އިންޑިޔާއާއި ދިވެހިރާއްޖޭގެ ދެމެދުގައި ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ހާއްސަ ސްޓޭމްޕެއް އިފުތިތާހުކުރައްވައިފިއެވެ.
މި ސްޓޭމްޕު އިފުތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ދައުވަތުފުޅަކަށް ފުރަމާނަަ ދަތުރުފުޅެއްގައި ރާއްޖެއަށް މިއަދު ވަޑައިގެންނެވި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ރައީސް ޑރ.މުޢިއްޒެވެ.
މި ސްޓޭމްޕަކީ ރާއްޖެއާއި އިންޑިޔާގެ މެދުގައި އޮތް ގާތް އެކުވެރި ގުޅުން ތަމްސީލުކޮށްދޭ ގޮތަށް ފަރުމާކޮށްފައިވާ ސްޓޭމްޕެކެވެ.
އެ ސްޓޭމްޕު ނެރުއްވިކަން އިއުލާނުކުރައްވަމުން މޯދީ ވިދާޅުވެފައިވަނީ އިންޑިޔާއާއި ރާއްޖޭގެ މެދުގައި އޮތް ގުޅުން ދުވަސްވީ ވަރަކަށް ބަދަހިވަމުން އަންނަ ކަމަށެވެ. އަދި އެ ގުޅުމުން ދެ ގައުމުގެ ރައްޔިތުންނަށް ލިބޭ މަންފާއާއި ފައިދާ އިތުރުވަމުން އަންނަ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު