ކުއްލި ޚަބަރު

ނިޔާވެފައި އޮއްވާ ފެނުނީ ބަންގްލަދޭޝްގެ 24 އަހަރުގެ ފިިރިހެނެއް

ގިރާވަރުފަޅުން ގޯތި ލިބުުނު ފަރާތްތަކަށް އަލުން ގުރުނެގުން ހޮނިހިރު ބާއްވަން ނިންމައިފި

ތިލަފުށިން ގެއްލިގެން ހޯދަމުންދިއަ މީހާ ނިޔާވެފައި އޮއްވައި ފެނިއްޖެ

ލ. އަތޮޅުގައި އައިޑީކާޑް ޕްރިންޓް ކުރުމުގެ ޚިދުމަތް ފަށައިފި

112

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު (އައީޑީ ކާޑު) ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ލ. އަތޮޅުގައި ފަށައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން އެކްސްގައި ކުރި ޕޯސްޓެއްގައެވެ.

ޑީއެންއާރުން ބުނީ ލ. އަތޮޅު ކައުންސިލްގައި އައިޑީ ކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް މިއަދު ފެށިފައިވާ ކަމަށާއި، އަތޮޅު ކައުންސިލް މެދުވެރިކޮށް އެ އަތޮޅުގެ އެހެނިހެން ހުރިހާ ރަށު ކައުންސިލްތަކަށް ވެސް އައިޑީ ކާޑު ޕްރިންޓްކޮށް ފޮނުވޭނެ ކަމަށެވެ. މިކަމުގެ ސަބަބުން ޚިދުމަތް ދިނުމުގައި ފަސޭހަވެ، ކޮންމެ ހަފުތާއަކު މާލެއިން އައިޑީ ކާޑުތައް ރަށަށް ފޮނުވައިގެން ދިމާވާ ލަސްތަކަށް ހައްލެއް ލިބިގެންދާނެ ކަމަށްވެސް ޑީއެންއާރުން ބުންޏެވެ.

އަސާސީ ގިނަ ޚިދުމަތްތަކާ ގުޅިފައިވާ އައިޑީކާޑުގެ ޚިދުމަތް މިއަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުގެ އަމާޒެކެވެ. އަދި ހަމައެއާއެކު ދިވެހީން އާންމުކޮށް ގޮސް އުޅޭ ޤައުމުތަކުގައިވެސް މި ޚިދުމަތް ފެށުމަށްދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ސްރީލަންކާ، އިންޑިއާގެ އިތުރުން އިނގިރޭސިވިލާތުގައި މި ޚިދުމަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.

ރާއްޖޭއިން ބޭރުގައި އައިޑީކާޑުގެ ޙިދުމަތްތައް ދޭން ފެށި ފުރަތަމަ ޤައުމަކީ މެލޭޝިއާއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އައިޑީކާޑާއި ޕާސްޕޯޓުގެ ޚިދުމަތް މުޅި ރާއްޖެއަށް ޤާއިމު ކުރައްވާ ރިޔާސީ ވައުދުފުޅު ފުއްދަވައިފި

އައިޑީ ކާޑު ޚިދުމަތް އއ. އަތޮޅުގައި ފަށައިފި

B 202507030528291751545709.6588

ފުވައްމުލަކުގައި އައިޑީ ކާޑު ޕްރިންޓުކުރުމުގެ ހިދުމަތް ފަށައިފި

އައިޑީ ކާޑު ޕްރިންޓުކުރުމުގެ ޚިދުމަތް އދ. އަތޮޅުގައި ފަށައިފި

TTH_advertisement