ކުއްލި ޚަބަރު

މަދީނާގައި ހިނގި ބަސް އެކްސިޑެންޓެއްގައި އިންޑިއާގެ 42 އުމްރާ ވެރިން މަރުވެއްޖެ

ސަރުކާރުގެ ފުރަތަމަ ފްލެޓު ސްކީމަށް 4 ޖެނުއަރީން ފެށިގެން ކުރިމަތިލެވޭނެ

ސަރުކާރުގެ ފުރަތަމަ ސްކީމުން 15000 ގޯއްޗަށް ކުރިމަތިލާން ހުޅުވާލައިފި

އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން އައްޑޫގައި އިންޑިއާއިން ކުރިއަށްގެންދިޔަ މަޝްރޫއުތަކެއްގެ ނިމުން ފާހަގަކޮށްފި

އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން އައްޑޫ ސިޓީގައި ކުރިއަށްގެންދިޔަ ބައެއް މަޝްރޫއުތަކުގެ ނިމުން ފާހަގަކޮށްފިއެވެ.

އެ މަޝްރޫއުތަކުގެ ނިމުން ފާހަގަކޮށްފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެ ރަސްމިއްޔާތުގައި މަޝްރޫއުތަކުގެ ނިމުން ވާޗުއަލްކޮށް ފާހަގަކޮށްދެއްވީ މޯދީއެވެ. އަރިހުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ހުންނެވިއެވެ.

މޯދީ ނިމުން ފާހަގަކޮށްދެއްވި މަޝްރޫއުތަކުގެ ތެރޭގައި އައްޑޫ މަގުތައް ތަރައްގީކުރުމުގެ މަޝްރޫއު ހިމެނެއެވެ. އެ މަޝްރޫއަކީ އިންޑިއާއިން ރާއްޖެއަށް ދޫކުރި ލައިން އޮފް ކްރެޑިޓް (އެލްއޯސީ)ގެ ދަށުން އިންޑިއާގެ ކުންފުންޏެއް ކަމަށްވާ އެފްކޮންސް އިންފްރާސްޓްރަކްޗާއިން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ.

އެ މަޝްރޫއުގެ ދަށުން އައްޑޫގެ ހަ އަވަށް އެކުލެވޭހެން 40 ކިލޯމީޓަރުގެ މަގު ވަނީ ތަރައްގީކޮށްފައެވެ. އަދި އެ މަޝްރޫއުގެ ދަށުން ގާއިމުކޮށްފައިވާ ޑްރެއިނޭޖް ސިސްޓަމަކީ އައްޑޫގެ ހަ އަވަށް އެކުލެވޭނެހެން ގާއިމުކޮށްފައިވާ ނިޒާމެކެވެ.

އަދި ވަނީ އެ މަޝްރޫއުގެ ދަށުން 3.4 ކިލޯ މީޓަރުގެ މަގު އަލުން ރިސާފެސްކޮށް ހުރިހާ ރަށަކަށް ބޭނުންވާ މަގުބައްތިތަކާއި ސަލާމަތީ ހިދުމަތްތަކަށް ބޭނުންވާ ސަވައިލަންސް ކެމެރާތައް މަގުގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައެވެ.

ހިތަދޫ ގައުކެނޑެ ސަރަހައްދުން ފެށިގެން މަރަދޫއަށް ހަންކެނޑެ ހުރަސްކޮށް ހަތަރު ލޭންގެ މައްޗަށް އެކުލެވޭ ގޮތަށް 1.463 ކިލޯމީޓަރުގެ އާ މަގު ހަދައި ވަނީ ޓްރެފިކަށް ހުޅުވާލާފައިފައެވެ. އެއީވެސް މި މަޝްރޫއުގެ ދަށުން ކުރި މަަސައްކަތެކެވެ.

މީގެ އިތުރުން މޯދީ ދެން ނިމުން ފާހަގަކުރައްވާފައިވަނީ ހިތަދޫގައި ހަދައިފައިވާ އައުޓް ޑޯ ދެ ޖިމާއި، ހިތަދޫގައި ހަދައިފައިވާ ސްމޯލް ސްކޭލް ފިޝް ޕްރޮސެސިން ޕްލާންޓާއި، ގދ. ވާދޫގައި ތަރައްގީކޮށްފައިވާ އައުޓްޑޯ ޖިމުގެ މަސައްކަތެވެ.

މޯދީ ވަނީ ގއ. ގެމަނަފުށީގައި ތަރައްގީކޮށްފައިވާ ޔޫތު ސެންޓަރާއި ށ. ކަނޑިތީމުގައި ތަރައްގީކޮށްފައިވާ ވޮލީ ކޯޓުގެ މަސައްކަތުގެ ނިމުންވެސް ފާހަގަކޮށްދެއްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށް ކުރާ މަސައްކަތުގައި އަބަދުވެސް އެހީތެރިވާނަން: އިންޑިއާ

ހަނިމާދޫ އެއަރޕޯޓު ހުޅުވުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރުގެ ޚާއްސަ މަންދޫބެއް

އިންޑިގޯއިން ޓްރިވެންޑްރަމުން މާލެއަށް ކޮންމެ ދުވަހަކު ދަތުރުތައް ބާއްވަނީ

India

އިންޑިޔާއަށް ދަތުރުކުރުމުގެ ކުރިން އެރައިވަލް ކާޑު ފުރުމަށް ޚާރިޖީ ވުޒާރާއިން އިލްތިމާސްކޮށްފި

TTH_advertisement