ކުއްލި ޚަބަރު

ސިޔާސީ މަގާމްތަކުގައި ތިބީ 922 މީހުން: ރައީސް އޮފީސް

ޒާރާ އާއި ސިޔާމްގެ ކައިވެނި ރޫޅިއްޖެ

މާލޭ މަގުމަތީގައި ކަނޑިއާއި ވަޅި ހިފައިގެން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި

ސަރުކާރު ސްކޫލުތަކުގެ އެލްކޭޖީ އަދި ގްރޭޑް 1 އަށް ވައްދަން ހުޅުވާލައިފި

121
ސްކޫލް ދަރިވަރުން — ފޮޓޯ: ޕީއެސްއެމް

2024 ވަނަ އަހަރުގެ ދިރާސީ އަހަރަށް ސަރުކާރު ސްކޫލުތަކުގެ އެލްކޭޖީ އަދި ގްރޭޑް އެކަކަށް ދަރިވަރުން ވެއްދުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އެޑިޔުކޭޝަން މިނިސްޓްރީން ހުޅުވާލައިފިއެވެ.

މިނިސްޓްރީން މިއަދު ބުނީ އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް، އަތޮޅުތެރޭގެ ސްކޫލްތަކުން އެޕްލިކޭޝަން ފޯމު ދޫކުރަން މިހާރު ފަށާފައިވާ ކަމަށެވެ. ނަމަވެސް މާލޭ ސަރަހައްދުގެ ސްކޫލުތަކަށް ދަރިވަރުން ވެއްދުމަށް ފޯމު ހުށަހަޅަން ޖެހޭނީ އޮންލައިން ޕޯޓަލް މެދުވެރިކޮށް ކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

މިނިސްޓްރީގެ ވެބްސައިޓުން އޮންލައިން ފޯމު ފެންނަން ހުންނާނެއެވެ. އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 15 ވަނަ ދުވަސް ކަމުގައި ވަނީ ކަނޑައަޅުއްވާފައެވެ.

މިނިސްޓްރީން ވަނީ ވީހާވެސް އަވަހަކަށް އެޕްލިކޭޝަންތައް ހުށަހެޅުމަށް ބެލެނިވެރިންނަށް އެދިފައެވެ. އަދި ސުންގަޑި ހަމަވުމަށްފަހު އެއްވެސް އެޕްލިކޭޝަނެއް ބަލައިނުގަތުމަށް ވެސް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

401892 075b30b4 2

ސިޔާސީ މަގާމްތަކުގައި ތިބީ 922 މީހުން: ރައީސް އޮފީސް

Whatsapp image 2025 07 15 at 11.15.50

މާލެއިން މީހަކު ގެއްލިގެން ހޯދަނީ

121

އޭވިއޭޝަން ސެކިޔުރިޓީ ކޮމާންޑްގެ މަސައްކަތު ގަޑި ހަ ގަޑިއިރަށް ކުޑަކޮށްފި

via-parking

ހުޅުލޭގެ ޕާކިން ޒޯންތަކުގައި ޕާކުކުރުން ވަގުތީގޮތުން މަނާ 

ELL Mobile Advertisement TTH_advertisement