ކުއްލި ޚަބަރު

ޕާކިސްތާނުގައި ދިން ޓެރަރިސްޓް ހަމަލާ ދިވެހި ސަރުކާރުން އެންމެ ހަށުކަށި އިބާރާތުން ކުށްވެރިކޮށްފި

ނިއުމޯނިއާ ޖެހިގެން ގައިދީއަކު މަރުވެއްޖެ

ސަރުކާރަށް ބޭނުންވާ ފަންނީ ލަފަޔާއި މަޝްވަރާ ދިނުމަށް އެކުލަވާލާ 3 ކޮމިޓީއެއްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު

މުދަލު ޒަކާތުގެ ގޮތުގައި މި އަހަރުގެ މިހާތަނަށް ލިބުނު ފައިސާ އެކާވީސް ޕަސެންޓް އިތުރު

mudalu zakaai

މި އަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ލިބުނު ފައިސާގެ އަދަދު 21.2 އިންސައްތަ އިތުރުވެއްޖެއެވެ.

މީރާއިން މަހަކު އެއްފަހަރު އާއްމުކުރާ އާމްދަނީގެ ހިސާބުތަކަށް ބަލާއިރު ފާއިތުވި ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި މީރއަށް 10،640،988 (ދިހަ މިލިއަން ހަލައްކަ ސާޅީސްހާސް ނުވަސަަތޭކަ އަށްޑިހައަށް) ރުފިޔާ ލިބުނެވެ. ނިމުނު އަހަރުގެ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި މީރާއަށް ލިބުނީ 4،330،564 (ހަތަރު މިލިއަން ތިންލައްކަ ތިރީސްހާސް ފަސްސަތޭކަ ފަސްދޮޅަސް ހަތަރު) ރުފިޔާއެވެ.

އެހެންކަމުން މި އަހަރުގެ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި މީރާއަށް ލިބުނު ފައިސާގެ އަދަދު ނިމުނު އަހަރުގެ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާއަށްވުރެ 145.7 އިންސައްތަ އިތުރުވެފައިވެއެވެ.

މީރާގެ ހިސާބުތަކަށް ބަލާއިރު ފާއިތުވި އަހަރުގެ ޖޫން މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި މީރާއަށް ލިބުނީ 50،801،927 (ފަންސާސް މިލިއަން އަށްލައްކަ އެއްހާސް ނުވަސަތޭކަ ހަަތާވީސް) ރުފިޔާއެވެ. މި އަހަރު އެ އަދަދު 61،577،315 (ފަަސްދޮޅަސްއެއް މިލިއަން ފަސްލަައްކަ ހަތްދިހަހަތްހާސް ތިންސަތޭކަ ފަނަރަ) ރުފިޔާއަށް އިތުރުވެފައިވެއެވެ. އެއީ 21.2 އިންސައްތައިގެ އިތުރުވުމެކެވެ.

ފާއިތުވި 2024 ވަނަ އަހަރަކީ ރާއްޖޭގެ ތާރީހުގައި އެއް އަހަރެއްގައި މުދަލު ޒަކާތުގެ ގޮތުގައި އެންމެ ގިނަ ފައިސާ ލިބުނު އަހަރެވެ. ނިމުނު އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް 101.9 މިލިއަން ރުފިޔާ މުދަލު ޒަކާތުގެ ގޮތުގައި ލިބުނެވެ.

އެހެންކަމުން މިއަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި މީރާއަށް ލިބުނު ފައިސާ ނިމުނު އަހަރުގެ އެ މުއްދަތުގައި ލިބުނު ފައިސާއަށްވުރެ އިތުރުވެފައިވާތީ، ނިމުނު އަހަރު ލިބުނު ފައިސާައަށްވުރެ ގިނަ ފައިސާ މި އަހަރު މުދަލު ޒަކާތުގެ ގޮތުގައި ލިބޭނެކަމަށް ބެލެވެއެވެ.

މުދަލު ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ އަހަރުން އަހަރަަށް އިތުރުވަމުންދާއިރު މި އަހަރަކީ މުދަލު ޒަކާތުން ފަގީރުންނަށް ލިބުނު ފައިސާވެސް އެންމެ އިތުރުވި އަހަރެވެ. 2024 ވަނަ އަހަރު ލިބުނު މުދަލު ޒަކާތުން ބޮލަކަށް 5،000 ރުފިޔާގެ މަގުން މި އަހަރު ބަހާފަައިވެއެވެ.

ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ އިތުރުވެ، ޒަކާތުގެ ހައްގުވެރިންނަށް ޒަކާތުން ލިބޭ މިންވަރު އިތުރުވުމުގެ މައިގަނޑު އެއް ސަބަބަކީ މި ސަރުކާރުން ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށް މޯލްޑިވްސް ޒަކާތު ހައުސްގެ ނަމުގައި ވަކި އިދާރާއެއް ގާއިމުކޮށް، ޒަކާތާމެދު ހޭލުންތެރިކަން އިތުރުކުރުމަށާއި، ޒަކާތް އަދާކުރުމަށް ބާރުއެޅުމަށް ކުރަމުންދާ މަސައްކަތްތަކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

hafizun

ދިވެހި37 ހާފިޒުން މި ރޯދަމަހު މާލެ ސަރަހައްދުގައި އިމާމުވެ ހިފްޒުކޮށް ތަރާވީސް ކުރާނެ: ޑރ. ޝަހީމް

“ނޫރުލް އަޒާން” މުބާރާތަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ރާއްޖޭގައި ތިބި ޙާފިޒުންގެ ޢަދަދު 291އަށް

ބަންގި މުބާރާތް މި ފަހަރު މުޅި ރާއްޖެއަށް

TTH_advertisement