ކުއްލި ޚަބަރު

ޕާކިސްތާނުގައި ދިން ޓެރަރިސްޓް ހަމަލާ ދިވެހި ސަރުކާރުން އެންމެ ހަށުކަށި އިބާރާތުން ކުށްވެރިކޮށްފި

ނިއުމޯނިއާ ޖެހިގެން ގައިދީއަކު މަރުވެއްޖެ

ސަރުކާރަށް ބޭނުންވާ ފަންނީ ލަފަޔާއި މަޝްވަރާ ދިނުމަށް އެކުލަވާލާ 3 ކޮމިޓީއެއްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު

ކުޅިވަރު ގާނޫނަށް ގެނެވުނު އިސްލާހުތަކަކީ ދިގު މުއްދަތުގެ ޕްލޭނަށް ވާސިލުވުމުގެ ފުރަތަމަ ފިޔަވަޅު: ރާފިއު

B 202507250316011753395361.2129

ކުޅިވަރު ގާނޫނަށް ދާދިފަހުން ގެނެވުނު އިސްލާހުތަކަކީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ހިންގުމާއި ކުޅިވަރުގެ ތަރައްގީއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިފަދައިން ވިދާޅުވީ ހެންވޭރު މީރުމާގައި ބޭއްވުނު ކުޅިވަރު ވަޒީރުންގެ އަގު ވަޒަންކުރުމާއި ކުޅިވަރުގެ ކާމިޔާބީތައް އަރުޝީފުކުރުމުގެ ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ދުނިޔޭގެ ކުޅިވަރުގެ މައިދާން ބަދަލުވަމުންދާ ކަމަށާއި، ޓެކްނޮލޮޖީއާއި އާ ވަސީލަތްތައް ބޭނުންކުރަން ޖެހިފައިވާ ކަމަށް ރާފިއު ފާހަގަކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވީ ދިގު މުއްދަތުގެ ޕްލޭނެއް އެކުލަވާލައި، ލަނޑުދަނޑިތައް ކަނޑައަޅައި، އެ ލަނޑުދަނޑިތަކަށް ވާސިލުވާނެ ގޮތްތައް ހޯދުމަކީ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން އެސޯސިއޭޝަންތަކާ ގުޅިގެން ކުޅިވަރުގެ ގަވަނަންސް ރަނގަޅުކުރުމަށް ގާނޫނު އިސްލާހުކުރުމަކީ އެ މަސައްކަތުގެ ފުރަތަމަ މަރުހަލާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި ކުޅިވަރުގެ ސިސްޓަމް ކާމިޔާބުކުރުމަށް ބޭނުންކުރާ ނިޒާމްތައް ދިރާސާކޮށް، ރާއްޖެއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރާފިއު ވިދާޅުވިއެވެ. ކުޅިވަރުގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށް ހަރަދުކުރެވޭނެ ރަނގަޅު ނިޒާމެއް ގާއިމުކުރުމުގެ ގޮތުން ކުޅިވަރު ފަންޑު މިހާރު އުފައްދާފައިވާ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މުޅި ރާއްޖެ ޝާމިލުވާނެ ނިޒާމަކަށް ކުޅިވަރު ބަދަލުކުރުމަށްޓަކައި ރީޖަނަލް އެސޯސިއޭޝަންތަކާއި އިންޓަރސްކޫލް ކުޅިވަރު އެސޯސިއޭޝަންތައް ގާއިމުކުރުމުގެ މަސައްކަތް ފެށުމަކީ ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމިއްޔާތުގައި ރާއްޖޭގެ އެކި ކުޅިވަރުތަކުން ހޯދާފައިވާ ކާމިޔާބީތަކާއި މެޑަލްތަކުގެ ތަފްސީލު އާންމުކުރުމާއެކު، ކުރިން ކުޅިވަރާ ބެހޭ ވަޒީރުކަން ކުރެއްވި 13 ބޭފުޅުންނަށް ހާއްސަ އެވޯޑު އަރުވާފައިވެއެވެ. އޭގެ ތެރޭގައި އަލްމަރުހޫމް އުމަރު ޒާހިރު، ރާޝިދާ ޔޫސުފް، ޑރ. މުހައްމަދު ޒާހިރު ހުސައިން، އިބްރާހިމް ހުސައިން މަނިކު، ހުސައިން ހިލްމީ، މުހައްމަދު ވަހީދުއްދީން، ޑރ. އާއިޝަތު ޝިހާމް، ހަސަން ލަތީފް، މުހައްމަދު ހުސައިން ޝަރީފް، މުޙައްމަދު މަލީހް ޖަމާލް، އަހުމަދު ޒުހޫރު، އިރުތިޝާމް އާދަމް އަދި އަހުމަދު މަހުލޫފް ހިމެނެއެވެ.

ކުޅިވަރުގެ ހިދުމަތްތެރިންގެ އަގު ވަޒަންކޮށް ކާމިޔާބީތައް އަރުޝީފުކުރަން ފެށުމަކީ އަންނާން އޮތް ޖީލުތަކަށް މުހިންމު ފިޔަވަޅެއް ކަމަށް ރާފިއު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އިންޑޯ ކޯޓުތައް ގާއިމުކުރުމުގެ މަސައްކަތް އަވަސްކުރާނަން: ރާފިއު

Galolhu dhandu

ރަސްމީ ސްޓޭޑިއަމް ހުޅުމާލެއަށް ބަދަލުކޮށް، ގަލޮޅު ދަނޑު ތަޅާލަނީ

ހުޅުމާލެ ފޭސް 1، ފޭސް 2 އަދި ވިލިމާލޭގައި ސްޕޯޓްސް ކޮމްޕްލެކްސް ގާއިމްކުރުމަށް ސޮއިކޮށްފި

އޭދަފުށިން ގޯލްޑަންގެ ޗެރިޓީ ޝީލްޑް އުފުލާލައިފި

TTH_advertisement