ކުއްލި ޚަބަރު

މާލޭގެ ދެ ގެއަކުން 442 ވޭޕް ކާޓްރިޖާއި ދެ ކާޓަން ސިނގިރޭޓު ހޯދައިފި

ކާރު ރަޖިސްޓްރީކުރާއިރު ގަރާޖު ހުއްދަ ހުށަހަޅަން ނުޖެހޭގޮތް ހަދަނީ

ކައުންސިލް އިންތިހާބުގެ އޮފިޝަލުން ހޯދަން ކުރި އިއުލާނުގެ މުއްދަތު އިތުރުކޮށްފި

ޣައްޒާގެ އިތުރު ބިންތައް ހިފުމުގެ ޕްލޭން، އިސްރާއީލު ސިފައިންގެ ވެރިޔާ އިއުލާންކޮށްފި

ޣައްޒާގެ އިތުރު ބިންތައް ހިފުމުގެ ޕްލޭން، އިސްރާއީލު ސިފައިންގެ ވެރިޔާ އިއުލާންކޮށްފިއެވެ.

އެއްގަމުމަގުން ޣައްޒާގައި ހިންގާ “އޮޕަރޭޝަން” އިތުރަށް ވަރުގަދަކޮށް ފުޅާކުރުމުގެ ޕްލޭން، އިސްރާއީލު ސިފައިންގެ ޗީފް އޮފް ސްޓާފް އީޔަލް އާމިރުވަނީ ހާމަކޮށްފައެވެ.

މި ޕްލޭނަށް ދީފައިވާ ނަމަކީ “ގާޒާ ޓޭކްއޯވަރ ޕްލޭން” އެވެ.

އިސްރާއީލުގެ ޗެނަލް ޓީވީން ބުނެފައިވަނީ، މިއީ ޣައްޒާގެ އިތުރު ބިންތައް ހިފުމުގެ ޕްލޭނެއް ކަމަށެވެ.

މިއީ، ޣައްޒާގެ ހުރިހާ ހިސާބަކުން އާންމުން ގެންގޮސް، ރަފަހްގައި ހަދާ ކޭމްޕްތަކަށް ޖަމާކުރުމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންހާހޫ ހުށަހަޅައިގެން އުޅޭ ޕްލޭނެއް ނޫނެވެ.

ޣައްޒާގެ ރައްޔިތުން ރަފަހްގެ ކޭމްޕްތަކަށް ޖަމާކުރަން ނަތަންޔާހޫ ހުށަހެޅި ޕްލޭނާ ސިފައިންގެ ވެރިޔާވަނީ ދެކޮޅު ހަދާފައެވެ.

އެހެންކަމުން، ޣައްޒާގެ އިތުރު ބިންތައް ހިފުމަށް ޗީފް އޮފް ސްޓާފް އީޔަލް އާމިރު އިއުލާންކުރި ޕްލޭނަކީ، ނަތަންޔާހޫގެ ޕްލޭންގެ ބަދަލުގައި އަމަލުކުރަން އިއުލާންކުރި ޕްލޭނެއް ކަމަށް، އިސްރާއީލު ޓީވީން ބުނެފައި ވެއެވެ.

ޗީފް އޮފް ސްޓާފް އީޔަލް އާމިރުގެ ޕްލޭންގައި ވަނީ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ނުދެވިއްޖެނަމަ ޣައްޒާގެ އިތުރު ބިންތައް ހިފައި، އިސްރާއީލު ސިފައިންގެ ކޮންޓްރޯލްގެ ދަށަށް ގެންނަމުން ދިއުމަށެވެ.

އިސްރާއީލުގެ އެހެން ޓީވީއަކުން ބުނެފައިވަނީ، ޗީފް އޮފް ސްޓާފްގެ ޕްލޭން، އިސްރާއީލުގެ ސެކިއުރިޓީ ކެބިނެޓަށް ހުށަހެޅުމަށް ނަތަންޔާހޫ ވަނީ ހުރަސްވެސް އަޅާފައެވެ.

ޣައްޒާގެ އިތުރު ބިންތައް ހިފުމުގެ ޕްލޭނެއް ސިފައިންގެ ވެރިޔާ އިއުލާން ކުރިއިރު، ޣައްޒާގެ ބިމުގެ ގާތްގަނޑަކަށް 86 އިންސައްތަ ސަރަހައްދު މިހާރުވެސް އޮތީ، އާންމުން ފައިބައިގެން ދިއުމަށް އިންޒާރު ދެވި، އަދި އިސްރާއީލު ސިފައިންގެ ކޮންޓްރޯލްގެ ދަށުގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Gvbsqtxxgaa6anq

ފަލަސްތީނުގެ ދިފާއުގައި އިތުރަށް މަސައްކަތްކުރަން ރާއްޖެއިން ގޮވާލައިފި

TTH_advertisement