ކުއްލި ޚަބަރު

އިސްލާމީ ކުތުބުޚާނާ ރަސްމީކޮށް ހުޅުވައިފި

މަގު ހުރަސްކުރި އަންހެނެއްގެ ގައިގައި ސައިކަލަކުން ޖެހި އަނިޔާވެއްޖެ

ގުޅިފަޅުން ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ ދޫކުރަން ފަށައިފި

މޫސުން ރަނގަޅުވަންދެން މޫދު ކުޅިވަރުގެ ހަރަކާތްތައް މަޑުޖައްސާލުމަށް ފުލުހުން އިލްތިމާސްކޮށްފި

މޫސުން ރަނގަޅުވަންދެން މޫދު ކުޅިވަރުގެ ހަރަކާތްތައް މަޑުޖައްސާލުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވައިގަދެ ކަނޑު ގަދަ ކަމަށެވެ. އެހެންކަމުން މޫދުކުޅިވަރާއި މޫދުގައި ހިންގާ ތަފާތު އެހެން ހަރަކާތްތައްވެސް މޫސުން ރަނގަޅު ނުވަނީސް ކުރިއަށް ނުގެންދިއުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.

ފުލުހުން ވިދާޅުވީ ވިއްސާރަވެ ކަނޑުގަދަވުމުގެ ސަބަބުން ކަނޑުމަތީގެ ހާދިސާތަކުގެ ރިޕޯޓުތައް ލިބެމުންދާ ކަމަށެވެ. އެ މުއައްސަސާއިން އެންމެ ބޮޑު އިސްކަމެއް ދެނީ ރައްޔިތުންގެ ރައްކާތެރިކަމަށްކަން ފާހަގަކުރައްވައި ފުލުހުން ވިދާޅުވީ ކަނޑު ދަތުރުތަކުގައި ފުރުމުގެ ކުރިން މޫސުމާބެހޭ ޤައުމީ އިދާރާއިން މޫސުމުގެ އެންމެ ފަހުގެ މައުލޫމާތު ބެލުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ނެރޭ ސަމާލުތަކަށް ބަލައި ކަނޑުގަދަ ވަގުތުތަކުގައި ދަތުރުތައް ނުކުރުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރައްވައެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ކުރާއިރު ސަލާމަތީ ފިޔަވަޅުތައް އެޅުމަށްވެސް އިލްތިމާސްކުރައްވައެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެކި ހިސާބުތަކަށް ބޯކޮށް ދަނީ ވާރޭވެހެމުންނެވެ. މިއީ ހުޅަނގު މޫސުމާއި ރާއްޖޭގެ ހުޅަނގުގައި އުފެދިފައިވާ ސަރކިއުލޭޝަނެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއް ކަމަށާއި ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ތަޢުލީމް އުނގެނުމަށްޓަކައި ކުރާ ހޭދައާއި ދޭ ވަގުތަކީ އެންމެ ރަނގަޅު އިންވެސްޓްމަންޓް: އާދަމް ޝަރީފް

ވީއައިއޭގެ އާ ޓާމިނަލްއާ ގުޅޭ މައުލޫމާތު ސްޓޭކްހޯލްޑަރުންނާ ހިއްސާކޮށްފި

އިސްލާމީ ކުތުބުޚާނާތައް ރާއްޖޭގެ ކަންކޮޅުތަކުގައި ޤާއިމްކުރުމަކީ ރައީސްގެ ރިޔާސީ ވައުދެއް: ޑރ. ޝަހީމް

އިސްލާމީ ކުތުުބުޚާނާތައް ބިނާކުރުމަކީ ދިވެހިންގެ މުސްތަޤުބަލު އާ އުދަރެސްތަކަކަށް ބަދަލުކޮށްލައިދޭނެކަމެއް: އާދަމް ނަސީރު

TTH_advertisement ELL Mobile Advertisement