ކުއްލި ޚަބަރު

ޗެމްޕިއަންސް ލީގު މެޗެއް ބަލައިލަން ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އާއި މާސްޓާކާޑު ގުޅިގެން ފަށައިފި

މާލޭގެ އަވަށްތަކަށް އަމާޒުކޮށް ބައްދަލުވުންތަކެއް ބާއްވަން ރައީސް ނިންމަވައިފި

ނަފުސާނީ ބަލިތަކުގެ ހުރިހާ ހަރަދެއް އާސަންދައިން ހަމަޖައްސަން ރައީސް ނިންމަވައިފި

ތައިލެންޑާއި، ކެމްބޯޑިއާ ސިފައިން ބަދަލުކުރަމުންދާ ހަމަލާތައް ހަނގުރާމައަކަށް ބަދަލުވެދާނެ: ތައިލެންޑްގެ ބޮޑުވަޒީރު

ތައިލެންޑް ސިފައިންނާއި، ކެމްބޯޑިއާ ސިފައިންނާ ދެމެދު ބޯޑަރު ހުރަސްކޮށް މިހާރު ދެމުންގެންދާ ހަމަލާތައް ހަނގުރާމައަކަށް ބަދަލުވެގެން ހިނގައިދާނެކަމުގެ އިންޒާރު ތައިލެންޑްގެ ބޮޑުވަޒީރު ދެއްވައިފިއެވެ.

ތައިލެންޑްގެ އެކްޓިންގ ޕްރައިމް މިނިސްޓަރ ފުމްތަމް ވެޗަޔަޗައި ވިދާޅުވީ، ކެމްބޯޑިއާއަކީ އަވަށްޓެރި ގައުމަކަށްވާތީ، މައްސަލަ ހައްލު ކުރެވޭތޯ ތައިލެންޑުން މަސައްކަތް ކޮށްފައިވާނޭ ކަމަށެވެ.

އެކަމަކު، އިމަޖެންސީ ހާލަތުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އަސްކަރިއްޔާއަށް މިހާރު އަންގަވާފައި ވާނޭކަމަށް ތައިލެންޑްގެ ބޮޑުވަޒީރު ވިދާޅުވިއެވެ.

ދެ ފަރާތުން ބޯޑަރު ހުރަސްކޮށް މިހާރު ހަމަލާތަކެއް ބަދަލުކުރަމުންދިޔަ ނަމަވެސް، ކަންކަން ގޯސް ހާލަތަށް ހިނގައްޖެނަމަ ހަނގުރާމައަކަށް ބަދަލުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ފުމްތަމް ވެޗަޔަޗައި ވިދާޅުވިއެވެ.

ތައިލެންޑް ސިފައިންނާއި، ކެމްބޯޑިއާ ސިފައިން މިއަދުވެސް ގެންދަނީ ބޯޑަރު ހުރަސްކޮށް އެއްބަޔަކު އަނެއް ބަޔަކަށް ހަމަލާތައް ދެމުންނެވެ.

މިއަދު ހަމަލާތައް ދޭން ފަށާފައިވަނީ، އެކަން ހުއްޓުވުމަށް މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް، ތައިލެންޑާއި، ކެމްބޯޑިއާގެ ލީޑަރުންނާ ގުޅުއްވައި ވާހަކަ ދައްކަވާފައި ވަނިކޮށެވެ.

ކެމްބޯޑިއާ ސިފައިން ގެންދަނީ، ރޮކެޓު ބޭނުންކޮށްގެން ތައިލެންޑް ތެރެއަށް ހަމަލާތައް ދެމުންނެވެ.

ބުރާސްފަތި ދުވަހު ދެ ގައުމުންވެސްވަނީ، އަސްކަރީ ޖެޓާއި، ރޮކެޓާއި، ޓޭންކު ބޭނުންކޮށްގެންވެސް ހަމަލާތައް ބަދަލުކޮށްފައެވެ.  އަދި އެއްގަމު ސިފައިންގެ މެދުގައިވެސް ބަޑީގެ ހަމަލާތައް ދީފައި ވެއެވެ.

މި ހަމަލާތަކުގައި ތައިލެންޑުން މިހާތަނަށް 16 މީހުން މަރުވެފައިވާއިރު، އޭގެތެރޭގައި ހިމެނެނީ ސިފައިންގެ މީހަކާއި، އާންމުންގެ 15 މީހުން ކަމަށް ބުނެފައި ވެއެވެ. އަދި 46 މީހުން ޒަޚަމްވެފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

ހަމަލާތައް އެންމެ ބޮޑަށް އަމާޒުވާ ސަރަހައްދުތަކުން 138،000 މީހުން ރައްކާތެރި ހިސާބުތަކަށް ގޮސްފައިވާ ކަމަށް، ތައިލެންޑުން ބުނެއެވެ.

ކެމްބޯޑިއާއިން މަރުވި އަދި ޒަޚަމްވި މީހުންގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ތައިލެންޑާއި، ކެމްބޯޑިއާ ސިފައިންނާ ދެމެދު ހަމަލާތައް ބަދަލުކުރަން މިފެށީ، ބޯޑަރު ހުރަސްކޮށް ދެގައުމުގެ ސިފައިން ހަމަލާތަކެއް ބަދަލުކުރިފަހުން ހަފްތާއެއްހާ ދުވަހު މަސްރަހް ވަރަށް ހޫނުކޮށް އޮތުމަށް ފަހުގައެވެ.

ކެމްބޯޑިއާއާއި، ތައިލެންޑާ ދެމެދު މައްސަލަ ޖެހިގެން އުޅެނީ، “އެމަރަލްޑް ޓްރައިއެންގަލް” ގެ ނަމުން މަޝްހޫރު ސަރަހައްދުގެ މިލްކުވެރިކަމާ ހެދިއެވެ. އެ ސަރަހައްދަކީ، ކެމްބޯޑިއާ، ތައިލެންޑް އަދި ލާއޯސްވެސް ބޯޑަރުން އިމުން ގުޅޭ ސަރަހައްދެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

7b5933d0 563e 11f0 9f23 c9631faaebd4

ލީކުވި ފޯނު ކޯލެއްގެ މައްސަލައިގައި ތައިލެންޑުގެ ބޮޑުވަޒީރު މަގާމުން ވަކިކޮށްފި

ތައިލެންޑާއި ކެމްބޯޑިއާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެއްޖެ

TTH_advertisement