ކުއްލި ޚަބަރު

ކުރިއަށް އޮތް ހަތަރު ދުވަހުވެސް މޫސުން ވަަރަށް ގޯސްވެދާނެ: މެޓް އޮފީސް

މަތީ ފަންތީގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިނގިރޭސިވިލާތަށް ވަޑައިގެންފި

ސިޔާސީ މަގާމްތަކުގައި ތިބީ 922 މީހުން: ރައީސް އޮފީސް

ސިޔާސީ މަގާމްތަކުގައި ތިބީ 922 މީހުން: ރައީސް އޮފީސް

401892 075b30b4 2

ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ދޮގު މައުލޫމާތު ފަތުރަމުންދާ ދަނޑިވަޅެއްގައި، ސިޔާސީ މަގާމުތަކަށް މިހާތަނަށް ޢައްޔަނުކޮށްފައިވަނީ ޖުމްލަ 922 މުވައްޒަފުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހާމަކޮށްފިއެވެ.

ރައީސް އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުން، މި ޢައްޔަނުކުރުންތަކަކީ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ކުރައްވާފައިވާ ޢައްޔަނުކުރުންތަކެކެވެ. ސަރުކާރުން މި އަދަދުތައް ހާމަކޮށްފައި މިވަނީ، ސިޔާސީ މަގާމުތަކުގެ އަދަދު ހާހުން މަތީގައި އުޅޭކަމަށް ބުނެ އިދިކޮޅުން ކުރަމުންދާ ތުހުމަތުތަކަށް ރައްދު ދިނުމުގެ ގޮތުންނެވެ.

އެ އޮފީހުން ވަނީ މި 922 މުވައްޒަފުން ޢައްޔަނުކޮށްފައިވާ ގިންތިތަކުގެ ތަފްސީލުވެސް ހާމަކޮށްފައެވެ. އެގޮތުން:

  • ވަޒީރުން: 20 ބޭފުޅުން

  • ވަޒީރުންގެ ފެންވަރު: 14 ބޭފުޅުން

  • ސްޓޭޓް މިނިސްޓަރުން: 93 ބޭފުޅުން

  • ސްޓޭޓް މިނިސްޓަރުންގެ ފެންވަރު: 07 ބޭފުޅުން

  • ޑިޕިއުޓީ މިނިސްޓަރުން: 216 ބޭފުޅުން

  • ޑިޕިއުޓީ މިނިސްޓަރުންގެ ފެންވަރު: 20 ބޭފުޅުން

  • ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުން: 318 ބޭފުޅުން

  • ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުންގެ ފެންވަރު: 08 ބޭފުޅުން

  • ޕޮލިޓިކަލް ޑިރެކްޓަރުން: 169 ބޭފުޅުން

  • ޕޮލިޓިކަލް ޑިރެކްޓަރުންގެ ފެންވަރު: 04 ބޭފުޅުން

  • އެސިސްޓެންޓް ޕޮލިޓިކަލް ޑިރެކްޓަރުން: 04 ބޭފުޅުން

  • އެހެނިހެން ސިޔާސީ މަޤާމުތައް: 49 ބޭފުޅުން

ސިޔާސީ މަޤާމުތަކަށް ބޭފުޅުން ޢައްޔަނުކުރުމާއި، ވަކިކުރުމާއި، އަދި އިސްތިޢުފާ ދެއްވުމަކީ ކޮންމެ ރިޔާސީ ދައުރެއްގައިވެސް ހިނގަމުންދާ ކަމެއް ކަމަށާއި އެހެންކަމުން، ސިޔާސީ މުވައްޒަފުންގެ ޖުމްލަ ޢަދަދަށް އަބަދުވެސް ބަދަލު އަންނަމުންދާނެ ކަމަށް އެ އޮފީހުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Police vcle

ޒަމްޒަމް ފެން ކަމަށް ބުނެ އިސްކުރު ފެން ވިއްކާ މައްސަލައެއް ފުލުހުން ބަލަނީ

ސްކޫލް ބަންދާ ދިމާކޮށް މޯލްޑިވިއަނުން އިތުރު ދަތުރުތަކެއް ބޭއްވުމަށް ނިންމަވައިފި

ކުރިއަށް އޮތް ހަތަރު ދުވަހުވެސް މޫސުން ވަަރަށް ގޯސްވެދާނެ: މެޓް އޮފީސް

ޓްރޭޑްމާކް ބިލާއި އިންޓެލެކްޗުއަލް އޮފީހުގެ ބިލަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފި

TTH_advertisement ELL Mobile Advertisement