ކުއްލި ޚަބަރު

ކައުންސިލް އިންތިޚާބު: ސުންގަޑި ހަމަވިއިރު ޖުމްލަ 3،547 ފޯމު ހުށަހަޅާފައިވޭ

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ފުރަތަމަ ޓާމުގެ ކިޔެވުން ނިންމާލައިފި، ޗުއްޓީގެ ބޭނުން ރަގަޅުގޮތުގައި ދަރިވަރުން ހިފަންވާނެ

darivarun

ދިރާސީ އަހަރުގެ ފުރަތަމަ ޓާމު ނިންމާލައި، ދަރިވަރުންނަށް ރިޕޯޓު ފޮތް ހަވާލުކުރުމަށްފަހު މިއަދުން ފެށިގެން ސްކޫލު ޗުއްޓީ ފަށައިފިއެވެ. ފާއިތުވި ހޯމަދުވަހު ގިނަ ދަރިވަރުންގެ އިމްތިހާނުތައް ނިމުނު ނަމަވެސް ރިޕޯޓު ފޮތް ހަވާލުކުރީ މިއަދުއެވެ. އެހެންކަމުން މިއަދަކީ ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ ފަހު ދުވަހެވެ. މިއަދުން ފެށިގެން ދަރިވަރުންނަށް 16 ދުވަހުގެ ޗުއްޓީއެއް ލިބޭނެއެވެ.

މި ޗުއްޓީ ނިމި ދެން ކިޔެވުން ފެށޭނީ އަންނަ އޯގަސްޓު މަހުގެ ދިހަވަނަ ދުވަހުއެވެ. އެއަށްފަހު ސެޕްޓެންބަރު މަހުގައި ދަރިވަރުންނަށް މިޑް ޓާމް ބްރޭކުގެ ގޮތުގައި އިތުރު ނުވަ ދުވަހުގެ ޗުއްޓީއެއް ލިބޭނެއެވެ. މި އަހަރު ދަރިވަރުންނަށް އަހަރީ ބޮޑު ޗުއްޓީ ލިބޭނީ ޑިސެންބަރު މަހުއެވެ. ޑިސެންބަރު މަހު އަހަރީ ބޮޑު ޗުއްޓީގެ ގޮތުގައި ދަރިވަރުންނަށް ދޮޅު މަހުގެ ޗުއްޓީއެއް ލިބޭނެއެވެ. އެއަށްފަހު އަންނަ ދިރާސީ އަހަރު ފަށާނީ އަހަރުގެ ކުރީ ކޮޅުގައެވެ.

މި އަހަރު ދިރާސީ ކިޔެވުން ފެށީ މޭ މަހުގެ ތެރޭގައި، ޖުމްލަ 96,000 ދަރިވަރުންނާއެކުއެވެ. މި ދަރިވަރުންގެ ތެރެއިން 83,000 ދަރިވަރުން ކިޔަވަނީ ސަރުކާރު ސްކޫލުތަކުގައެވެ. އަމިއްލަ ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންގެ އަދަދަކީ 13,000 އެވެ.

ދަރިވަރުންނަށް ލިބޭ މިފަދަ ޗުއްޓީތަކަކީ ހަމައެކަނި ކިޔެވުމުން ބްރޭކެއް ނަގައި ވަގުތު ބޭކާރުކޮށްލުމަށް ލިބޭ ފުރުސަތެއް ނޫނެވެ. މިއީ އާއިލާއާ އެކު ވަގުތު ހޭދަކޮށް، މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގައި ބައިވެރިވެ، އާ ހުނަރުތައް ދަސްކުރުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ. ދަރިވަރުން މިފަދަ ޗުއްޓީތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފަންވާނެއެވެ. ކުޅިވަރުތަކާއި، ފޮތް ކިޔުމާއި، ދީނީ އިލްމު އުނގެނުމަށް ވަގުތު ދިނުމަކީ ޗުއްޓީގެ ދުވަސްތައް ފައިދާހުރި ގޮތެއްގައި ހޭދަކުރުމުގެ ބައެކެވެ. މީގެ އިތުރުން މައިންބަފައިންނަށް ގޭތެރޭގެ މަސައްކަތްތަކުގައި އެހީތެރިވެދީ، ގާތްތިމާގެ މީހުންނާ ބައްދަލުކުރުމަކީވެސް ޗުއްޓީގެ ބޭނުން ހެޔޮ ގޮތުގައި ހިފުންކަމުގައި ވާނެއެވެ. ޗުއްޓީ ނިމި ކިޔެވުން ފަށާއިރު، އާ ހިތްވަރަކާއެކު ކިޔެވުމުގެ މަސައްކަތަށް ނުކުތުމަށް މި ޗުއްޓީ އެހީތެރިވެދޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

students

އޮސްޓްރޭލިއާ އެވޯޑްސް ސްކޮލަރޝިޕަށް ހުޅުވާލައިފި

Muizzu shaheed ali school

ފަރުޟް ފަސް ނަމާދު އަދާކުރުމަށް ހުރިހާ ލޮބުވެތި ދަރިވަރުންނަށް އިލްތިމާސްކުރަން: ރައީސް

students

ސްޓޫޑެންޓް ލޯނުގެ ގޮތުގައި މިދިޔަ އަހަރު 548 މިލިޔަން ރުފިޔާ ދޫކޮށްފައިވޭ

ބޭރުގައި ކިޔަވާ ދަރިވަރުންނަށް ޚާއްޞަ އެޕެއް ތަޢާރަފުކުރަނީ

TTH_advertisement