންމެ ސަފުހާއަކުންވެސް ފެންނަން އޮތީ ދިވެހި އަސްކަރިއްޔާގެ މި ފަހުރުވެރި ތާރީހު،” ހިލްމީ

އޭނާ އިތުރަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރައީސްކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ސިފައިންގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާ ކަމަަށެވެ. އަދި ސިފައިންގެ ގާބިލުކަން އިތުރުކުރެއްވުމަށް ރައީސް ކުރައްވާ ކޮންމެ މަސައްކަތްޕުޅަކީ ކޮންމެ ދިވަހި ރައްޔިތެއްގެ ހައްގުގައި، އަދި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓެވުމުގެ ގޮތުން ކުރައްވާ މަސައްކަތްޕުޅެއްކަމަށް ޗީފް އޮފް ޑިފެންސް ވިދާޅުވިއެވެ.

“އެކުރައްވާ ކޮންމެ މަސައްކަަތްޕުޅަކީ ދިވެހި ރައްޔިތުންގެ ހައްގުގައި އެމަނިކުފާނު ކުރައްވާ މަސައްކަަތްޕުޅެއް. މި ގައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ނެގެހެއްޓެވުމަށް ކުރައްވާ މަސައްކަތްޕުޅެއް. އެހެންކަމުން ދިވެހި އަސްކަރިއްޔާ ތަރައްގީކުރައްވައި ގާބިލު އަސްކަަރިއްޔާއަކަށް ހެއްދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ އިސްވެރިޔާ ކުރައްވާ މަސައްކަތްޕުޅަށް ޝުކުރު އަދާކުރަން،” ހިލްމީ

އިތުރަށް ހިލްމީވަނީ އަސްކަރިއްޔާ ތަރައްގީކުރެއްވުމަށް އެކުލަވައިލެވިފައިވާ ކުރު ރާސްތާގެ އަދި ދުރު ރާސްތާގެ ޕްލޭނުތައް ތަންފީޒުކުރެއްވުމަށާއި، މުއައްސަސާގެ ހިންގުން އިތުރަށް ހަރުދަނާކުރެއްވުމަށް ދިފާއީ ވަޒީރު މުހައްމަދު ޣައްސާން މައުމޫން ކުރައްވާ މަސައްކަތްޕުޅަށްވެސް ހިލްމީ ޝުކުުރު އަދާކުރެއްވިއެވެ.

އިތުރަށް ހިލްމީ ވިދާޅުވީ މިހާރު ސިފައިންގެ މުސްތަގުބަލު ބައްޓަންކުރެވެމުންދަނީ ރާއްޖޭގެ މިނިވަންކަން ދިފާއުކުރުމުގެ ގާބިލުކަން ލިބިގެންވާ ރައްޔިތުންގެ އިތުބާރާއި ލޯތްބާއި އިހުތިރާމު ލިބިގެންވާ މުއައްސަސާއެއްގެ ގޮތުގައި ދެމެހެއްޓުމަށް ކަމަށެވެ.

ސިފައިންގެ ހިދުމަތަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަކުރުމުގެ މަސައްކަތުގެ ތެރެއިން ޑްރޯނާއި، މަނަވަރާއި އެނޫންވެސް ވަސީލަތްތައް ސިފައިންނަށް ހޯދައިދިނުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. ސަރުކާރުގެ އަމާޒަކީ 24 ގަޑިއިރު ރާއްޖޭގެ ސަރަހައްދު ބެލެހެއްޓޭނެ ގާބިލުކަން ގައުމީ ދިފާއީ ބާރަށް ހޯދައިދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ނަޞްރުގެ ދުވަހާ ގުޅުވައިގެން ބާއްވާ ސިފައިންގެ ހެވިކަމުގެ ހަރަކާތްތައް މާދަމާ ޖުމްހޫރީ މައިދާނުގައި އޮންނާނެ

sifain

ރައީސްގެ ޚާއްސަ މެޑަލް ސިފައިންނާއި ފުލުހުންގެ 6 އޮފިސަރަކަށް

ސިފައިންނާއި ފުލުހުންނަށް ކޮށްދޭ ކޮންމެ ކަމަކީވެސް ޤައުމާއި ރައްޔިތުންނަށް ކޮށްދޭވޭ ކަމެއް: ރައީސް

އެޗްޑީސީ ބަލިކޮށް ޤައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި ސިފައިންގެ ކުލަބުން ފުރަތަމަ ފަހަރަށް މިލުކުކޮއްފި

TTH_advertisement